Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢުދީ-ހޫޘީންގެ ކުރިމަތިލުން

ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހައި ހޫޘީން އަލުން ސަޢުދީ ޢަރަބިއްޔާއަށް ހަމަލާދީފި

13 ނޮވެމްބަރު 2026 | ހުކުރު 04:07

ޔަމަނުގެ ހޫޘީން ސަޢުދީގެ ތެޔޮ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނާއިރު، އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ އެ ޖަމާޢަތާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އެއް އަހަރަށް ދަންމާލާފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ޔަމަނުގެ އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާތީ، ހޫޘީންނަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައެޅުމަށް ސަޢުދީން ދަނީ ވިލާތުގެ އިއްތިހާދަށް ބާރުއަޅަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 13 ނޮވެމްބަރު 2026 | ހުކުރު 04:07
ޔަމަނުގެ ހޫޘީ ޖަމާޢަތުން ވެރިރަށް ޞަންޢާގައި އަސްކަރީ ތަމްރީނުތަކެއް ހިންގުމުގެ ތެރެއިން ރޮކެޓުތަކެއް އުދުއްސައިލަނީ

ޔަމަނުގެ ހޫޘީ ޖަމާޢަތުން ވެރިރަށް ޞަންޢާގައި އަސްކަރީ ތަމްރީނުތަކެއް ހިންގުމުގެ ތެރެއިން ރޮކެޓުތަކެއް އުދުއްސައިލަނީ | ގެޓީ އިމޭޖަސް

ޔަމަނުގެ ހޫޘީ ޖަމާޢަތާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އެއް އަހަރަށް ދަންމާލުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހުން ނިންމި ދަނޑިވަޅުގައި، އީރާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ އެ ޖަމާޢަތުން ސަޢުދީ ޢަރަބިއްޔާގެ ރިޔާޟް ސަރަހައްދާއި އިރުމަތީ ޕުރޮވިންސަށް އަމާޒުކޮށް ފޮނުވާލި ކަމަށް ބެލެވޭ ޑްރޯންތަކެއް ސަޢުދީ އަސްކަރީ އިއްތިހާދުގެ ސިފައިން ހުއްޓުވައިފި އެވެ.

ސަޢުދީ ޢަރަބިއްޔާއިން އިސްވެ އޮންނަ އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް-މާލިކީ، ނޮވެންބަރު 12 ވީ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޫޘީންގެ ޑްރޯންތަކެއް ކަމަށް ޝައްކުކުރެވޭ އުޅަނދުތަކެއް އެ ދުވަހު ވައިގެ ތެރެއިން ގޮއްވާލާފައިވާ ކަމަށެވެ.

Advertisement - worldAdvertisement

ތެލުގެ މަރުކަޒުތަކާއި އަސްކަރީ އަމާޒުތަކަށް ހޫޘީންގެ ހަމަލާތައް

ސަޢުދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ މަރުކަޒުތަކަށާއި އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށް، ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވަނީ ވިދާޅުވެފަ އެވެ. މި ގޮތުން 'އީސްޓް-ވެސްޓް' ހޮޅިލައިންގެ ޕަންޕިންގ ސްޓޭޝަނަކަށް ޑްރޯނަކުން ހަމަލާދީފައިވާނެ ކަމަށާއި، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބުޢުގެ ތެޔޮ މަރުކަޒަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް %4 އާ އެއްވަރުގެ މިންވަރެއް ކަމަށްވާ، ދުވާލަކު ގާތްގަނޑަކަށް 4 މިލިޔަން ފީފާގެ ސާފުނުކުރާ ތެޔޮ ސަޢުދީ ޢަރަބިއްޔާއިން ޔަންބުޢަށް ފޮނުވަމުން ދަނީ އީސްޓް-ވެސްޓް ހޮޅިލައިން މެދުވެރިކޮށެވެ.

ހަމަމިއާއެކު، ޔަމަނުގެ ސަރަހައްދީ ރޮނގާ ކައިރީގައި އޮންނަ ޝަރޫރާ ވައިގެ ބަނދަރުގައި އޮތް އަސްކަރީ މުދާ އުފުލާ މަތިންދާބޯޓަކަށް ޑްރޯނަކުން ހަމަލާދިން ކަމަށާއި، ޚަމީސް މުޝައިޠު ވައިގެ މަރުކަޒަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް "ސީދާ އަމާޒަށް ވާސިލުވެފައިވާ" ކަމަށް ސަރީޢު ދަޢުވާކުރެއްވި އެވެ. މީގެ އިތުރުން ވެރިރަށް ރިޔާޟްގައި ހުންނަ ސަޢުދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި މަރުކަޒަށް ވެސް ހަމަލާދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ބުދަ ދުވަހު މައްކާ ސަރަހައްދަށް ހޫޘީން ހަމަލާދިން ކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނާ ބުނުމަކީ "ބޮޑު ދޮގެއް" ކަމަށް ވިދާޅުވެ އޭނާ ވަނީ އެ ކަން ދޮގުކުރައްވާފަ އެވެ.

އަނެއްކޮޅުން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ޤާނޫނީ ސަރުކާރުގެ ދިފާޢުގައި ހަނގުރާމަކުރާ ސަޢުދީން ވާގިވެރިވާ އިއްތިހާދުގެ ސިފައިން ބުނާ ގޮތުގައި، ހުރިހާ އަސްކަރީ މައިދާންތަކެއްގައި ވެސް ހޫޘީންނާ ކުރިމަތިލައި، އެ ޖަމާޢަތުގެ އިސްވެރިންނާއި، އުޅަނދުފަހަރާއި، އިތުރު އެހީތެރިކަމަށް ފޮނުވާ ފައުޖުތަކާއި، ހަތިޔާރާއި، މަރުކަޒުތަކަށް ދަނީ ހަމަލާދެމުންނެވެ. ހޫޘީންނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމަ "އެދެވޭ މަގުސަދުތަކާ ދިމާއަށް" މިސްރާބު ޖަހާފައިވާ ކަމަށް، ސަޢުދީން ވާގިވެރިވާ ރިޔާސީ ލީޑަރޝިޕް ކައުންސިލާ ހަވާލާދީ ޔަމަނުގެ ދިފާޢީ ވުޒާރާއިން ވަނީ ބުނެފަ އެވެ. އަދި 'ޑޯން އޮފް ޔެމެން' އަސްކަރީ އޮޕަރޭޝަނުގައި ބައިވެރިވާ އެކި ލަޝްކަރުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން، ދިފާޢީ ވުޒާރާއިން އިސްނަގައިގެން މައުރިބު ގަވަރުނަރޭޓުގައި ޚާއްސަ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅުތައް ދަންމާލުން

ޔަމަނާ ގުޅުންހުރި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު އެއް އަހަރަށް ދަންމާލުމަށް، އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ އިއްތިފާގުން ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފަ އެވެ. މީގެ ތެރޭގައި މުދާ ހިފެހެއްޓުމާއި ދަތުރުފަތުރުކުރުން މަނާކުރުން ހިމެނޭއިރު، ސަޢުދީ ޢަރަބިއްޔާއަށް ހޫޘީން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އެ މަޖިލީހުން ވަނީ ގޮވާލާފަ އެވެ. މިއާއެކު، ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ލަފާދޭ ޔަމަނާ ބެހޭ އ.ދ.ގެ މާހިރުންގެ ޕެނަލްގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ.

"ހުރިހާ ފަރާތްތަކުން ވެސް މަސްރަހު އިތުރަށް ގޯސްވާފަދަ އަމަލުތަކުން ދުރުހެލިވެ، ޚިޔާލުތަފާތުވުންތަކާއި ދެބަސްވުންތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމަށް،" ސަލާމަތީ މަޖިލީހުގެ މެންބަރުން ވަނީ ގޮވާލައްވާފަ އެވެ. އަދި، ސަޢުދީ ޢަރަބިއްޔާއާއި ޔަމަނުގެ ސަރަހައްދީ އިސްތިގުލާލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް އެ މަޖިލީހުން ބުންޏެވެ.

"މި ޤަރާރުގައި ހޫޘީން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް އިތުރުކުރުމާއި، ކަނޑުމަގުންނާއި ސަރަހައްދީ ރޮނގު ހުރަސްކޮށް ސަޢުދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާއި، ވިޔަފާރި އާގުބޯޓުފަހަރަށް ކުރިމަތިކުރާ ނުރައްކާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސަލާމަތީ މަޖިލީހުގެ ބަޔާނުގައިވެ އެވެ. ނަމަވެސް، ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި، އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި އިންސާނީ އެހީތެރިކަމަށް ހުރަސްނޭޅޭނެ ގޮތަށް، އަދި ޝަރުޢީ ވިޔަފާރީގެ މުޢާމަލާތްތަކަށް ނޭދެވޭ އަސަރު ނުކުރާނެހެން އަމަލުކުރުމަށް އެ ޤަރާރުގައި ބާރުއަޅާފައިވެ އެވެ.

"ސަލާމަތީ މަޖިލީހުގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމައެކަނި ވަސީލަތެއް. އެއީ، އޭގެ ޒާތުގައި އެންމެ ފަހުގެ މަގުސަދެއް ނޫން،" ޗައިނާއިން އ.ދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ފޫ ކޮންގ ވިދާޅުވި އެވެ. އަދި "ޔަމަނުގެ މަސްރަހު ވީހާވެސް އަވަހަކަށް ފިނިވެގެންދާނެ ކަމަށް އުންމީދުކުރައްވާ" ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިންސާނީ ކާރިސާއާއި ވިލާތުގެ އިއްތިހާދަށް ސަޢުދީގެ ބާރުއެޅުން

އޮގަސްޓު މަހުގެ ކުރީކޮޅުން ފެށިގެން ޔަމަނުގައި 333,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް، އ.ދ.ގެ އިންސާނީ އެހީތެރިކަން ވިލަރެސްކުރާ އިދާރާއިން (އޯސީއެޗްއޭ) ބުރާސްފަތި ދުވަހު ހާމަކުރި އެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގެ ތެރޭގައި ގެދޮރު ދޫކޮށް ދާން މަޖުބޫރުވި 24,000 އަށްވުރެ ގިނަ މީހުން ވެސް ހިމެނެ އެވެ.

"ހަމަނުޖެހުންތަކުގެ ސަބަބުން ސިއްހީ މަރުކަޒުތަކަށް ގެއްލުންވެ، ޢާއިލާތައް ގެދޮރު ދޫކޮށް ދާން މަޖުބޫރުވެ، އަދި އިންސާނީ އެހީތެރިންގެ މަސައްކަތްތަކަށް ހުރަސްއެޅެމުންދާއިރު، އާންމު ރައްޔިތުން އަދިވެސް ދަނީ އޭގެ ބޮޑު އަގު ދައްކަމުން،" އޯޗާއިން ބުންޏެވެ.

ހަމަމިއާއެކު، ވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ޤަރާރެއް ފާސްކޮށް، އަންޞާރުﷲ ހޫޘީ ހަރަކާތަކީ "ނިރުބަވެރި ޖަމާޢަތެއްގެ" ގޮތުގައި ކަނޑައެޅުމަށް ވިލާތުގެ އިއްތިހާދަށް (އީޔޫ) ސަޢުދީ ޢަރަބިއްޔާއިން ދަނީ ބާރުއަޅަމުންނެވެ. ނަމަވެސް، އެ ފަދަ ފިޔަވަޅެއް އަޅައިފި ނަމަ، މުސްތަގުބަލުގައި ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއެޅިދާނެތީ ވިލާތުގެ އިއްތިހާދުގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ވިލާތުގެ މަސްދަރުތަކުން ހާމަކުރެ އެވެ. ސަރަހައްދީ ތަރައްގީތަކާ ގުޅޭގޮތުން ރިޔާޟާއެކު ދާއިމީ ގޮތެއްގައި މަޝްވަރާކުރަމުންދާ ކަމަށް ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ތަރުޖަމާނު އަންވަރު އަލް-އަނޫނީ ވިދާޅުވި ނަމަވެސް، މިހާރު ކުރިއަށްދާ ވަކިވަކި މަޝްވަރާތަކާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން އޭނާ ވަނީ ދެކޮޅުހައްދަވާފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަންހޫޡީއަ ނޭޝަން ޔުނައިޓެޑްޔަމަން-ސައުދީއީރާންސައުދީ އަރަބިއްޔާ-ހޫޘީން

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2026

"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި

12 ނޮވެމްބަރު 2026
"އިސްރާއީލުގެ އިސްތިޢުމާރު އޮއްވައި ހަތިޔާރެއް ނުބަހައްޓާނަން": އެމެރިކާގެ އިންތިޚާބީ ނަތީޖާއަކީ "ބިންހެލުމެއް" ކަމަށް ނަޢީމް ޤާސިމް ސިފަކުރައްވައިފި
12 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް

12 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި ކުރީގެ ހާލަތަށް ދެން ދުވަހަކު ވެސް އެނބުރި ނުދާނެ: ޤާލީބާފް
12 ނޮވެމްބަރު 2026

ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ

12 ނޮވެމްބަރު 2026
ދިފާޢު ކުރި މިސައިލްތަކެއްގެ ބައިތަކެއް މައްކާގެ ސަބޫޙާ އަވަށަށް ވެއްޓިއްޖެ
11 ނޮވެމްބަރު 2026

ދުނިޔޭގެ އެންމެ ބޮޑު ގޭސް ދަނޑުގައި އަލިފާނުގެ ހާދިސާއެއް، އީރާނުން ބުނީ ކޮންޓުރޯލު ކުރެވިއްޖެ ކަމަށް!

11 ނޮވެމްބަރު 2026
ދުނިޔޭގެ އެންމެ ބޮޑު ގޭސް ދަނޑުގައި އަލިފާނުގެ ހާދިސާއެއް، އީރާނުން ބުނީ ކޮންޓުރޯލު ކުރެވިއްޖެ ކަމަށް!
10 ނޮވެމްބަރު 2026

އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި

10 ނޮވެމްބަރު 2026
އީރާނުގެ ނުރައްކަލާހުރެ އިނގިރޭސިވިލާތުގައި ހުރި ދެވަނަ މަރުކަޒަކުން ވެސް އެމެރިކާގެ އަސްކަރީ ބޯޓުތައް ބަދަލުކޮށްފި
10 ނޮވެމްބަރު 2026

މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް

10 ނޮވެމްބަރު 2026
މިސައިލް ހަމަލާތަކަކާއެކު ރިޔާޟް ގުޑުވާލައިފި، ސައުދީ އިއްތިހާދުން ޞަންޢާއަށް ރައްދު ހަމަލާތަކެއް
09 ނޮވެމްބަރު 2026

ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި

09 ނޮވެމްބަރު 2026
ޤަޝްމު ޖަޒީރާއަށް އެމެރިކާއިން އަނެއްކާ ހަމަލާދީފި، ހުރިހާ އިދާރާތަކެއް ތައްޔާރީ ހާލަތުގައި
08 ނޮވެމްބަރު 2026

ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ

08 ނޮވެމްބަރު 2026
ބިންގަރާސްތަކުގައި ހަތިޔާރު ކާރުޚާނާތައް ބިނާކޮށް، އީރާނުން ދިގުދެމިގެންދާނެ ހަނގުރާމައަކަށް ތައްޔާރު ވަނީ
08 ނޮވެމްބަރު 2026

ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި

08 ނޮވެމްބަރު 2026
ހޫޘީންނާ ދެކޮޅަށް ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގައި ބޮޑެތި ގެއްލުންތަކެއް ދީފި
08 ނޮވެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް

08 ނޮވެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގައި ދެ ޓޭންކަރެއް އަނދަނީ، ޢުމާން ކަނޑުގައި އަސްކަރީ ކުރިމަތިލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް