Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރުން

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވި

އަރަބި ގައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ރިޔާސީ ކެމްޕޭނުގައި ވިދާޅުވި ވާހަކައާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖަވާބެއް ނުދެއްވި. މި ސުވާލާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަރަބި ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ރާއްޖެއަށް މިހާރުވެސް ތެޔޮ އެތެރެކުރަނީ އެ ގައުމުތަކުން ކަމަށް. ނަމަވެސް، ތެލުގެ އަގުބޮޑުވަމުންދާ ދަނޑިވަޅެއްގައި ރައްޔިތުންނަށް ލުއި ހޯދައިދިނުމަށް އަރަބި އިސްލާމީ ގައުމުތަކާއެކު ކުރެވުނު އަމަލީ މަސައްކަތެއް ސަރުކާރުން ހާމަކޮށްފައެއް ނުވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 14:27
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. | ރާއްޖެ އެމްވީ

އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ކުރިން ވިދާޅުވި ވާހަކައަށް އިތުރަށް ވާހަކަ ދައްކަވަން ބޭނުން ނުވެ، ސުވާލަށް ޖަވާބެއް ނުދެއްވި އެވެ. 

"އަރަބި ގައުމުތަކުގެ ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް 'އަޅުގަނޑުމެން' އެކަން ކުރާނެ އިރާދަ ކުރެއްވިއްޔާ" މިފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގަ އެވެ. ޕޯޑިއަމްގައި ހުންނަވައި ދެއްކެވި ވާހަކައާއި ގުޅިގެން، ރާއްޖެ ޓީވީ އިން ވަނީ ރައީސް އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސުވާލު އަމާޒުކޮށްފަ އެވެ. 

Advertisement - newsAdvertisement
Your browser does not support the video tag.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޝަހީމް ދެއްކެވި ވާހަކަ

އެއީ ތެޔޮ އަގުބޮޑުވުމާއި، މި ސަރުކާރާއި އަރަބި އިސްލާމީ ގައުމުތަކާއި އޮންނަ ގުޅުން ވަރުގަދަ ކަމަށް ކުރާ ދައުވާތަކާއި ގުޅިގެން އެކަން މި ދަނޑިވަޅުގައި ކުރުން އެއީ އެންމެ ރަނގަޅު ވަގުތު ނޫންތޯ ސާފު ކުރުމަށެވެ. ނަމަވެސް މިނިސްޓަރ ޝަހީމް ވަނީ އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

ނަމަވެސް އެ ސުވާލާއި ގުޅިގެން ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރޭނެކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވި ވާހަކަ އުނިކުރައްވާ ގައުމުތަކާއި އޮންނަ ގުޅުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ މިނިސްޓަރ ޝަހީމާއި އެކު ވަރަށް ގިނަ މަސައްކަތްތަކެއް އަރަބި ގައުމުތަކާއެކު ގުޅުން ބަދަހި ކުރައްވަން ކުރައްވާފައިވާ ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ޒަމާނުންސުރެ އެކުގައި މަސައްކަތްތަކެއް ކުރެވި، މިއަދު ތެލާ ހިސާބަށް ދިޔަ އިރުގައި އަދި މިހާތަނަށް ގެނައި ހުރިހާ ތެލެއް ވެސް ގެނައީ އަރަބި ގައުމަކުން ކަމަށެވެ. އެގޮތުން އެންމެ ކައިރީގައި އޮންނަ އޮމާނުން ތެޔޮ ގެންނަ ކަމަށެވެ.  

Your browser does not support the video tag.
ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ޒަމީރު ދެއްކެވި ވާހަކަ

މީގެ އިތުރުން މިނިސްޓަރ ޝަހީމް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި އިސްލާމީ ގައުމުތަކުގެ ރައްޔިތުން ކައިގެން ތިބިއްޔާ އަޅުގަނޑުމެން ތިބޭނީ ކައިގެން ކަމަށް ވެސް ވިދާޅުވެފަ އެވެ.

Your browser does not support the video tag.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ޝަހީމް ދެއްކެވި ވާހަކަ

ނަމަވެސް މި ހަނގުރާމައާއި ގުޅިގެން މިހާތަނަށް ރައްޔިތުންނަށް ލުއި ދިނުމަށް އަރަބި އިސްލާމީ ގައުމުތަކާއެކު ކުރެވުނު އެއްވެސް މަސައްކަތެއް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުޑރ މުޙައްމަދު ޝަހީމް އަލީ ސައީދުކާށިދޫމޫސާ ޒަމީރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

19 މާރިޗު 2026
ޓެކްސީ ލައިނުގެ ހިދުމަތް ފަށަން ދިން 4 ވަނަ ތާރީހު ވެސް ފަހަނަ އަޅައި ގޮސްފި

ޓެކްސީ ލައިނުގެ ހިދުމަތް ފަށަން ދިން 4 ވަނަ ތާރީހު ވެސް ފަހަނަ އަޅައި ގޮސްފި

19 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު