Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މައުމޫން އަބްދުލްގައްޔޫމް

ޝައިހް ސަމީރަށް ރައީސް މައުމޫނުގެ ރައްދު: ސުންނީ، ޝީޢާ، ސަލަފީ، ވިދާޅުނުވޭ، އެއީ ބައިބައިކުރަން އަދުއްވުން ކިޔާހާ އެއްޗެހި

އީރާނުގެ ލީޑަރުންނަކީ މުސްލިމުން ނޫން ކަމަށް ދޭހަވާ ގޮތަށް ޝައިޚް އަޙްމަދު ސަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެން، މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދޭ ފަދަ ލޭބަލްތައް ބޭނުންނުކުރުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައި. ސުންނީ، ޝީޢާ ނުވަތަ ސަލަފީއޭ ކިޔައިގެން މުސްލިމުން ބައިބައިކުރުމަކީ ދީނުގެ ދުޝްމަނުން ކުރާ ކަމެއް ކަމަށާއި، އެންމެންނަކީ ވެސް މުސްލިމުން ކަމަށް މައުމޫން ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 02:07
އީރާނުގެ ކުރީގެ ރޫހީ ލީޑަރު ހާމަނާއީ (ފ) ކުރީގެ ރައީސް މައުމޫން (ކ) އަދި ޝައިހް ސަމީރު (ވ)

އީރާނުގެ ކުރީގެ ރޫހީ ލީޑަރު ހާމަނާއީ (ފ) ކުރީގެ ރައީސް މައުމޫން (ކ) އަދި ޝައިހް ސަމީރު (ވ) | ރާއްޖެ އެމްވީ

އިރާނުގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަކީ މުސްލިމެއް ނޫން ކަމަށް ދޭހަވާ ގޮތަށް ޝައިހް އަހުމަދު ސަމީރު ދެއްކެވި ވާހަކައަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ. 

ކުރީގެ ރައީސް މައުމޫން މިފަދަ ރައްދެއް ދެއްވާފައިވަނީ ހާމަނާއީއާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ސޯޝަލް މީޑިއާގައި ވައިގައި ހިފާލާފައިވަނިކޮށެވެ. ސަލަފު ޖަމިއްޔާގައި ހިމެނޭ ސަމީރު ވިދާޅުވެފައިވަނީ އީރާނުގެ ދީނީ މުރުޝިދު ޚުމައިނީއާއި ޚާމަނައީގެ ފޮތްތަކުގައި ޞަރީޙަކޮށް ލިޔެ ފާޅުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުން އަޅުގަނޑަށް އެނގި ކަށަވަރުވީ އެ ދެމީހުންނަކީ ވެސް މާތް الله ރުއްސުންލެއްވި އުންމުލް މުއުމިނީނަ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި، އަބޫބަކުރުގެ ފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި އެނޫންވެސް ޞަޙާބީންނަށް މަކަރާއި ޙީލަތާއި، ޚިޔާނާތް ނިސްބަތް ކުރުމާއި، އެބޭކަލުންނަކީ ފުރަތަމަ އިސްލާމްކަން އިޢުލާނުކުރި ދުވަހުން ފެށިގެންވެސް ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމް ދީން އިޢުލާނުކޮށްގެން ތިބި ޙީލަތްތެެރި ބައެއްކަމަށެވެ. 

އަދި ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މުރާދު ވެސް އެމީހުންގެ ހަވާނަފުސުގެ އެދުންތަކަށް ބަދަލު ކުރި ބައެއް ކަމާއި، އަދި ޤުރްއާން ބަދަލުކުރަން ވެސް ފަސްނުޖެހޭވަރުގެ އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ޤަބޫކުރުން ފަދަ، ޞަޙާބީންނަށް ބަދުބަސް ބުނާ ޝީޢީ މަޒުހަބުގެ ބާޠިލު ޢަޤީދާގައި ދެމިތިބި ދެމީހުން ކަމެވެ. މިދެމީހުންގެ ފޮތްތަކުގައި މި ވާހަކަތައް ހުރީ އެހެން މާނައެއް ދޭހަކުރެވޭ ވަރަށް ވުރެ މާ ޞަރީޙަކަން ބޮޑުކޮށް ކަމަށެވެ. އެހެންކަމުން އީރާނުގެ ޙަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަޞްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމެވެ.

މި ވާހަކަތަކާއި ގުޅިގެ ސޯޝަލް މީޑިއާގައި ދެބަސްވުންތައް އުފެދިފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅުނުވާށެވެ. އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ. 

ރައީސް މައުމޫނުގެ މި ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސަމީރުގެ ވާހަކަތަކަށް ފާޑު ވިދާޅުވެފަ އެވެ. 

ޝައިހް އަހުމަދު ސަމީރުޔާމީން ޢަބްދުލް ޤައްޔޫމްއީރާންސަލަފު ޖަމިއްޔާޝީޢާ-ސުންނީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

23 މާރިޗު 2026
އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

23 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ނުދޭ ކަމަށް އީރާން އިން ބުނެފި

22 މާރިޗު 2026
ހަނގުރާމަ ރާއްޖެ އާ ގާތައް، އެމެރިކާގެ ބޮން އަޅާ ބޯޓުފަހަރު ސްޓޭޝަން ކޮށްފައިވާ ޑިއޭގޯ ގާސިއާ އީރާނަށް ހަމަލާ ދިނުމަށް ބޭނުން ކުރުމުގެ ހުއްދަ ދިނުމަކީ ހަނގުރާމައިގައި ބައިވެރިވުން ކަމަށް އެ ގައުމުން ބުނެފި

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު