Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސީ ފްލީޓު

ޓެކްސީ ލައިނުގެ ހިދުމަތް ފަށަން ދިން 4 ވަނަ ތާރީހު ވެސް ފަހަނަ އަޅައި ގޮސްފި

ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ފްލީޓުގެ ޚިދުމަތް މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް އަމާޒުކުރި ނަމަވެސް، އެ ތާރީޚު ފަހަނައަޅައި ދިޔައިރުވެސް ޚިދުމަތް ނުފެށި ވަނީ ލަސްވެފައި. ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން އެކި ފަހަރުމަތިން ދިން ތާރީޚުތަކުގައި ޚިދުމަތް ނުފެށިފައިވާއިރު، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ބެޗުގެ ޓެކްސީތައް އަދި ރާއްޖެއަށް ގެނެވިފައެއް ނުވޭ. މި ޚިދުމަތް ފެށޭނެ ސީދާ ތާރީޚެއް މިހާރު ސާފުނުވާއިރު، މިއީ މިދިޔަ އަހަރުން ފެށިގެން ތަކުރާރުކޮށް ތާރީޚުތައް ބަދަލުވަމުންދާ މަޝްރޫއެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 08:26
2025 ފެބްރުއަރީ 12 ވަނަ ދުވަހު ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން - ފައިލް

2025 ފެބްރުއަރީ 12 ވަނަ ދުވަހު ސަރުކާރުގެ ޓެކްސީ ޚިދުމަތް ފެށުމަށް އެމްޓީސީސީ އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރ އަމީން - ފައިލް | ސްކްރީން އިމޭޖް

ޓެކްސީ ޑްރައިވަރުންނާއި ދެކޮޅަށް ސަރުކާރުން ހިދުމަތަށް ނެރެން އުޅުނު ޓެކްސީ ފްލީޓުގެ ފުރަތަމަ ބެޗު މި މަހުގެ 11 ވަނަ ދުވަހު ގެނެސް 18 ވަނަ ދުވަހު ހިދުމަތް ފަށާނެ ކަމަށް ބުނި ނަމަވެސް ހިދުމަތް ނުފެށި މުއްދަތު ފަހަނައަޅައި ގޮސްފި އެވެ. 

މި މަހުގެ 4 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ ޓެކްސީ އިލެކްޓްރޯނިކް ނިޒާމުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް މޫދާ ވަރަށް ކައިރީގައި އޮތުމުން، ލޮނުގެ އަސަރުކުރާތީ ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިމިގެން 2 ބެޗަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ އެމް.ޓީ.ސީ.ސީ އިން ޕްލޭން ކޮށްފައި އޮތީ 2 ޤައުމެއްގައި 2 ބެޗަކަށް ތައްޔާރުކޮށްގެން ގެންނަން ކަމަށެވެ.

Advertisement - newsAdvertisement

އަދި ދެ ބެޗު ވެސް މިހާރު ނިމިގެން ރާއްޖެއަށް އައުމުގެ މަގުމަތީގައި އުޅޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ބުދަ ދުވަހު އެއް ބެޗު ސްރީލަންކާގެ ޕޯޓަށް ވަންނާނެ ކަމަށާއި، އެހެންވީމާ، ލިބިފައި ހުރި މަޢުލޫމާތުތަކަށް ބަލާއިރު، އިރާދަކުރެއްވިއްޔާ މި މަހުގެ 11 ވަނަ ދުވަހު އެއް ބެޗު ރާއްޖެ އަންނާނެ ކަމަށެވެ. އަދި މި މަހުގެ 18 ވަނަ ދުވަހު، އީދަށް ހިދުމަތް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މި އަނެއް ދެ މޮޑެލް މިހާރު އައުމުގެ މަގުމަތީގައި އަޅުގަނޑަށް ޔަޤީން އަޅުގަނޑު މިއަދު ދެން މި ތަނަށް އަންނަން މަޢުލޫމާތު ސާފުކޮށްލި އިރުގައި މާދަން ނޫން އަނެއް ދުވަހު އެއީ ހުކުރު ދުވަހު އެރައިވަލް ޑޭޓް ލިބޭނެ ދެ ވަނަ ބެޗުގަ. ފުރަތަމަ ބެޗުގެ އެރައިވަލް ޑޭޓަކީ ޓެކްސީތަކުގެ އެރައިވަލް ޑޭޓަކީ މި މަހުގެ އެގާރަ އިނގޭތޯ. އެހެންވީމަ އަޅުގަނޑު އުއްމީދުކޮށްގެން މަސައްކަތްކުރަމުން މި ގެންދަނީ. މި ޓެކްސީ ލައިނަކީ ހަމަ ޑަންލާފަ އެއްދުވަހު ފުލް ފުލެޖް އޮޕަރޭޝަނަކަށް ނެރެވޭނެ ކަންތައްތައް، އޭގެ އެޕްލިކޭޝަން ޕްރޮސެސްއަކާ ހުޅުވާލަމުން ގެންދާނީ މި ވަކި މިންގަނޑު ތެރޭގައި. އެކަމަކު ޓެކްސީލައިންގެ އިފްތިތާޙުކޮށް ލިމިޓެޑް ސަރވިސްތަކެއް ފެށުމަށް އަޅުގަނޑުމެން މަސައްކަތްކުރަނީ އިރާދަކުރެއްވިއްޔާ މި މަހުގެ 18 އަށް. އީދަށް މި ކަންތައް ފެށޭތޯ އެމް.ޓީ.ސީ.ސީ.ން މަސައްކަތްކުރަމުން ދަނީ. އެ އެމް.ޓީ.ސީ.ސީ.ން ސަރުކާރާ ގުޅިގެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މިހާރު މި އޮތް ތާވަލާ އެއްގޮތަށް މި ކަންތައް ކުރެވޭތޯ ބަލަނީ އިނގޭތޯ؟ 
  ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން - 4 މާޗް 2026  

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ 4 ވަނަ ތާރީހެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދީފައިވާ އިރު، އެ ތާރީހުތައް ފަހަނައަޅައި ވަނީ ގޮސްފަ އެވެ. ޓެކްސީ ލައިންގެ ހިދުމަތް ފެށޭނެ ތާރީހަކާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލެއް ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓެކްސީ ލައިންގެ ފުރަތަމަ ބެޗް އަދި ރާއްޖެ ނާންނަ ކަމަށެވެ. އަދި ހިދުމަތް ފަށާނެ ދުވަހަކާއި، ޓެކްސީތައް އަންނާނެ ތާރީހެއް ސާފުކޮށްލަން ޖެހޭނެ ކަމަށެވެ. 

މީގެ ކުރިން  "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104" މިނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ތެރޭގައި ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔަ އިރު ވެސް ހިދުމަތް ނުފަށަ އެވެ.

އެންމެ ފުރަތަމަ މި ހިދުމަތް ފެށުމަށް ސަރުކާރުން ދިން ތާރީހަކީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރެ އެވެ. ނަމަވެސް ސަރުކާރުން ބުނި ގޮތަށް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ވެސް ހިދުމަތް ނުފެށި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި އެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް ހިދުމަތް ފަށާފައި ނުވާ އިރު މިކަމާއި ގުޅޭ ތަފްސީލެއް ވެސް ސަރުކާރުން ނުދެ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފަ އެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޓެކްސީ ފްލީޓުޑރ. މުޙައްމަދު މުޢިއްޒުމިނިސްޓަރު މުޙައްމަދު އަމީންމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި

ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި

18 މާރިޗު 2026
އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

17 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު