Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ޢުމުރު ބަދަލުކުރުން

ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެއް: އިބުރާ

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލަކީ ޤާނޫނީ ގޮތުން ފުށުއަރާ ކަމެއް ކަމަށް ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 11:02
ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 28 ފެބްރުއަރީ 2025

ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ރާއްޖެޓީވީ އަށް ދެއްވި ބަސްތީގަތުމުގެ ތެރެއިން - 28 ފެބްރުއަރީ 2025 | ރާއްޖެއެމްވީ

ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށް، އިންތިޚާބެއް ބޭއްވުމަށް ފަހު، އަނެއްކާވެސް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެ ކަމަށް ޤާނޫނުއަސާސީ އެކުލަވާލި އިރު ޤާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުޤައްރިރުކަން އަދާކުރެއްވި އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޤާނޫނީ ވަކީލުން މިކަމުގައި އެއްޗެއް ބުނޭތޯ މަޑުކޮށްލައިގެން ހުންނެވި ކަމަށް އިބުރާ ވަނީ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު ފެންނަ ގޮތެއް ބެލުމަށް ބާއްވާ ރެފަރެންޑަމް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަފްހޫމަށް ނުފެތޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޤާނޫނުއަސާސީއަށް ގެންނާން މިއުޅޭ ބަދަލަކީ ޤާނޫނުއަސާސީއިން ހުއްދަކުރާ ބަދަލެއްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފަ އެވެ. ރައްޔިތުންގެ ވޯޓަކަށް މި ހުށަހަޅާ ބިލް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަފްހޫމަށް ނުފެތޭ ކަމަށް އޭނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެ އެވެ.

" ޤއ ގެ 262 (ށ)ގެ 2. ގައި އޮންނަނީ: "ޤާނޫނުއަސާސޯގެ 79 ވަނަ މާއްދާގެ (ހ) (ރައްޔިތުންގެ މަޖިލިހުގެ ޢުމުރު) " މިފަދައިންނެވެ. 79 (ހ) ގައި އޮންނަނީ: "ރައްޔިތުންގެ މަޖިލިހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު، ފުރަތަމަ ޖަލްސާކުރާ ތާރީޚުން ފެށިގެން 5 އަހަރު ދުވަހެވެ....." މިފަދައިންނެވެ." އިބްރާ ކުރެއްވި ޕޯސްޓުގައި ވެ އެވެ.

އެހެންކަމުން، 262 ގެ ދަށުން ބަދަލުކުރެވޭނީ މަޖިލިހުގެ ޢުމުރު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ޢުމުރު 5 އަހަރުން އެހެން ޢަދަދަކަށް ބަދަލުކުރާނަމަ، ބަދަލު ކުރުމަށް ފަހު ދެން އޮންނާނީ އެގޮތަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ރައްޔިތުންގެ ޢާންމު ވޯޓަކަށް ހުށަހަޅާން ޖެހޭނީ އެންމެ ސުވާލެއް ކަމަށާއި އޮންނާންޖެހޭނީ އެންމެ ޖަވާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" މިހާރު މިހުށަހަޅާ ސުވާލުގައި އެއަހަނީ ކީކޭ ހެއްޔެވެ؟ މަޖިލިހުގެ ޢުމުރަކީ 4 އަހަރާ ބައި ހެއްޔެވެ؟ ނުވަތަ 5 އަހަރު ހެއްޔެވެ. ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށްފައި، އަނެއްކާވެސް  އިންތިޚާބެއްބާއްވައި، އަނެއްކާވެސް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެކެވެ." އިބުރާ ވަނީ މިފަދައިން ވިދާޅުވެފަ އެވެ.

މިނޫން ގޮތަކަށް މި އިޞްލާޙު މާނަކުރެވޭނެގޮތެއް ފުންނާބު އުސް ވަކީލަކު ވިދާޅުވެދެއްވުމަށް ވެސް އޭނާ އެދިލެއްވި އެވެ.

އިބްރާހީމް އިސްމާޢީލް ޢަލީރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

16 މާރިޗު 2026
 "އިންތިޚާބު އެއްކޮށްލުމާއި މެދު ނަގާ ރެފަރެންޑަމް އަކީ ދިވެހިންގެ ހުރިހާ ތަރައްޤީ އެއް ޖަހައިގަންނަން ހިންގާ ޖަރީމާ އެއް"

"އިންތިޚާބު އެއްކޮށްލުމާއި މެދު ނަގާ ރެފަރެންޑަމް އަކީ ދިވެހިންގެ ހުރިހާ ތަރައްޤީ އެއް ޖަހައިގަންނަން ހިންގާ ޖަރީމާ އެއް"

15 މާރިޗު 2026
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

ރެފަރެންޑަމް ގައި ނޫނެކޭ ބުނަން ޖެހެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ސަރުކާރުން އޮޅުވާލަން އުޅޭތީ، އެ ފައިސާ ޚަރަދު ކުރާނީ ރަސްމާލެ އަށް: ޝަމްހީދު

15 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

14 މާރިޗު 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު