Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީރާން ހަނގުރާމަ

އެމެރިކާގެ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދޭތީ ކަންބޮޑުވާ މޭރުމަކުން ރައީސް މުޢިއްޒު ވާހަކަ ދައްކަވައިފި

ރައީސް މުޢިއްޒު ވިދާޅުވީ ހަނގުރާމައިގައި ހަމަލާ ދޭ އެއްވެސް ފަރާތަކުން ދެމުން އެ ގެންދަނީ ދީގެން ވާނެ ހަމަލާ ތަކެއް ނޫން ކަމަށް. އަދި އީރާން އިން ހަމަލާ ދޭ ނަމަ، ދޭން ޖެހޭނީ ސީދާ އިޒްރޭލް އަށް ކަމަށް ރައީސް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:17
2026 މާޗު 23 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު

2026 މާޗު 23 ވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު | ރައީސް އޮފީސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ރައްދުގައި، އެމެރިކާގެ އަސްކަރީ ބޭސް ތަކާއި، އެމްބަސީ ތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ދޭހަވާ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވާހަކަ ދައްކަވައިފި އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، ރައްދުގައި އީރާން އިން ހަމަލާ ދެމުން އަންނަނީ އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ އިތުރުން، އެމްބަސީ ތަކަށް އަމާޒުކޮށެވެ. އެގޮތުން މެދު އިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަން ތަނަށް އަމާޒުކޮށް އީރާން އިން ހަމަލާ ދެމުން އަންނައިރު، އީރާން އިން ބުނެފައި ވަނީ ހަމަލާ އަޒާމު ކުރާނީ އެމެރިކާގެ އަމާޒު ތަކަށް ކަމަށެވެ. ނަމަވެސް، އެއްވެސް ޤައުމެއްގެ އާންމު ރައްޔިތުން ދިރި އުޅޭ ތަންތަނަށް ހަމަލާ ނުދޭނެ ކަމަށް އީރާން އިން ބުނެފައިވެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވަނީ، އީރާން އިން މެދު އިރުމަތީގެ އަމާޒު ތަކަށް ދެމުން އަަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. ރައީސް މުޢިއްޒު ވިދާޅުވީ އީރާން އިން އިޒްރޭލް އަށް އަމާޒުކޮށް ހަމަލާ ދިނުމަށް އެދޭ ކަމަށާއި، އެއީ އެމަނިކުފާނު ވަރަށް އެދޭ ކަމެއް ކަމަށެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ހަނގުރާމައިގައި ހަމަލާ ދޭ އެއްވެސް ފަރާތަކުން ދެމުން އެ ގެންދަނީ ދީގެން ވާނެ ހަމަލާ ތަކެއް ނޫން ކަމަށެވެ. އަދި އީރާން އިން ހަމަލާ ދޭ ނަމަ، ދޭން ޖެހޭނީ ސީދާ އިޒްރޭލް އަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެއާ އެކު ރައީސް ވިދާޅުވީ މުސްލިމް އަދި އަރަބި ޤައުމު ތަކަށް ހަމަލާ ދިނުމުން މަރުވާނީ މުސްލިމުން ކަމަށާއި، ހަލާކު ވާނީ މުސްލިމުންގެ ތަންތަން ކަމަށެވެ. 

އެ ހަނގުރާމައިގައި ހަމަލާ ދޭ އެއްވެސް ފަރާތަކުން އެ ދެނީ ދީގެން ވާނެ ހަމަލާއެއް ނޫން. އީރާން އިން ހަމަލާ ދެންޏާ ދޭން ޖެހޭނީ، ސީދާ އިޒްރޭލް އަށް. އެއީ އަޅުގަނޑުމެން ޤަބޫލު ކުރާ ގޮތް. އިޒްރޭލް އަށް ހަމަލާ ދޭންވީ ރެޔާއި ދުވާލު. އެހެނެއް ނޫން މުސްލިމް އަރަބި ޤައުމު ތަކަށް ހަމަލާ ދިނީމަ ހަމަ މުސްލިމުން މަރުވާނީ. 
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވީ ނަމަވެސް، އީރާން އިން މެދު އިރުމަތީގެ ޤައުމު ތަކަށް އަމާޒުކޮށް ސީދާ ހަަމަލާ ދީފައި ނުވެ އެވެ. އެ ޤައުމު ތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކާއި، އެމްބަސީ ތަކަށް އަމާޒުކޮށް އީރާން އިން ދެމުން އަންނަ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި، ބައެއް ޤައުމު ތަކުގެ ސަރަހައްދު ތަކަަށް އެ ހަމަލާތަކުގެ ބައެއް އަމާޒުވެފައިވެ އެވެ. 

ތަކުރާރުކޮށް އީރާން އިން ވަނީ މެދު އިރުމަތީގައި ހުރި އެ ޤައުމުގެ އެކުވެރިންނަށް ހަމަލާ ނުދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، އެ ޤައުމު ތަކުގައި އެމެރިކާގެ އަސްކަރީ ތަންތަން ހުންނައިރު، އީރާން އިން އަތް ބަނދެގެން ނޯންނާނެ ކަމަށް އެ ޤައުމުން ބުނެފައިވެ އެވެ. 

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މެދު އިރުމަތިރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި

ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި

23 މާރިޗު 2026
އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް

އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް

23 މާރިޗު 2026
ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

23 މާރިޗު 2026
ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު

ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއެކު ރާއްޖޭގެ އިޤުތިޞާދަށް ބޮޑު ގޮންޖެހުމެއް: އަޙްމަދު މުޙައްމަދު

23 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު