Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަނުގެ އަހުލީހަނގުރާމަ

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026 | ހޯމަ 03:39

ބާބު އަލް-މަންދަބު ކަނޑުއޮޅި ހިމެނޭ ސަރަހައްދުން ޔަމަނު ސިފައިން ފަހަތަށް ޖެހި، ވެރިރަށް ޢަދަން ދިފާޢުކުރުމަށް އިސްކަންދޭން ނިންމުމާއެކު ޙޫޘީންނަށް އައު ކުރިއެރުންތަކެއް ލިބިއްޖެ. މި ބަދަލާއެކު ތަޢިއްޒު ހިސާރުކޮށް ޙޫޘީން ދެމުންދާ ހަމަލާތައް ވަރުގަދަވެފައިވާއިރު، މީގެ ސަބަބުން ސަރަހައްދީ ސަލާމަތަށާއި އިންސާނީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 16 ނޮވެމްބަރު 2026 | ހޯމަ 03:39
ޔަމަނުގެ ޤާނޫނީ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފައުޖުގެ ސިފައިންގެ މީހަކު އަސްކަރީ އުޅަނދެއްގައި

ޔަމަނުގެ ޤާނޫނީ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފައުޖުގެ ސިފައިންގެ މީހަކު އަސްކަރީ އުޅަނދެއްގައި | އޭއެފްޕީީ/ޝިންވާ

ބާބު އަލް-މަންދަބު ކަނޑުއޮޅިއާ ގުޅިފައިވާ ސަރަހައްދުން ޔަމަނުގެ ސަރުކާރު ސިފައިން ފަހަތަށް ޖެހި، އެ ޤައުމުގެ ދެކުނުގައި އޮންނަ ޤާނޫނީ ސަރުކާރުގެ މައި މަރުކަޒު ކަމަށްވާ ޢަދަން ދިފާޢުކުރުމަށް އިސްކަންދޭން ނިންމާފައިވާ ކަން އާދީއްތަ ދުވަހު އިޢުލާނުކޮށްފި އެވެ. މިއީ، އީރާނާ ގުޅުންހުރި ޙޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ސަޢުދީ ޢަރަބިއްޔާގެ މަދަދާއެކު ޔަމަނު ސަރުކާރުން ހިންގަމުންދާ އަސްކަރީ ކެންޕޭނަށް ކުރިމަތިވި ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.

މި ނިންމުމާއެކު، ރަތް ކަނޑުގެ އަނގަމަތީގައިވާ އައްސޭރިފަށުގެ ސަރަހައްދުތައް އަލުން ހޯދުމަށް ސަރުކާރު ސިފައިން ފެށި ހަ ހަފުތާގެ އަސްކަރީ ހަމަލާތަކަށް ނިމުމެއް އައިސްފައިވާ ކަން ވަނީ ހާމަވެފަ އެވެ. ތެޔޮ އެކްސްޕޯޓުކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވަމުން، ޙޫޘީން އެ ސަރަހައްދު ހިފާފައި ވަނީ ސެޕްޓެންބަރު މަހު ދިން ކުއްލި އަދި ހަލުވި ހަމަލާތަކެއްގަ އެވެ.

Advertisement - worldAdvertisement

ސަރުކާރު ސިފައިން ފަހަތަށް ޖެހެން ނިންމުމުން، ޙޫޘީ ހަނގުރާމަވެރިން ޢަދަންއާ ދިމާލަށް އައު ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ. މިއާއެކު، ސަޢުދީ ޢަރަބިއްޔާއަށް ޙޫޘީން ދެމުންގެންދާ ޑްރޯން އަދި މިސައިލް ހަމަލާތައް ހުއްޓުވުމުގައި އެ ޤައުމަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ވެސް ވަނީ އިތުރަށް ހާމަވެފަ އެވެ. 2015 ވަނަ އަހަރު ޔަމަނުގެ ވެރިރަށް ޞަންޢާ ޙޫޘީން ހިފި ފަހުން، ޔަމަނުގެ ޤާނޫނީ ސަރުކާރުގެ ބާރުތައް މަރުކަޒުވެފައި އޮންނަނީ ދެކުނު އައްސޭރީގައި އޮންނަ ޢަދަންގަ އެވެ.

ފާއިތުވި މަސްތަކުގައި ޔަމަނުގެ އެތެރޭގައި ޙޫޘީން ހޯދި ކާމިޔާބީތަކާއި، ސަޢުދީ ޢަރަބިއްޔާއަށާއި ރަތް ކަނޑުން ދަތުރުކުރާ އާގުބޯޓުފަހަރަށް ދިން ހަމަލާތަކުގެ ސަބަބުން، ފެބުރުވަރީ މަހު އެމެރިކާއާއި ޔަހޫދީ އިސްރާއީލުން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގައި އީރާނުގެ މަގާމު ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.

"ތަޢިއްޒު ގަވަރުނަރޭޓުގެ ހުޅަނގުގައި އޮންނަ ޛުބާބު އެއާޕޯޓާއި ބާބު އަލް-މަންދަބު ސަރަހައްދުން ސިފައިން އަލުން ރުކުރުވާލުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަން ސަދަން އާމްޑް ފޯސަސްއިން އިޢުލާނުކުރަން،" ޔަމަނުގެ ދެކުނުގައި ސަރުކާރަށް ތާއީދުކޮށް ހަނގުރާމަކުރާ މައި އަސްކަރީ ބާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"މި ފިޔަވަޅު އަޅާފައި ވަނީ ވެރިރަށް ޢަދަންއާއި އަވައްޓެރި ގަވަރުނަރޭޓުތައް ރައްކާތެރިކުރުމަށް އިސްކަންދިނުމުގެ އިތުރުން، ހަނގުރާމައިގެ ކުރީ ސަފުތައް ވަރުގަދަކޮށް، މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކާ ކުރިމަތިލުމުގެ ބޭނުމުގައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ސަރުކާރު ސިފައިންގެ މި ނިންމުމާ ގުޅިގެން ޙޫޘީންގެ ފަރާތުން ނުވަތަ ޔަމަނު ސަރުކާރުގެ މައި ބައިނަލްއަގުވާމީ ބައިވެރިޔާ ކަމަށްވާ ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ވަގުތުން އެއްވެސް ރައްދެއް ލިބިފައެއް ނުވެ އެވެ.

ޙޫޘީންގެ ކުރިއެރުންތަކާއި ސަރަހައްދީ ހަމަލާތައް

2022 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތް ޔަމަނުގެ ދިހަ އަހަރުވީ އަހުލީހަނގުރާމަ ކުއްލިއަކަށް އަލުން ހުޅުފަޅައިގެން ދިޔައީ، އީރާނުގެ ހަނގުރާމައިގެ އަސަރު ސަރަހައްދަށް ފެތުރި، މިދިޔަ ހޫނު މޫސުމުގަ އެވެ. މި ގޮތުން، ޙޫޘީން ވަނީ ހަލުވި ކުރިއެރުންތަކެއް ހޯދައި، ރަތް ކަނޑުގެ އައްސޭރިފަށާއި އެ ކަނޑަށް ވަދެނިކުމެވޭ މައި ދޮރާށި ކަމަށްވާ ބާބު އަލް-މަންދަބު ކަނޑުއޮޅި ހިފާފަ އެވެ. ހަމަމިއާއެކު، ޢަދަންއަށް ދެވެން އޮންނަ މަގުގެ މަތީގައިވާ ފަރުބަދަމަތީ ސަރަހައްދުގައި އޮންނަ ޤައުމުގެ ތިންވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ތަޢިއްޒުގައި ތިބި ސަރުކާރު ސިފައިން ވަނީ ހިސާރުކޮށްފަ އެވެ.

ސަޢުދީ ޢަރަބިއްޔާގެ މަދަދާއެކު ސަރުކާރު ސިފައިން މިދިޔަ މަހު ފެށި އަސްކަރީ ކެމްޕޭނުގައި، ކަނޑުއޮޅި ކައިރީގައިވާ މުހިންމު ސަރަހައްދުތަކެއް، ޚާއްސަކޮށް ޛުބާބު ވަނީ އަލުން ހިފާފަ އެވެ. ނަމަވެސް، އެ ސަރަހައްދުން ޙޫޘީން އެއްކޮށް ފައްސާލުމުގައާއި، އައްސޭރިފަށުން އުތުރުގައި އޮންނަ އަލް-މުޚާ ސިޓީ އަލުން ހޯދުމުގައި ސަރުކާރު ސިފައިން ވަނީ ނާކާމިޔާބުވެފަ އެވެ.

ސަރުކާރު ސިފައިންގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ދޭ ޑްރޯން އަދި މިސައިލް ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. މި ހަމަލާތަކުގައި ސަޢުދީގެ މައި ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ވައިގެ ދަތުރުފަތުރު ހުއްޓުވާލާފައިވާއިރު، ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް ވަނީ ބޮޑު ނުތަނަވަސްކަމެއް ގެނުވާފަ އެވެ.

މީގެ އިތުރުން، ޢަދަންގެ އުތުރުގައިވާ އުސް ފަރުބަދަމަތީ ސަރަހައްދުތަކުން ވެސް ޙޫޘީން ވަނީ ފާހަގަކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދާފަ އެވެ. މި ގޮތުން، އޮކްޓޫބަރު މަހުގެ ކުރީކޮޅު ތަޢިއްޒު އެކަހެރިކޮށްލައި، ބައިނަލްއަގުވާމީ ދުނިޔެ ގަބޫލުކުރާ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަކުރާ ތަފާތު ޖަމާޢަތްތަކުގެ އިއްތިހާދަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވާފަ އެވެ.

އައްސޭރިފަށުން ޙޫޘީން ފައްސާލުމަށް ސަރުކާރު ސިފައިން އަދިވެސް މަސައްކަތް ކުރަނީ

ބާބު އަލް-މަންދަބު ސަރަހައްދުގައި ތިބި ސަރުކާރު ސިފައިން މިހާރު އަލުން ރުކުރުވާލާފައި ވަނީ ޛުބާބުގެ ދެކުނުން، އަދި ޢަދަންގެ ހުޅަނގުން 150 ކިލޯމީޓަރު ދުރުގައި އޮންނަ އަލް-ސުޤްޔާ ސަރަހައްދަށް ކަމަށް ޔަމަނުގެ އަސްކަރީ މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް، އެ ސަރަހައްދާ ކައިރީގައިވާ އައްސޭރިފަށުގެ ހިސާބުތަކުން ޙޫޘީން ފައްސާލުމަށް ސަރުކާރު ސިފައިން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ މަސްދަރުތަކުން ބުންޏެވެ.

ތަޢިއްޒުގެ ދެކުނުގައިވާ އުސް ސަރަހައްދުތަކުގައި ޙޫޘީ ހަނގުރާމަވެރިން މިހާރު ތިބީ ލަޙްޖު ގަވަރުނަރޭޓުގެ ތޫރު އަލް-ބާޙާ ޑިސްޓްރިކްޓްގެ ބޭރުގަ އެވެ. އެއީ، ވެރިރަށް ޢަދަންއާ ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުމިނެވެ.

އަހުލީ ހަނގުރާމައިގެ އެންމެ ވަރުގަދަ މައިދާނަށް ބަދަލުވެފައިވާ ތަޢިއްޒުގެ ވަށައިގެންވާ ސަރަހައްދުތަކުން ޙޫޘީން ހޯދި ކުރިއެރުންތަކުގެ ސަބަބުން، ބާބު އަލް-މަންދަބު ކައިރީގައި ސަރުކާރު ސިފައިން ހިންގި އަސްކަރީ ކެމްޕޭނަށް ބޮޑު ހީނަރުކަމެއް ލިބިގެންދިޔަ ކަމަށް އަސްކަރީ މަސްދަރުތަކުން ފާހަގަކުރެ އެވެ.

ތަޢިއްޒުގެ ހުޅަނގު ސަރަހައްދުގައި ހަމަލާތައް އަދިވެސް އިތުރަށް ވަރުގަދަވަމުންދާއިރު، އެ ސަރަހައްދުގެ އިންސާނީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އެންމެ ފަހުގެ ހަމަލާތަކުގައި ޔަމަނުގެ އެކި ކަންކޮޅުތަކުން ގެދޮރު ގެއްލިފައިވާ 300,000 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ހިމާޔަތް ހޯދަމުންދާ ތަޢިއްޒު އޮތީ އަދިވެސް ހިސާރުކޮށްފަ އެވެ. އެ ރަށަށް އިންސާނީ އެހީގެ ސާމާނު ވެއްދޭނެ ގޮތެއް ނެތްއިރު، އާންމު ރައްޔިތުންނަށް ރަށުން ބޭރަށް ނުކުމެވޭނެ މަގެއް ވެސް ނެތެވެ.

މަސްދަރު: ރޮއިޓަރސް

ޔަމަންބާބުލް މަންދަބުއަދަންހޫޡީއީރާންސައުދީ-ޔަމަން ހަނގުރާމަ

އެންމެ ހިނގާ

1

11 އަހަރު ކުރިން މާބަނޑު އަންހެނަކު މަރުވި އެކްސިޑެންޓު: ވާރިސުން ކަނޑައަޅައި ބައެއް ވާރިސުންގެ ބަސް ނަގައިފި، މަރުގެ ދިޔަ ބޭނުމެއް ނުވި!

2

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

3

އިސްލާމިކް މިނިސްޓަރުގެ މަގާމު އަދާލަތު ޕާޓީއަށް ދިނުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އަޑުތައް ފެތުރިއްޖެ

4

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

5

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި

15 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ބާރުގަދަ ގޮވުންތަކެއް، މައިންތަކެއްގައި ޖެހި ތެޔޮ ޓޭންކަރުތަކެއްގައި ހުޅުހިފައިފި
15 ނޮވެމްބަރު 2026

ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި

15 ނޮވެމްބަރު 2026
ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލާއި ދެ ޑްރޯން ސަޢުދީ އިއްތިހާދުން ވައްޓާލައިފި
15 ނޮވެމްބަރު 2026

ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި

15 ނޮވެމްބަރު 2026
ދެކުނުގެ ޢަދަނަށް ޙޫޘީންގެ މިސައިލް ހަމަލާތަކެއް، ޔަމަނު ސިފައިންގެ ރައްދު ހަމަލާތައް ވެސް ވަރުގަދަކޮށްފި
13 ނޮވެމްބަރު 2026

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026
ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި
12 ނޮވެމްބަރު 2026

"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި

12 ނޮވެމްބަރު 2026
"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި
12 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް

12 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް
12 ނޮވެމްބަރު 2026

ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ

12 ނޮވެމްބަރު 2026
ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ
11 ނޮވެމްބަރު 2026

ދުނިޔޭގެ އެންމެ ބޮޑު ގޭސް ދަނޑުގައި އަލިފާނުގެ ހާދިސާއެއް، އީރާނުން ބުނީ ކޮންޓުރޯލު ކުރެވިއްޖެ ކަމަށް!

11 ނޮވެމްބަރު 2026
ދުނިޔޭގެ އެންމެ ބޮޑު ގޭސް ދަނޑުގައި އަލިފާނުގެ ހާދިސާއެއް، އީރާނުން ބުނީ ކޮންޓުރޯލު ކުރެވިއްޖެ ކަމަށް!
10 ނޮވެމްބަރު 2026

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026
އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި
10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް