Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކަމުން ކަމުން ގޮސް ކަދުރުކޮޅު ވެސް ކާލައިފި

ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާންމު ރައްޔިތުންނަށް ބެހުމުގެ ބަދަލުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި ކޮލެޖުތަކަށް ބަހާފައިވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ. އިސްލާމިކް މިނިސްޓްރީން މިކަން ކަށަވަރުކޮށްދީފައިވާއިރު، މިއީ ކުރީގެ ސަރުކާރުތަކުން އަމަލުކުރަމުން އައި އުސޫލާ ޚިލާފަށް، ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ލިބޭ 50 ޓަނުގެ ކަދުރު ޝިޕްމަންޓް އާންމު ރައްޔިތުންނަށް ބަހާނެ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 13:52
މި އަހަރު ވެސް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން އިސްލާމިކް މިނިސްޓްރީ އަށް 15 ޓަނުގެ ކަދުރު ހަދިޔާ ކުރި

މި އަހަރު ވެސް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން އިސްލާމިކް މިނިސްޓްރީ އަށް 15 ޓަނުގެ ކަދުރު ހަދިޔާ ކުރި | ރާއްޖެ އެމްވީ

މި ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދޭ، ރައްޔިތުން ދެކެ ލޯބިވާ ސަރުކާރެވެ. ރައްޔިތުންނަށް އަޅާލައި، އެންމެ ހަމަހަމަ ސަރުކާރެވެ. ވަކި ބަޔަކަށް ވަކި ގޮތެއް ނުހަދާ، ރައްޔިތުންގެ ސަރުކާރެވެ. މިއީ ދިވެހީންގެ ސަރުކާރެވެ. މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނަވާނީ އަބަދުވެސް ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވަނީ ޚުދު އެމަނިކުފާނެވެ. ނަމަވެސް މިއަދު މި ފެންނަނީ އެމަނިކުފާނު ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ރައްޔިތުންގެ އަތުން އެތައް އެއްޗެއް ގެއްލެމުންދާ މަންޒަރެވެ. ފަހަރަކު އެއްޗެއް ފަހަރަކު އެއްޗެއް ރައްޔިތުންގެ އަތުން ގެއްލެމުން ގޮސް ސައުދީ ސަރުކާރުން ދޭ ކަދުރުކޮޅު ވެސް މިއަދު ރައްޔިތުންގެ އަތުން ގެއްލިއްޖެ އެވެ. 

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބެ އެވެ. މި އަހަރު ވެސް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން އިސްލާމިކް މިނިސްޓްރީ އަށް 15 ޓަނުގެ ކަދުރު ހަދިޔާ ކުރި އެވެ. މި ކަދުރުތައް އެ ގައުމުން ރާއްޖެ އާ ހަވާލު ކުރީ މިދިއަ ފެބްރުއަރީ 23 ގަ އެވެ. 

އޭގެ ފަހުން މި މަހުގެ 15 ވަނަ ދުވަހު ސައުދީން ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށް ބަހާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިވަނީ އިއުލާނު ކޮށްފަ އެވެ. މިނިސްޓްރީ އިން ބުނީ މި ކަދުރު ބަހާފައި ވަނީ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށް ކަމަށެވެ. އޭގެ އިތުރުން ވެސް އެހެން ފަރާތްތަކަށް ބަހާފައިވާ ކަމަށް މިނިސްޓްރީ އިން ބުނި ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ. އެހެންކަމުން ކަދުރު ދީފައި ވަނީ ކޮން ތަންތަނަކަށް ކަމެއް ނޭނގެ އެވެ.

ކޮންމެ ކަމެއްގެ މައުލޫމާތު ވެސް ރައްޔިތުންނަށް ފޮރުވާ ބީދައިން ކަދުރު ބެހި ތަންތަނާއި މީހުން ފޮރުވީ އެވެ.

ސައުދީ އިން ރާއްޖެ އަށް ހަދިޔާ ކުރާ ކަދުރު އެހެން ހުރިހާ ސަރުކާރުތަކުން ވެސް އަބަދުވެސް ދެނީ އާންމު ރައްޔިތުންނަށެވެ. ކުރީގެ ސަރުކާރުތަކުގައި ކޮންމެ ގޭބިސީއަކަށް ކަދުރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައި އޮވެ އެވެ. ނަމަވެސް މިފަހަރު މި ފެންނަނީ ކުންފުނިތަކަަށް މި ކަދުރުތައް ބަހާލި އިރު އާންމު ރައްޔިތުންނަށް ކަދުރު ނުލިބޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާ މަންޒަރެވެ. 

މި ސަރުކާރަކީ ކޮންމެ ކަމެއް ވެސް ވާހަކަތަކުން ހަމަޖައްސާލަން މޮޅު ސަރުކާރެކެވެ. ރައްޔިތުންނަށް ނުލިބޭ ގޮތަށް ކަދުރު ބަހާލި މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅު ކުރުމުން ސަރުކާރުން ބުނީ 15 ޓަނުގެ ކަދުރު މުއައްސަސާތަކަށް ދިން ނަމަވެސް އިތުރު 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބޭނެ ކަމަށެވެ. އެ ކަދުރު އާންމު ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށާ އެ ޝިޕްމެންޓް ލިބުމުން މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ކަދުރު ދޭނެ ކަމަށެވެ. 

ނަމަވެސް މިއަދު މި ސަރުކާރުން ދައްކާ މިފަދަ ވާހަކަތައް ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. ކުރިއަސް ކުރާނީ އެކަން ކުރުމުންނެވެ. ރައްޔިތުން މި ސަރުކާރަށް އިތުބާރު ނުކުރަނީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. މި ސަރުކާރަކީ ކުރަން ބުނާ އެއްވެސް ކަމެއް ނުކުރާ ސަރުކާރެކެވެ. 

ކޮންމެ އަކަސް މި ސަރުކާރަކީ ކުންފުނިތަކަށް އެއްޗެހި ބަހަން މޮޅު ސަރުކާރެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް މުއިއްޒު ހާޒިރުވެ އިންނަވައި، މި ސަރުކާރުން ވަނީ 53 ކުންފުންޏަކަށް ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާގެ 206 މަޝްރޫއު ބަހާލާފަ އެވެ. އޭގެ ފަހުން ފެންމަތިވީ ސަރުކާރު ކުންފުނިތަކަށް ބިންތަކެއް ހެޔޮ އަގުގައި ދިން މައްސަލައެކެވެ. ރައްޔިތުން ބުނާ ގޮތުގައި އެ ބިންތައް ވެސް ބަހާލީ އެވެ. ބަހަމުން ބަހަމުން ގޮސް މިފަހަރު އެ ބަހާލީ ރައްޔިތުންގެ ކަދުރުކޮޅެވެ. 

ރައްޔިތުންގެ "ޓީމު" ގައި ތިބެގެން ރައްޔިތުންގެ ފައިސާކޮޅު ކައި ހުސްކޮށްފި އެވެ. ރައްޔިތުންގެ ބިންތައް ފެންފޮދަކާ ނުލާ ދިރުވާލައިފި އެވެ. ދައުލަތުގެ މިލްކިއްޔާތު ވެސް އެކީ އެކައްޗަކަށް ކާލައިފި އެވެ. ބަލަބަލައި ތިއްބާ ރައްޔިތުންގެ ކުންފުނިތަކާ، ރައްޔިތުންގެ ހައްގުތަކާއި، މިނިވަންކަމާއި، މި ގައުމުގެ އިގްތިސާދާއި، ފައިސާ ލިބެންޏާ ލިބޭހާ ސިނާއަތެއް ވެސް ކާލައިފި އެވެ. އެންމެ ފަހުން ސައުދީ އިން ހިލޭ ދިން ކަދުރު ކޮޅު ވެސް ކާލީ އެވެ. ދެން މިވަރު ވީމާ ބުނާނެ އެއްޗެއް ނެތެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއިސްލާމިކް މިނިސްޓްރީސައުދީ-ރާއްޖެއިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

އެމްއޭސީއެލް ގައި ޑޮލަރު ހުންނާތީ މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ އެތައް ގުނައެއް އަގުބޮޑުކޮށްފަ: އާޒިމް

18 މާރިޗު 2026
ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި

ސައުދީން ރާއްޖެއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ، މުއައްސަސާތަކަށް ބަހާލައިފި

18 މާރިޗު 2026
މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

މާލެސިޓީގެ 4 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ!

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

ދެ އިންތިޚާބު އެއްކޮށްލުމަކީ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބަރުލަމާނީ އިންތިޚާބެއް ލައިގެން، ނިޒާމް ގަޑުބަޑުކޮށްލުން: އަލީ ހުސެއިން

17 މާރިޗު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު