Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނަށް ހަމާލާ ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އެންމެ ބޮޑު މަނަވަރު ޖެރަލްޑް އާރް ފޯޑް އަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން ސަރަހައްދު ދޫކޮށް ހިނގައްޖެ

މެދުއިރުމަތީގެ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވި އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ނުވަ މަސް ދުވަހަށްފަހު އެނބުރި ބަނދަރަށް އައިސްފައިވާއިރު، މިއީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ ބާރުތަކަށް ކުރިމަތިވާނެ ނިކަމެތި ކަމެއް. މި މަނަވަރުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ފާޚާނާ ނިޒާމަށް ދިމާވި މައްސަލަތަކުގެ ސަބަބުން ފަޅުވެރިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުއިރު، މަނަވަރުގެ ޚިދުމަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައި.

ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 01:24
މެދުއިރުމަތީގައި ކުރިއަށްދިޔަ ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށްފަހު، ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް، 2026 މާރިޗު 23 ވީ ހޯމަ ދުވަހު ކްރީޓް އައިލެންޑްގެ ސޫދާ ބޭ ނޭވަލް ބޭސްއަށް ބަނދަރުކުރި ވަގުތު، ޓަގު ބޯޓަކުން އެ މަނަވަރަށް އެހީތެރިކަން ފޯރުކޮށްދެނީ.

މެދުއިރުމަތީގައި ކުރިއަށްދިޔަ ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށްފަހު، ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް، 2026 މާރިޗު 23 ވީ ހޯމަ ދުވަހު ކްރީޓް އައިލެންޑްގެ ސޫދާ ބޭ ނޭވަލް ބޭސްއަށް ބަނދަރުކުރި ވަގުތު، ޓަގު ބޯޓަކުން އެ މަނަވަރަށް އެހީތެރިކަން ފޯރުކޮށްދެނީ. | އޭއެފްޕީ

އީރާނަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވި ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް، ކްރީޓްގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ހޯމަ ދުވަހު އެނބުރި އައިސްފައިވާ ކަމަށް އޭއެފްޕީގެ ފޮޓޯގްރާފަރަކު ރިޕޯޓްކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު ސޫދާ ބޭ އިން ކާބޯތަކެއްޗާއި، ތެލާއި އަދި ހަތިޔާރު ބަރުކުރި މި މަނަވަރުގެ ލޯންޑްރީގައި މާރިޗު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަޅުވެރިންގެ ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.

އެމެރިކާއިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކޮށް، ޖެރަލްޑް އާރް ފޯޑާއި އަދި އަބްރަހަމް ލިންކަން ނަމަކަށް ކިޔާ އިތުރު މަތިންދާބޯޓު އުފުލާ މަނަވަރެއް އެ ސަރަހައްދަށް ފޮނުވުމަށްފަހު، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ވަނީ އީރާނާ ދެކޮޅަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ.

ދިހަވަރަކަށް މަތިންދާބޯޓު ހިމެނޭ އެއާ ވިންގްތަކެއް އެކުލެވިގެންވާ މި ދެ މަނަވަރުން ވެސް އީރާނުގެ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ޖެރަލްޑް އާރް ފޯޑް އެ ސަރަހައްދުން ދިއުމަކީ އެ ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް ކުރިމަތިވާނެ ނިކަމެތި ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕެން ވޮޝިންގްޓަންގެ ޑައިރެކްޓަރ އޮފް ގްލޯބަލް ޕޮލިސީ ޕްރޮގްރާމްސް، ޑެނިއަލް ޝްނައިޑަމަން ވިދާޅުވި ގޮތުގައި، ފާހަގަކޮށްލެވޭ ފަދަ ދިގު މުއްދަތަކަށް ޖެރަލްޑް އާރް ފޯޑް ހަނގުރާމައިގެ މައިދާނުން ދުރުވުމަކީ، ހަނގުރާމައިގެ މަސައްކަތްތަކަށް އެމެރިކާއިން ދޭ އެހީތެރިކަން ކުޑަވެގެންދާނެ ކަމެކެވެ.

އިޒްރޭލުގެ ދިފާއުގައި ޖެރަލްޑް އާރް ފޯޑް އަދާކުރާ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ވައިގެ ދިފާއީ ނިޒާމުތައް ހުރި އެ މަނަވަރާއެކު ދަތުރުކުރާ ބައެއް އެހެން އުޅަނދުތައް އިޒްރޭލުގެ ކައިރީގައި މަޑުކޮށްފިނަމަ، މަނަވަރު ދިއުމުގެ ސަބަބުން ކުރިމަތިވާނެ އަސަރު ކޮންމެވެސް މިންވަރަކަށް ކުޑަވާނެ ކަމަށެވެ.

ޖެރަލްޑް އާރް ފޯޑް ކަނޑުމަތީގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ނުވަ މަސް ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެމެރިކާއިން ކެރީބިއަން ސަރަހައްދުގައި ހިންގި އޮޕަރޭޝަންތަކުގައި ވެސް އެ މަނަވަރު ވަނީ ބައިވެރިވެފައެވެ. އެ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ސްމަގްލް ކުރާ ކަމަށް ތުހުމަތު ކުރެވޭ ބޯޓުތަކަށް ހަމަލާދިނުމާއި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޓޭންކަރުތައް ހުއްޓުވުމުގެ އިތުރުން ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ ވެސް ވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މާރިޗު މަހުގެ 12 ވަނަ ދުވަހު އެ މަނަވަރުގެ ލޯންޑްރީ ރޫމެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ފަޅުވެރިއަކަށް އަނިޔާވެ، ގާތްގަނޑަކަށް 100 އެނދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން، ކަނޑުމަތީގައި އުޅުނުއިރު އެ މަނަވަރުގެ ފާޚާނާ ނިޒާމަށް ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ފާޚާނާތައް ބެދުމާއި، ފާޚާނާ ބޭނުންކުރުމަށް ދިގު ކިއޫތަކެއްގައި މަޑުކުރަން ޖެހުނު ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސެނެޓް އިންޓެލިޖެންސް ކޮމިޓީގެ ވައިސް ޗެއާ، ސެނެޓަރ މާކް ވޯނާ ވަނީ މި މަނަވަރުގެ ޚިދުމަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކަނޑުމަތީގައި ހޭދަކުރުމުގެ ސަބަބުން ޖެރަލްޑް އާރް ފޯޑާއި އޭގެ ފަޅުވެރިން ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އަދި މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނުރައްކާތެރި އަސްކަރީ ނިންމެވުންތަކުގެ ސަބަބުން އެ ފަރާތްތަކުން އުފުލަން ޖެހުނު ތަކުލީފެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްދަރު: އޭއެފްޕީ

ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑްއެމެރިކާ-އީރާންކްރީޓްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ ހަމަލާތަކުން ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

އީރާނުގެ ހަމަލާތަކުން ކުވެއިތުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

24 މާރިޗު 2026
އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

އީރާނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުން އީރާނުން ދޮގުކޮށްފި

24 މާރިޗު 2026
"ނިހާއީ ކާމިޔާބީއާ ހަމައަށް": އީރާނުން ދުޝްމަނުންގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯންގެ 77 ވަނަ ހަމަލާގެ ރާޅު ފޮނުވާލައިފި

"ނިހާއީ ކާމިޔާބީއާ ހަމައަށް": އީރާނުން ދުޝްމަނުންގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯންގެ 77 ވަނަ ހަމަލާގެ ރާޅު ފޮނުވާލައިފި

24 މާރިޗު 2026
ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

ކުރިއަށް އޮތް ދުވަސްތަކަށް އީރާނުން ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ރާވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން ބުނެފި

24 މާރިޗު 2026
ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހުމަށް މަސައްކަތް ނުކުރުމަށް، އެ ސަރަހައްދުން ބޭރުގެ ގައުމުތަކަށް އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން އިންޒާރު ދީފި

ގަލްފް ސަރަހައްދުގެ ސަލާމަތީ ކަންކަމާ ބެހުމަށް މަސައްކަތް ނުކުރުމަށް، އެ ސަރަހައްދުން ބޭރުގެ ގައުމުތަކަށް އިރާނުގެ އެންމެ މަތީ އޮޕަރޭޝަނަލް ކޮމާންޑް ޔުނިޓުން އިންޒާރު ދީފި

24 މާރިޗު 2026

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު