Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެލުގެ އަގު

ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ ޚަރަދު ކޮށްގެން ތެލުގެ އަގު ހިފަހައްޓާނަން: ސަރުކާރު

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖޭގައި ތެޔޮ ލިބުމުގެ ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ޒަމީރު ވަނީ ދެއްވާފައި. ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން ދޭ ސަބްސިޑީގެ އިތުރުން، އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައި. މީގެ އިތުރުން ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ތެޔޮ ހިފައިގެން އިތުރު ބޯޓުތައް އަންނާނެ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 މާރިޗު 2026 | ބުރާސްފަތި 13:46
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ) ސަރުކާރުން ޕްރޮޖެކްޓްތައް ބަހާލި ހަފްލާގައި.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ވ) ސަރުކާރުން ޕްރޮޖެކްޓްތައް ބަހާލި ހަފްލާގައި. | ރައީސް އޮފީސް

މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވެގެންދާއިރު، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ  ހަރަދު ކޮށްގެން ތެލުގެ އަގު ހިފަހައްޓާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ހަނގުރާމައިގެ ކަންކަން ވިލަރެސް ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމެޓީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އުފުލުނު ނަމަވެސް ހާލަތު ގޯސް ނޫން ކަމަށާއި، ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށެވެ.

ތެލުގެ އަގު ބޮޑު ކުރަނީ ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ޒަމީރު ވިދާޅުވީ އެއީ އެނަލައިޒްކުރުމަށް ފަހު ގެންނަ ބަދަލުތަކުން އަންނަ ބަދަލެއް ކަަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ތެޔޮ ލިބިމުގައި ދަތިނުވާނެ ކަމަށާއި، ކުރިއަށް އޮތް ފަސް ވަރަކަށް ދުވަސްތެރޭ އެސްޓީއޯގެ އެއް ބޯޓު މާލެ އަންނާނެ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އެއް ބޯޓު ތެޔޮ ބަރުކޮށްގެން ރާއްޖެ އައުމަށް ދަތުރު ފަށާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބަލާނެ ކަމަށާއި، މިކަން ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ފައިދާގެ ގޮތުގައި ލިބޭ ނަމަ އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް އެބްޒޯބްކުރެވޭތޯ މި ބަލަނީ
ރައީސް ޑރ.މުހައްމަދު މުއިއްޒު 

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ޕެޓްރޯލްއާއި ޑީސެލްގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑު ކޮށްފަ އެވެ. އަދި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ވެސް ސަރުކާރުން ވަނީ އެދިފަ އެވެ. 

މޫސާ ޒަމީރުއެސްޓީއޯއިސްރާއީލް-އެމެރިކާ-އީރާންޕެޓްރޯލްއަޑީތެޔޮ

އިތުރަށް ކިޔާލަން

09 މާރިޗު 2026

ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު

09 މާރިޗު 2026
ހަނގުރާމަ އާ ގުޅޭ ތެދު މައުލޫމާތު ދޭން ޖެހޭ، އޮޅުވާލައި، ދޮގު ހެދީމުން ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ: ރައީސް ސޯލިހު
06 މާރިޗު 2026

ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

06 މާރިޗު 2026
ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟
05 މާރިޗު 2026

ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި

05 މާރިޗު 2026
ތެލުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވިދާޅުވިތާ ދެ ދުވަސްތެރޭ އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ބޮޑުކޮށްފި
03 މާރިޗު 2026

އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު

03 މާރިޗު 2026
އޮރެންޖުގެ އަގު ބޮޑުވީ ސަރަހައްދީ ޕޯޓްތަކާއި ސަޕްލަޔަރުންގެ ސަބަބުން: ސައީދު
28 ފެބުރުއަރީ 2026

މި ސަރުކާރުން ގެނެސްފައިވާ ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ އަގާއި، ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް: އަމްރު

28 ފެބުރުއަރީ 2026
މި ސަރުކާރުން ގެނެސްފައިވާ ޑޮލަރު މާރު ކުރުމުގެ ސިޔާސަތާއެކު ޑޮލަރުގެ އަގާއި، ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް: އަމްރު
21 ފެބުރުއަރީ 2026

ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް

21 ފެބުރުއަރީ 2026
ހޯލްސޭލްކޮށް އޮރެންޖް ލިބުން ދަތިވެ، އޮރެންޖެއްގެ އަގު 12 ރުފިޔާއަށް ވުރެ މައްޗަށް
17 ފެބުރުއަރީ 2026

މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި

17 ފެބުރުއަރީ 2026
މޯލްޑިވް ގޭހުން ކައްކާ ގޭސް މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފި
16 ފެބުރުއަރީ 2026

ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި

16 ފެބުރުއަރީ 2026
ރޯދަ މަހު 26 ބާވަތުގެ އަސާސީ ކާބޯތަކެތި އެސްޓީއޯ އިން ހެޔޮ އަގުގައި ލިބޭނެ ކަމަށް ބުނެފި
12 ފެބުރުއަރީ 2026

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

12 ފެބުރުއަރީ 2026
ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި
09 ފެބުރުއަރީ 2026

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

09 ފެބުރުއަރީ 2026
ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު