Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑެންމާކު

އިންތިޚާބުގެ ނާކާމިޔާބީއާ ގުޅިގެން ޑެންމާކުގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައިފި

މިދިޔަ އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގައި ފްރެެޑްރިކްސަންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ވަނީ، 1903 ވަނަ އަހަރަށް ފަހު އެ ޕާޓީ އިން ކުރިމަތިލާން ޖެހުނު އެންމެ ދަށް ނަތީޖާ. އެގޮތުން 179 ގޮނޑި ހިމެނޭ ޤާނޫނު ހަދާ މަޖިލީހުން، އެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ އެންމެ 38 ގޮނޑި. މިއީ މީގެ ހަތަރު އަހަރު ކުރިން އެ ޕާޓީ އިން ކާމިޔާބު ކުރި 50 ގޮނޑިއާ އަޅާ ބަލާއިރު، ބޮޑު ދަށްވުމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 މާރިޗު 2026 | ބުރާސްފަތި 06:07
ޑެންމާކުގެ ބޮޑު ވަޒީރު މެޓޭ ފްރެޑްރިކްސަން

ޑެންމާކުގެ ބޮޑު ވަޒީރު މެޓޭ ފްރެޑްރިކްސަން | ގެޓީ އިމޭޖަސް

ޑެންމާކުގެ އާންމު އިންތިޚާބުގައި އެކަށީގެންވާ އަޣުލަބިއްޔަތެއް ހޯއްދެވުމުގައި ނާކާމިޔާބުވެ ވަޑައިގަތުމާ ގުޅިގެން، އެ ޤައުމުގެ ބޮޑު ވަޒީރު މެޓޭ ފްރެޑްރިކްސަން އިސްތިއުފާ ދެއްވައިފި އެވެ. 

ޑެންމާކުގެ ޝާހީ ގަނޑުވަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ތިން ޕާޓި ހިމެނޭ ކޯލިޝަން ސަރުކާރަށް އިންތިޚާބުގައި ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހުމުން ބޮޑު ވަޒީރު ވަނީ އިސްތިއުފާ ހުށަހަޅުއްވާފައި ކަމަށެވެ. 

މި ނިންމުމާ އެކު، ޑެންމާކުގެ ދެން އަންނަ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. މި މަޝްވަރާ ތަކަކީ ދިގު ލައިގެންދާނެ އަދި އުނދަގޫ މަޝްވަރާ ތަކަކަށް ވާނެ ކަމަށް ބެލެވޭއިރު، އައު ސަރުކާރު އެކުލަވާލާނީ ފްރެޑްރިކްސަން ކަމެއް ނުވަތަ އެހެން ޕާޓީއެއްގެ ލީޑަަރެއް ކަމެއް އަދި ކަށަވަރުވެފައި ނުވެ އެވެ. 

މިދިޔަ އަންގާރަ ދުވަހު ބޭއްވި އިންތިޚާބުގައި ފްރެެޑްރިކްސަންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ވަނީ، 1903 ވަނަ އަހަރަށް ފަހު އެ ޕާޓީ އިން ކުރިމަތިލާން ޖެހުނު އެންމެ ދަށް ނަތީޖާ އެވެ. އެގޮތުން 179 ގޮނޑި ހިމެނޭ ޤާނޫނު ހަދާ މަޖިލީހުން، އެ ޕާޓީ އަށް ކާމިޔާބު ކުރެވުނީ އެންމެ 38 ގޮނޑި އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން އެ ޕާޓީ އިން ކާމިޔާބު ކުރި 50 ގޮނޑިއާ އަޅާ ބަލާއިރު، ބޮޑު ދަށްވުމެކެވެ. 

އިންތިޚާބުގައި މި ނަތީޖާ ނިކުތުމުގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި އިމިގްރޭޝަންގެ މައްސަލަ ތަކާއި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑު ވުމާއި، އިޖުތިމާއީ ރައްކާތެރިކަމާ މެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ހިމެނެ އެވެ. 

އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ފްރެޑްރިކްސަންގެ ވާއަތު ފިޔައިގެ އިއްތިހާދަށް 84 ގޮނޑި ލިބިފައިވާއިރު، ކަނާއަތު ފިޔައިގެ ޕާޓީ ތަކަށް ލިބިފައި ވަނީ 77 ގޮނޑި އެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 90 ގޮނޑީގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބިފައި ނުވެ އެވެ. އެހެންކަމުން ސަރުކާރު އެކުލަވާލުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާނީ ކުރީގެ ފޮރިން މިނިސްޓަރު ލާސް ލޮކޭ ރަސްމުސެންގެ މޮޑަރޭޓޭސް ޕާޓީ އިން ކާމިޔާބު ކުރި 14 ގޮނޑި އެވެ. 

މެދު މިނުގެ ސިޔާސަތު ތަކަށް ތާއީދު ކުރާ މި ޕާޓީ އިން ކޯލިޝަން ހަދާނެ ފަރާތެއްގެ މައްޗަށް ސަރުކާާރުގެ ބާރުވެރިކަން ބިނާ ވެގެން ދާނެ އެވެ. 

ނަތީޖާ މިހެން އޮތް ނަމަވެސް، 21.9 އިންސައްތަ ވޯޓާ އެކު ސޯޝަލް ޑިމޮކްރެޓްސް އަކީ އަދިވެސް ޑެންމާކުގެ އެންމެ ބޮޑު ޕާޓި އެވެ. އެހެންކަމުން ކުރިއަށްދާ ކޯލިޝަން މަޝްވަރާ ތަކަށް ފަހު، ތިން ވަނަ ދައުރަކަށް ބޮޑު ވަޒީރު ކަމަށް ފްރެޑްރިކްސަން އެނބުރި ވަޑައިގެންނެވުމުގެ ފުރުސަތު އެބަ އޮތެވެ. 

މަސްދަރު: އަލް ޖަޒީރާ

ޑެންމާކްމެޓެ ފްރެޑެރިކްސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް ހޯދުމަކީ ގަނޑުފެންގަނޑެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން އެތަން ހޯދަން ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

21 ޖެނުއަރީ 2026
ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑުގެ މައްސަލައިގައި ނޭޓޯގެ ރުޓޭއާ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

20 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް އުޅުއްވާތީ އެކަމާ ދެކޮޅަށް ޑެންމާކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

17 ޖެނުއަރީ 2026
ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

ގްރީންލޭންޑް އެމެރިކާގެ ތަނަކަށް ހަދަން ކުރާ މަސައްކަތާ ދެކޮޅު ހަދާ ގައުމުތަކަށް އަދަބު ދެއްވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެ

17 ޖެނުއަރީ 2026
ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި

ޓްރަމްޕް ގްރީންލޭންޑް ހޯއްދަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ވިލާތުގެ އަސްކަރީ ފައުޖުތައް ގްރީންލޭންޑަށް ފޮނުވަން ފަށައިފި

15 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު