Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ވެރިކަން ހުއްޓުވުން

އެމްޑީޕީ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން"

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ގިނަ ދުވަހު ވެރިކަމުގައި ދެމިތިބުމަށް ކުރާ ކަމެއް ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި. އިންތިޚާބުތައް މަދުވުމުން ސަރުކާރު، ރައްޔިތުންނަށް ޖަވާބުދާރީވުން ހުއްޓި، އާންމުންގެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެމްޑީޕީ އިން ފާހަގަކުރޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 14 މާރިޗު 2026 | ހޮނިހިރު 17:40
މާޒް އަހުމަދު ސަލީމް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ

މާޒް އަހުމަދު ސަލީމް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ދެ އިންތިޚާބު އެއްކޮށްލައިގެން ބޭނުންވަނީ 20-25 އަހަރަށް ވެރިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ހުރެވޭނެ ގޮތެއް ހޯދަން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

އޭނާ ވިދާޅުވީ އިންތިޚާބުތައް އެއްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ފަހު ވީހާވެސް ގިނަ ދުވަހު ވެރިކަމުގައި ހުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.  އޭނާ ވަނީ މިހާރު ވެސް އިންތިޚާބުތައް އެއް ނުކޮށް އޮތްއިރު މައި ސަރުކާރުގެ ބާރު އިންތިހާ އަށް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ބާރުތައް އެއްކޮށްލުމުން އާއްމުންގެ ހައްގުތައް ނިގުޅައިގަންނަން އަމުދުން ސަރުކާރުން ފަސް ނުޖެހޭނެކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. މާޒް ސަލީމް ވިދާޅުވީ  އިންތިޚާބެއް ނެތިއްޔާ އަދި އަމުދުން ރައްޔިތުން ކައިރިއަށް ސަރުކާރުން ނުދާނެ ކަމަށެވެ. އިންތިޚާބުތައް އޮތީމަ ރައްޔިތުންނަށް ޖަވާބުދާރީވާން މަޖުބޫރުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ހައްތަހާ ވެސް އޮޅުވާލުމުގެ ތެރެއިން ކުރަމުންދާ ކަންކަން މިކަންކަމަށް ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑުމެން އެބަ ޖެހޭ މި ރެފަރެންޑަމްގައި ބޮޑުތަނުން ނޫނެކޭ ބުނަން" އޭނާ ވިދާޅުވި އެވެ. 

މާޒް ސަލީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ ރައީސް މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ ރަށްރަށަށް ގޮސް މީހުންނާއި ބައްދަލުކުރަން ބޭނުން ނުވާ ވާހަކަ ކަމަށެވެ.  އެހެންވީމާ، އިންތިޚާބެއް ނެތިއްޔާ އަދި އަމުދުން އާއްމުންގެ އަޑު ނާހާނެކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއަހުމަދު ސަލީމްމާޒް ސަލީމްއެމްޑީޕީއިކްރާމް ހަސަންރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

14 މާރިޗު 2026

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

14 މާރިޗު 2026
ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި
14 މާރިޗު 2026

ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް

14 މާރިޗު 2026
ރައީސް މުއިއްޒުގެ މެނިފެސްޓޯގެ 5 އިންސައްތަ ވެސް ފުއްދައިދެވިފައި ނެތް: ލޫކަސް
14 މާރިޗު 2026

”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު

14 މާރިޗު 2026
”މިފަހަރު އިންޑިއާ އައުޓް ގެ ބައެއް ނެތް، މިފަހަރު އޮތީ އިންޑިއާ އޮއިލް ޕްލީސް“: އަބްދުﷲ ޝާހިދު
14 މާރިޗު 2026

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ
14 މާރިޗު 2026

މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ

14 މާރިޗު 2026
މިސަރުކާރުން ދަނީ ރިފަރަންޑަމް ވޯޓު ކާމިޔާބު ކުރުމަށް މަރުފަލި ޖަހަމުން: ރާއީ
14 މާރިޗު 2026

ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު

14 މާރިޗު 2026
ސަރުކާރަށް ރިފަރެންޑަމް ކާމިޔާބު ވެއްޖެނަމަ އިންތިޚާބު ކުރާ މަގާމުތަކަކީ މުއްދަތު ކަނޑައެޅިފައި އޮންނަ މަގާމުތަކަކަށް ނުވާނެ: މެންބަރު ޝަމްހީދު
14 މާރިޗު 2026

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

14 މާރިޗު 2026
ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު
13 މާރިޗު 2026

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

13 މާރިޗު 2026
އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު
13 މާރިޗު 2026

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."
13 މާރިޗު 2026

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު