Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ާމާރިޔާ އަހުމަދު ދީދީ

ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ސިޔާސީ ކަމެއްގެ ގޮތުގައި ކުރީގެ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސިފަކުރައްވައިފި. މި އިސްލާހުތަކަކީ ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ ކަންކަން ކަމުން، ޚަރަދު ކުޑަކުރުމުގެ ނަމުގައި ގާނޫނުއަސާސީއަށް ބޭނުންހާ ބަދަލެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، މިކަމާ ގުޅޭގޮތުން ނަގާ ރެފަރެންޑަމްގައި "ނޫނެކޭ" ބުނުމަށް މާރިޔާ ވަނީ އާންމު ރައްޔިތުންނަށް ގޮވާލައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 14:12
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ | ރާއްޖެއެމްވީ

މި ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް ކަމަށާ ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެމަނިކުފާނުގެ ސަރުކާރުގެ ބޭފުޅުންނަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވެސް ފެންނަނީ ސިޔާސީ ކަމެއްގެ ގޮތުގައި ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް މިއީ ސިޔާސީ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. 

ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ސިޔާސީ ކަމެއް ނޫން. މިއަދު އަޅުގަނޑު މިތަނަށް އައިސް މިއިނީ އެމްޑީޕީ ގެ މެންބަރަކަށް ވީތީ އެއް ނޫން. ނުވަތަ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރަކަށް ވީތީ އެއް ނޫން. އަޅުގަނޑު މިއިނީ ހަމަ ކޮންސަރންޑް ސިޓިޒެން އެއް އައިސް. އަޅުގަނޑުމެންގެ މުސްތަގުބަލާ އަޅުގަނޑުމެންގެ މައިންބަފައިންގެ، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު ބައްޓަން ކުރާނީ ކިހިނެއްތޯ. އެ މީހުންނަށް ލިބޭނީ ކޮން ހައްގެއްތޯ.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ރައްޔިތުންގެ ހުރިހާ ހައްގެއް ވެސް ގުޅިފަ އޮންނަނީ ގާނޫނު  އަސާސީ އާ ކަމަށާ އެއީ ސިޔާސީ ކަމެއް ނޫން ކަމަށް މާރިޔާ ތަކުރާރު ކޮށް ވިދާޅުވި އެވެ. ރައީސް މުއިއްޒު ބޭނުންހާ ވަގުތަކު ހިތަށް އެރުއްވީމާ ގާނޫނު އަސާސީ ބަދަލު ނުކުރެއްވޭނެ ކަމަށާ މިއީ ވިސްނައިގެން ކުރަން ޖެހޭ ކަންކަން ކަމަށް މާރިޔާ ވިދާޅުވި އެވެ. 

މާރިޔާ ވިދާޅުވީ ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގާނޫނު އަސާސީ ބަދަލު ކުރައްވަން ވީމަ ގެންނެވީ އިސްލާހީ އެޖެންޑާ އެއް ކަމަށެވެ. އޭގައި މުޅި ހުރިހާ ވާހަކައެއް އޮތް ކަމަށާއި، މި ސަރުކާރުން މިކަން ކުރަނީ ޕީސް ބައި ޕީސް އުސޫލުން ކަމަށެވެ. މިއީ މިކަން ހިނގައިގެން ވާނެ ގޮތް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ފެށުނީއްސުރެ ވެސް އެމްޑީޕީ އިން ދައްކަނީ އެ ވާހަކަ ކަމަށާ އެބޭފުޅުންނަށް މިއީ ސިޔާސީ ކަމެކޭ ވިސްނުނު ހިސާބުން މިކަން ގޯސް ކަމަކަށް ވެއްޖެ ކަމަށާ ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ މި ސަބަބަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވެފައިވަނީ މި ރެފަރެންޑަމް ވޯޓަކީ ވަރަށް ނުރައްކާތެރި، އަދި ބިރުވެރި ވޯޓެއް ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް މި ސަރުކާރުން އުޅެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން މުހިއްމު ކަމަަށް ރައްޔިތުންނަށް ދައްކަން އުޅޭއިރު މިއީ އަދި ފެށުން ކަމަށް ބަންޑާރަ ނައިބު ވިދާޅުވާ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ. 

މާރިޔާ ވިދާޅުވީ މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ ޚަރަދު ކުޑަކުރަން ނޫން ކަމަށެވެ. އަދި މިކަމަށް އާނ އެކޭ ރައްޔިތުން ބުނެއްޖެ ނަމަ މިއީ ގާނޫނު އަސާސީ މި ސަރުކާރުން ބޭނުން ގޮތަކަށް ބަދަލު ކުރުމަށް ކާމިޔާބު ކަމާއެކު ކުރާ ފުރަތަމަ ކަންތައް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

އެމްޑީޕީކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

21 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

20 މާރިޗު 2026
30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު