Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބު އެއްކުރުން ގަޑުބަޑު

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

އޭނާ ފާހަގަކުރެއްވި ގޮތުގައި ރިޔާސީ ނިޒާމެއްގައި ރިޔާސީ އިންތިޚާބަކީ ވަކިން ބާއްވަންޖެހޭ މުހިންމު އިންތިޚާބެއް. މި ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމުގެ މަގުސަދުގަ ކަމަށް އަލީ ހުސެއިން ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 17 މާރިޗު 2026 | އަންގާރަ 19:24
ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސެއިން ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސެއިން ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ވެރިކަމުގެ ނިޒާމް ގަޑުބަޑުކޮށްލުން ކަމަށް ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

 ރާއްޖެޓީވީގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން  އަލީ ހުސައިން ވިދާޅުވީ 2008 ވަނަ އަަހަރު ލީ ނިޒާމީ ވޯޓުން ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް ނިންމާފައިވާ ކަމަށެވެ. ރިޔާސީ ނިޒާމެއްގެ އެންމެ މުހިންމު  ވޯޓަކީ ރިޔާސީ އިންތިޚާބު ކަމަށް ވާއިރު، އެ އިންތިޚާބުން ކަނޑައަޅަނީ ގައުމުގެ ހުރިހާ ކަމަކާއި ޒިންމާދާރުކުރުވާނެ މީހާ ކަމަށް އަލީ ހުސެއިން ވަނީ ވިދާޅުވެފަ އެވެ. ގާނޫނުއަސާސީގައި ރިޔާސީ އިންތިޚާބު ވަކިން ބާއްވަން ކަނޑައަޅާފައި އޮތީ ވެސް އެ އިންތިޚާބުގެ މުހިންމުކަމުގެ ސަބަބުން ކަމަށް އަލީހުސެއިން ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ތެރެ އަށް ބަރުލަމާނީ އިންތިޚާބު އެއްކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

" ރިޔާސީ ނިޒާމެއްގައި ރިޔާސީ އިންތިޚާބާއި ބަރުލަމާނީ އިންތިޚާބެއް އެއްކޮށްލުން އެއީ ރަނގަޅު ކަމެއް ނޫން. ބަރުލަމާނުންނަކީ މަޖިލީސް. މިކަން މިހެން ވީމަ މުޅި ނިޒާމް ގަޑުބަޑުވަނީ. ދެ އިންތިޚާބު އެއްކޮށް އެ އަގަޑަބަގަޑަ ކޮށްލައިގެން ކުރަން އޮންނަ ކަމެއް ނޫން މިއީކީ." އަލީ ހުސެއިން ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމަނީ ގައުމަށްޓަކާ ނިންމާ ނިންމުމެއް ކަމަށާއި، ގައުމު ހިންގުމުގެ ޒިންމު ހަވާލުކުރާނީ ކާކާތޯ ރައްޔިތުން ނިންމަނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. އެހެންކަމުން އެ ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހޯދައިދިނުމަށް ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

އަލީ ހުސެއިންރައްޔިތުންގެ މަޖިލިސްރާއްޖެ ޓީވީނޫނެކޭ ކެމްޕެއިންޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

17 މާރިޗު 2026

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"
17 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!
17 މާރިޗު 2026

ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެއް: އިބުރާ

17 މާރިޗު 2026
ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެއް: އިބުރާ
17 މާރިޗު 2026

ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

17 މާރިޗު 2026
ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ
17 މާރިޗު 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް

17 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު