Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ދުނިޔޭގެ އެންމެ ބޮޑު ގޭސް ދަނޑުގައި އަލިފާނުގެ ހާދިސާއެއް، އީރާނުން ބުނީ ކޮންޓުރޯލު ކުރެވިއްޖެ ކަމަށް!

11 ނޮވެމްބަރު 2026 | ބުދަ 05:02

އީރާނުގެ 'ދެކުނު ޕާރްސް' ގޭސް ދަނޑުގެ ޕްލެޓްފޯމެއްގައި ރޯވި އަލިފާނުން ސަލާމަތްވުމަށް 17 މަސައްކަތްތެރިން ކަނޑަށް ފުންމާލި ނަމަވެސް، އެ އެންމެން ސަލާމަތްކޮށްފައިވާ ކަމަށް އެ ޤައުމުން ބުނެފި. ގޭސް ލީކުވުމެއްގެ ސަބަބުން ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު، މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓުރޯލުކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 11 ނޮވެމްބަރު 2026 | ބުދަ 05:02
އީރާނުގެ 'ދެކުނު ޕާރްސް' ގުދުރަތީ ގޭސް ދަނޑުގައި ބިނާކޮށްފައިވާ ގޭސް ޕްލެޓްފޯމުގެ 12 ވަނަ ފިޔަވަހީގެ ފޮޓޯއެއް [ފައިލް]

އީރާނުގެ 'ދެކުނު ޕާރްސް' ގުދުރަތީ ގޭސް ދަނޑުގައި ބިނާކޮށްފައިވާ ގޭސް ޕްލެޓްފޯމުގެ 12 ވަނަ ފިޔަވަހީގެ ފޮޓޯއެއް [ފައިލް] | އޭއެފްޕީ

ދުނިޔޭގެ އެންމެ ބޮޑު 'އޮފްޝޯ' ގުދުރަތީ ގޭސް ދަނޑު ކަމަށްވާ 'ދެކުނު ޕާރްސް' ގެ ޕްލެޓްފޯމެއްގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލުކޮށްފައިވާ ކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހު، ދެކުނު ޕާރްސް ގޭސް ދަނޑުގެ 14 ވަނަ ފިޔަވަހީގެ ގޭސް ޕްލެޓްފޯމެއްގައި ކަމަށާއި، ވަގުތުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ޕާރްސް އޮއިލް އެންޑް ގޭސް ކުންފުނިން ބުންޏެވެ.

Advertisement - worldAdvertisement

މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުން ފުރާނަ ސަލާމަތް ކުރުމަށް ޓަކައި ކަނޑަށް ފުންމައިލަން މަޖުބޫރުވި އެވެ. "މި ހާދިސާ ހިނގި ވަގުތު ފުރާނަ ސަލާމަތް ކުރުމަށްޓަކައި 17 މަސައްކަތްތެރިން ވަނީ ކަނޑަށް ފުންމައިލާފައި. އަދި، އެ މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން މިހާރު ދަނީ ކުރިއަށް،" ބޫޝެހްރު ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް ޑިރެކްޓަރ ޖެނެރަލް ކޫރޯޝް ދެހްޤާން ވިދާޅުވި އެވެ. "ހާދިސާ ހިނގައިދިޔަ މިންވަރާއި، މަސައްކަތްތެރިންގެ ހާލަތާ ގުޅޭ އިތުރު ތަފުސީލުތައް ފަހުން އިޢުލާނު ކުރެވޭނެ."

މި ހާދިސާއާ ގުޅިގެން ކަނޑަށް ފުންމައިލި ހުރިހާ 17 މަސައްކަތްތެރިން ވެސް ލައިފްބޯޓުތަކަށާއި ސަލާމަތީ އުޅަނދުތަކަށް އެރުމަށްފަހު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ބޫޝެހްރުގެ ކްރައިސިސް މެނޭޖްމަންޓް އޮފީހުން ފަހުން ބުންޏެވެ. ހަމަމިއާއެކު، އެ މަސައްކަތްތެރިން އަނބުރާ ޕްލެޓްފޯމަށް ގެނައުމަށް ޓަކައި  ސަލާމަތީ ތިން އުޅަނދެއް އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ގޭސް ލީކުވުމެއް ނުވަތަ މަސައްކަތުގެ ތެރޭގައި ދިމާވި އޮޕަރޭޝަނަލް މައްސަލައެއް ހިމެނިދާނެ ކަމަށް އޮފިޝަލުން ބަލަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުންޏެވެ. އަލިފާން ރޯވި މި ޕްލެޓްފޯމަކީ، ދެކުނު ޕާރްސްއިން ދުވާލަކު އުފައްދާ 700 މިލިޔަން ކިއުބިކް މީޓަރަށް ވުރެ ގިނަ ގޭހުގެ ތެރެއިން 14.5 މިލިޔަން ކިއުބިކް މީޓަރު ހިއްސާކުރާ ޕްލެޓްފޯމެއް ކަމަށް ވެސް އޮފިޝަލުން ހާމަކުރެ އެވެ.

މި ބޮޑު ގުދުރަތީ ގޭސް ރިޒާވް އީރާނުން ހިއްސާ ކުރަނީ ގޭސް އެކްސްޕޯޓް ކުރުމުގައި ދުނިޔޭގެ ކުރީގައި އުޅޭ ޤަޠަރާ އެކުގަ އެވެ. މި ގޮތުން، ޤަޠަރުން މި ރިޒާވްގެ އެ ޤައުމުގެ ބަޔަށް ކިޔަނީ 'އުތުރު ޑޯމް' އެވެ. މި ރިޒާވްގައި ބޭނުންކުރެވޭ ފަދަ 1،800 ޓްރިލިއަން ކިއުބިކް ފޫޓުގެ ގޭސް އެކުލެވިގެންވާ ކަމަށް ލަފާކުރެވޭއިރު، މިއީ މުޅި ދުނިޔޭގެ 13 އަހަރު ދުވަހުގެ ބޭނުންތައް ފުއްދައިދެވޭނެ މިންވަރެކެވެ.

މަސްދަރު: އަލް ޖަޒީރާ

ސައުތު ޕާސްއީރާންޕާރްސް އޮއިލް އެންޑް ގޭސް ކުންފުނިބޫޝެހެރްގަތަރުއުތުރު ޑޯމްއީރާން-އެމެރިކާ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2026

އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި

11 ނޮވެމްބަރު 2026
އީރާން-އެމެރިކާ ހަނގުރާމަ ހުއްޓުވަން ބެއިޖިންގއިން މެދުވެރިވުމަށް ތެހެރާނުން ގޮވާލައިފި
10 ނޮވެމްބަރު 2026

"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި

10 ނޮވެމްބަރު 2026
"އަމަލީ ގޮތުން" ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވާ އީރާން ހަނގުރާމަ ނިންމުމާމެދު މަޝްވަރާ ކުރައްވަން އޭނާ ޤަތަރުގެ ބޮޑުވަޒީރާ ސިއްރުން ބައްދަލުކުރައްވައިފި
10 ނޮވެމްބަރު 2026

ޓްރަމްޕް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަމަލީގޮތުން ނިމިއްޖެ"

10 ނޮވެމްބަރު 2026
ޓްރަމްޕް: އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ "އަމަލީގޮތުން ނިމިއްޖެ"
10 ނޮވެމްބަރު 2026

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026
އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި
10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
10 ނޮވެމްބަރު 2026

ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި

10 ނޮވެމްބަރު 2026
ބޯޑަރުތައް ބަންދުކުރަން އެމެރިކާއިން އެންގުމުން ވެސް އިރާޤުން އީރާނާ ގުޅޭ މައި ބޯޑަރު ހުރަހެއް ހުޅުވައިފި
10 ނޮވެމްބަރު 2026

މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟

10 ނޮވެމްބަރު 2026
މިޑްޓަރމް އިންތިޚާބުގެ ސައްހަކަމާމެދު ޓްރަމްޕް ސުވާލު އުފައްދަވައިފި، ދެން ވާނީ ކިހިނެއް؟
09 ނޮވެމްބަރު 2026

އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް

09 ނޮވެމްބަރު 2026
އިންތިޚާބުގެ ނާކާމިޔާބީ ގުޅިފައި ވަނީ އިސްރާއީލާމެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމާ: ޓްރަމްޕް
09 ނޮވެމްބަރު 2026

މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް

09 ނޮވެމްބަރު 2026
މަޝްވަރާތައް ކުރިއަށްދާ ނަމަ އީރާނަށް އަލުން ހަމަލާ ދިނުން ނާދިރު: ޓްރަމްޕް
09 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް