Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

"ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު ހުރްމުޒް ހުޅުވުމުގެ ވާހަކަ ދެއްކުމަކީ ބޭނުންތެރިކަމެއް ނޫން": ޢަރާޤްޗީ

22 ނޮވެމްބަރު 2026 | އާދީއްތަ 08:34

ޤަޠަރުގެ މެދުވެރިވުމާއެކު އީރާނާއި އެމެރިކާގެ ދެމެދުގައި ނުރަސްމީ މަޝްވަރާތަކެއް ފަށާފައިވާއިރު، ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ޓަކައި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އީރާނުން ވަނީ ޝަރުތުކޮށްފައި. އީރާނަށް ކުރިމަތިވެފައި ވަނީ ހިމޭން އިގުތިސާދީ ހަނގުރާމައެއް ކަމަށް އެ ޤައުމުގެ ރައީސް ވިދާޅުވެފައިވާއިރު، މަޝްވަރާތަކަށް ފުރުސަތު ދިނުމާއެކު އަސްކަރީ ގޮތުން ތައްޔާރީ ހާލަތުގައި އޮތްކަން އެ ޤައުމުން ވަނީ ހާމަކޮށްފައި

ނިއުސް ޓީމް
ނިއުސް ޓީމް | 22 ނޮވެމްބަރު 2026 | އާދީއްތަ 08:34
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ [ފައިލް]

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނީ [ފައިލް] | އީޕީއޭ

ޤަޠަރުގެ މެދުވެރިން ތެހެރާނަށް ޒިޔާރަތްކޮށް އީރާނުގެ އޮފިޝަލުންނާއެކު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް އީރާނުން ހާމަކޮށް، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެ ޤައުމުން ހުށަހަޅާ ޝަރުތުތައް ޤަބޫލުކުރުމަށް އެމެރިކާއަށް ގޮވާލައިފި އެވެ.

މި މަޝްވަރާތަކުގެ ޚަބަރު ނޮވެންބަރު 21 ވީ ހޮނިހިރު ދުވަހު އާންމުވެފައި މި ވަނީ، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކޮމާންޑަރު ބިންގަރާހެއްގައި ގާއިމުކޮށްފައިވާ މިސައިލް މަރުކަޒަކަށް ޒިޔާރަތްކުރައްވައި، އަދި އީރާނަށް ކުރިމަތިވެފައި ވަނީ "ހިމޭން އިގުތިސާދީ ހަނގުރާމައެއް" ކަމަށް އެ ޤައުމުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

Advertisement - worldAdvertisement

ޤަޠަރުގެ ވަފުދާއެކު ބޭއްވި މަޝްވަރާތައް

ޤަޠަރުގެ ވަފުދެއް ހުކުރު ދުވަހުގެ ރޭ ތެހެރާނަށް ޒިޔާރަތްކޮށް، އީރާނުގެ އޮފިޝަލުންނާއެކު ދެ ގަޑިއިރުގެ މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ކާޒިމް ޣަރީބްއާބާދީ ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައި ވަނީ އީރާނުގެ ތަސްނީމް ނޫސް އޭޖެންސީންނެވެ.

"މެދުވެރިންނާއެކު، އޭގެ ތެރޭގައި ޤަޠަރުގެ އޮފިޝަލުން ވެސް ހިމެނޭހެން، ސީދާ ބައްދަލުކޮށްގެންނާއި އޮންލައިންކޮށް އަޅުގަނޑުމެން މި ދަނީ މުއާމަލާތް ކުރަމުން، އަދި ޑިޕްލޮމަސީއަށް އިތުރު ފުރުސަތެއް ދެވިދާނެތޯ ބެލުމަށް ކުރަންޖެހޭ މަޝްވަރާތައް މިދަނީ ކުރަމުން،" ޣަރީބްއާބާދީ ވިދާޅުވި އެވެ.

ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ވަނީ އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ޤައުމުތަކަށް ރައްދު ހަމަލާތައް ދޭން ފަށާފަ އެވެ. މި ހަނގުރާމައިގެ ތެރެއަށް ސަރަހައްދުގެ ގިނަ ޤައުމުތަކެއް ވަދެފައިވާއިރު، ކަނޑު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އުފުލިގެން ގޮސްފަ އެވެ.

ޣަރީބްއާބާދީ ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްވަރާތައް އަދި ރަސްމީ މުއާމަލާތްތަކަކަށް ބަދަލުނުވާ ކަމަށެވެ. ނަމަވެސް، ރަސްމީ މަޝްވަރާތައް ފެށިއްޖެ ނަމަ އީރާނުގެ ނިއުކްލިއަރ ޕުރޮގުރާމުގެ ފަންނީ ތަފްސީލުތަކާ މެދު ވާހަކަދެކެވޭނެ ކަމަށާއި، ނަމަވެސް އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އެ ޤައުމުން ބޭރަށް ގެންގޮސްގެން ނުވާނެ ކަމަށް އީރާނުން ދެކޭ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެމެރިކާއިން އަޅާފައިވާ އިގުތިސާދީ ހިސާރަކީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި އީރާނުން ދެކޭ ކަމަށާއި، އެ ހިސާރު ފޫއަޅުވާލުމަށް "އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްގެ ފާޑުވިދާޅުވުންތަކާއި ހުރްމުޒް ހުޅުވުމުގެ ޝަރުތުތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނަށް ނިއުކްލިއަރ ހަތިޔާރެއް ލިބުން ހުއްޓުވާނެ "ދާއިމީ" އެއްބަސްވުމެއް ބޭނުންފުޅުވާ ކަމަށެވެ. އީރާނުގެ އޮފިޝަލުންނަކީ "ވަރަށް، ވަރަށް އުނދަގޫ" ބައެއްގެ ގޮތުގައި ސިފަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "އަޅުގަނޑުމެން އެއްބަސްވުމެއް ހަދާއިރަށް، ޖެހިގެން އަންނަ ދުވަހު އެ މީހުން އެ އެއްބަސްވުމާ ޚިލާފުވޭ،" ކަމަށެވެ.

އަނެއްކޮޅުން، ސަރަހައްދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކަށް "ފުރުސަތެއް ދޭންޖެހޭ ކަމަށާއި، ބުއްދިވެރި އުސޫލަކުން ހިސާރު އުވާލަންޖެހޭ" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީ ހޮނިހިރު ދުވަހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތު ވަރަށް ސާފު: އީރާނުގެ ޝަރުތުތައް ފުރިހަމަ ނުވާހާ ހިނދަކު، ހުރްމުޒް ކަނޑުއޮޅިއާއި އެ ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން ދައްކާ ވާހަކައަކީ އެއްވެސް ބޭނުމެއް ނެތް ވާހަކައެއް،" ޢަރާޤްޗީ ވިދާޅުވި އެވެ. "ހަމަމިއާއެކު، އަމިއްލަ ނަފްސުގެ ދިފާޢުގައި ތެދުވަން އަޅުގަނޑުމެން ތައްޔާރަށް ތިބި ފަދައިން، މަޝްވަރާއަށް އަބަދު ވެސް ތައްޔާރަށް ތިބިކަން އަޅުގަނޑުމެން ވާނީ ކަށަވަރުކޮށްދީފައި."

އީރާނުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ހުރިހާ މައިދާނެއްގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުމާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ އިތުރުން އީރާނުގެ ބަނދަރުތައް ބަންދުކޮށް އެމެރިކާއިން އަޅާފައިވާ ހިސާރު ނިމުމަކަށް ގެނައުން ހިމެނެ އެވެ.

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ "އުނދަގޫ ކަމެއް ނޫން" ކަމަށާއި، އެ ކަމަށް ޓަކައި އެމެރިކާއިން ކުރަންޖެހޭ ހަމައެކަނި ކަމަކީ "ބައިނަލްއަގުވާމީ ޤާނޫނުތަކާ އެއްގޮތްވާ، އެކަށީގެންވާ ޝަރުތުތަކެއް ޤަބޫލުކުރުން" ކަމަށް ޢަރާޤްޗީ ވިދާޅުވި އެވެ. އަދި، ވޮޝިންގޓަނުން އެ ޤައުމުގެ ކުށްތަކަށް އިއުތިރާފުވެ، ކުރިން ވެފައިވާ ވައުދުތައް ފުއްދައިފި ނަމަ މެނުވީ މި މައްސަލައަށް "އެއްވެސް ހައްލެއް ނެތް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުން އީރާނުން ހަނިކޮށްފައި ވަނީ ހަނގުރާމަ ފެށުނު ހިސާބުންނެވެ. މިއަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ކަނޑުމަގުން ހިސާރުކޮށްފަ އެވެ.

"ހިމޭން އިގުތިސާދީ ހަނގުރާމައެއް" އަދި އަސްކަރީ ތައްޔާރީތައް

އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިއާން ހޮނިހިރު ދުވަހު ވިދާޅުވީ، އެ ޤައުމަށް މިހާރު ކުރިމަތިވެފައި ވަނީ "މިސައިލް ބޭނުންކޮށްގެން ކުރާ ހަނގުރާމައަކަށް ވުރެ އުނދަގޫ" އަދި "ހިމޭން އިގުތިސާދީ ހަނގުރާމައެއް" ކަމަށެވެ.

އިންވެސްޓަރުންނާއި އުފެއްދުންތެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ޕީޒިޝްކިއާން ވިދާޅުވީ "ބިރުދައްކާ، އަނިޔާވެރި، އަދި މަޖުބޫރުކުރުވާ ބަޔަކު އަޅުގަނޑުމެންގެ ޤައުމު ވައްޓާލަން މަސައްކަތްކުރި" ނަމަވެސް، އީރާނުގެ ވިޔަފާރިތަކުން ބާޒާރުގެ ހާލަތު ރަނގަޅަށް މެނޭޖުކޮށްފައިވާ ކަމަށެވެ. އަދި، ކުރިއަށް އޮތް ފިނި މޫސުމުގައި ކަރަންޓު ކެނޑުނަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ގޮތުން ސިޔާސީ އަދި އިގުތިސާދީ މަޝްވަރާތައް ކުރިއަށްދާއިރު، އައިއާރްޖީސީގެ ކޮމާންޑަރު މޭޖަރ ޖެނެރަލް އަޙްމަދު ވަޙީދީ ވަނީ އެ ލަޝްކަރުގެ އޭރޯސްޕޭސް ފޯސްގެ ވެރިޔާ ބްރިގޭޑިއަރ ޖެނެރަލް މަޖީދު މޫސަވީއާއެކު ބިންގަރާހެއްގައި ގާއިމުކޮށްފައިވާ މިސައިލް ރައްކާކުރާ މަރުކަޒަކަށް ޒިޔާރަތްކުރައްވާފަ އެވެ. އެ ޒިޔާރަތުގައި، އައިއާރްޖީސީގެ ތައްޔާރީ ހާލަތާއި މިސައިލް ޕުރޮގުރާމަށް އެންމެ ފަހުން އައިސްފައިވާ ކުރިއެރުންތަކުގެ މައުލޫމާތު ވަޙީދީއަށް އަރުވާފައިވާ ކަމަށް އީރާނުގެ ނޫސްތަކުން ބުނެ އެވެ. މި ޒިޔާރަތް ކުރައްވާފައިވަނީ، މި ހިނގާ ނޮވެންބަރު މަހުގެ ކުރީކޮޅު އައިއާރްޖީސީގެ އޭރޯސްޕޭސް ފޯސްއިން ބިމުއަޑީގެ އައު މަރުކަޒެއް އިފްތިތާހުކޮށް، އެ ތަނުގައި ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކާއި އެ ތަކެތި އުދުއްސާލާ ލޯންޗަރުތައް ދައްކާލާފައިވަނިކޮށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންގަތަރުއެމެރިކާހުރްމުޒް ކަނޑުއޮޅިމަސްއޫދު ޕެޒެޝްކިއާންޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާ

އެންމެ ހިނގާ

1

2028 ގެ އިންތިޚާބަށްފަހު އެއްބަސްވުން ބާތިލުވެދާނެތީ، ފެންނަ ނުފެންނަ ވޯޓަކާ ނުލައި ސޮއިނުކުރުމަށް އެދި އަލައްބާރު އަށް ސިޓީއެއް!

2

އެއް ލައްކަ މެންބަރުން ހަމަވި ކަމަށް ބުނެ އުފާފާޅުކުރި ޕީއެންސީގެ މެންބަރުންގެ އަދަދު އަނެއްކާވެސް ދަށަށް

3

ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު

4

އަދާލަތު ޕާޓީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝެއިހް ހަސަން ލަތީފް އެ ޕާޓީން ވަކިވެވަޑައިގަންނަވައިފި

5

ޖީއެސްޓީ ސިޔާސަތަށް ސަރުކާރުން ބަދަލު ގެންނަން ޖެހުނީ ރާއްޖެ ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އޮތުމުން: ޚަލީލް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2026

ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި

22 ނޮވެމްބަރު 2026
ގަލްފު ސަރަހައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ބަދަލު ހޯދައިދިނުމަށް ބަޙްރައިނުން އދ.އަށް ގޮވާލައިފި
19 ނޮވެމްބަރު 2026

ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް

19 ނޮވެމްބަރު 2026
ޓްރަމްޕް: ނިއުކްލިއާ ހަތިޔާރު މަދުކުރުމަށް އެމެރިކާ އާއި ރަޝިޔާ އަދި ޗައިނާއަށް ހާއްސަ ފުރުސަތުތަކެއް އެބައޮތް: ޓްރަމްޕް
18 ނޮވެމްބަރު 2026

ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ

18 ނޮވެމްބަރު 2026
ޓްރަމްޕް ޗައިނާއަށް ވަޑައިގެން ދުނިޔޭގެ ސުލްހައަށް މަޝްވަރާކުރައްވަނީ
17 ނޮވެމްބަރު 2026

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް

17 ނޮވެމްބަރު 2026
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމާ ގާތްވެއްޖެ: ޓްރަމްޕް
17 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ

17 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޭންކަރުތަކަށް ހަމަލާ އަމާޒުވެ، ސަރަހައްދީ ހަކަތައިގެ ވަސީލަތްތަކަށް ނުރައްކާ ބޮޑުވެއްޖެ
16 ނޮވެމްބަރު 2026

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

16 ނޮވެމްބަރު 2026
ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި
16 ނޮވެމްބަރު 2026

ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް

16 ނޮވެމްބަރު 2026
ބާބު އަލް-މަންދަބު ދޫކޮށް ޔަމަނު ސިފައިން ފަހަތަށް ޖެހުމުން ޢަދަންއަށް ބޮޑު ނުރައްކަލެއް
16 ނޮވެމްބަރު 2026

ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ

16 ނޮވެމްބަރު 2026
ހުޅަނގު އޭޝިއާގައި ހަރަކާތްތެރިވާ އެމެރިކާގެ މަތިންދާބޯޓު އުފުލާ ދެ މަނަވަރާ 'ޔޫއެސްއެސް ރޫޒެވެލްޓް' ގުޅެނީ
15 ނޮވެމްބަރު 2026

އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!

15 ނޮވެމްބަރު 2026
އިހުތިރާމް އަދާކުރުމުގެ ކެމްޕެއިން ފެއްޓެވުމަށް ރައީސް ގެންގުޅުއްވި "ބޯޅަ" ބޮޑު މީމް އަކަށް!
15 ނޮވެމްބަރު 2026

2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި

15 ނޮވެމްބަރު 2026
2028 ގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޮކާސިއޯ-ކޮރްތޭޒަށް ނިއު ޔޯކްގެ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް