Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒަށްވެސް ސަރުކާރަކަށް ނުކެރުނު. ސްޓޭޓް މިނިސްޓަރ ސިއްދީގު ކުރުދޮށިން އެމެރިކާއަށް.

އީރާނާއި އިސްރާއީލުގެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއަށް ފާޑުވިދާޅުވުމަށް ރައީސް މުއިއްޒު ފަސްޖެހިވަޑައިގެންފައި ވަނިކޮށް، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސިއްދީގު ވަނީ އެމެރިކާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމެރިކާގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް ސިއްދީގު ކުރެއްވި މި ޕޯސްޓްތަކުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެތީ ސިޔާސީ މަސްރަޙު ވަނީ ހޫނުވެފައެވެ. އެހެންކަމުން، މިކަމާ ގުޅިގެން ސަރުކާރުން ސިއްދީގަށް ފިޔަވަޅު އަޅާފާނެ ކަމަށް ބެލެވޭ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 11:06
މަގޭ ރިޕޯޓު

މަގޭ ރިޕޯޓު | ރާއްޖެ އެމްވީ

އެމަރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުއިއްޒު ނޫސްވެރިންނާ ކުރިމަތިލެއްވީ ވަރަށް ގަޓްގައި ހުންނެވިކަން ދެއްކެވުމަށެވެ. އެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ވެސް މުއިއްޒުގެ ގޮތުގައި ވަރަށް ގަޓް ހުރިކަން ދެއްކެވިއެވެ. އެކަމަކު އެ ޕްރެސް ކޮންފަރެންސުގެ ތެރެއިންވެސް އަދި އޭގެ ފަހުން މިއަދާ ހަމައަށްވެސް އެސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވިއެވެ. އެ ގަޓްކަމެއް ނުފެނުނެވެ.

ނޫސްވެރިޔާ ސުވާލު ކުރީ ޚާމަނާއީ އަވަހާރަ ކޮށްލުމާއި އީރާނަށްދޭ ހަމަލާތައް ކުށްވެރިކުރަން ކެރިވަޑައިގަންނަވާނެތޯއެވެ. ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި މުއިއްޒު ވިދާޅުވީ ކެރިވަޑައި ނުގަންނަވަންވީ ކީއްވެތޯ ކަމަށެވެ. އެކަމަކު ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެންމެ ފަހަރަކު ވެސް ކުށްވެރި ކުރަމެކޭ މުއިިއްޒު ވިދާޅެއް ނުވިއެވެ. އަދި އަދަށް ވެސް އެހެން ވިދާޅެއް ނުވިއެވެ. ނޫސްވެރިޔާ އިތުރަށް އެހެން ފެށުމުން "ތިޔަ ސުވާލަށް ޖަވާބު ދެވިއްޖެ ކަމަށް ވިދާޅުވެ" މުއިއްޒުގެ ގަޓުގޮތުގައި އެކަން ހުއްޓުވާލެއްވީއެވެ.

އޭގެ ފަހުން ފޮރިން މިނިސްޓރީން ނެރުނު ބަޔާނުގައިވެސް އެހަނގުރާމައާމެދު ކަންބޮޑުވާކަމަށް ބުނެފައިވާއިރު އެހަނގުރާމައިގެ އަސްލު ކަމުގައިވާ އެމެރިކާގެ ނަންވެސް ގެންނާކަށް ނުކެރުނެވެ.

މުއިއްޒަށްވެސް އަދި ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފޮރިން މިނިސްޓްރީންވެސް ކުރަން ނުކެރުނު ކަންތައް ކުރެއްވީ ސްޓޭޓް މިނިސްޓަރެކެވެ. އެކަމަކު ސަރުކާރުގެ ނަމުގައެއް ނޫނެވެ. ހޯމްލޭންޑް ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ އަހުމަދު ސިއްދީގު އޭނާގެ އަމިއްލަ ނަމުގައެވެ.

މީގެ ކުރިންވެސް މި ހަނގުރާމަޔާ ގުޅިގެން އެމެރިކާއަށް ފާޑު ވިދާޅުވި ސިއްދީގު މިފަހަރު ފާޑު ވިދާޅުވީ ނިކަން ހަރުކޮށެވެ. މުޅި ދުނިޔެއަށް ފެންނާނޭހެން ސިއްދީގު އެކްސްގައި ކުރެއްވި ޕޯސްޓްގައި އެމެރިކާއަށް ވަނީ ވަށިވަށިން ދެއްވާފައެވެ. މުސްކުޅިން ބުނާހެން ރަތްމަހަކަށް ނުގޮވާވަރަށް ސިއްދީގު ވަނީ އެމެރިކާއަށް ރައްދުވާގޮތައް ފާޑު ވިދާޅުވެފައެވެ. މުއިއްޒަށް ކެރިވަޑައި ނުގަތަސް ސީދާ އެމެރިކާގެ ނަން ވިދާޅުވެފައެވެ. ހަމަ އެހެންމެ އީރާނަށް ތާއީދުވެސް ކުރާ މޭރުމަކުންނެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިއްދީޤު ވަނީ އަރަބި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން އެމެރިކާގެ އަތްދަށުވެ ފިތުމަކީ އިސްލާމީ އުއްމަތަށް ލިބޭ ވަރަށްބޮޑު ނިކަމެތިކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އެކަމާ ކަންބޮޑުވަނީ ހަމައެކަނި މުސްލިމުންނެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ސުލްޙަ ދެމިއޮތުމާމެދު ވިސްނާ ކޮންމެ މީހެއްގެވެސް ކަންބޮޑުވުމެއް ކަމަށެވެ.

ސިއްދީޤު ވިދާޅުވީ، އީރާނުން ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯގާސިއާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނަމުންދާ ބުނުމުގެ އަސާސެއް އޮތްކަމަށްވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން އެ ޚަބަރަށް ބަލާއިރު، އެއީ އީރާނަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތައް އެމެރިކާއާއި ބައިއަތު ހިފުވައި، ހަގުރާމައިގެ ތެރެއަށް އެހެން ގައުމުތައް ވެއްދުމަށް ހިންގާ ޕްރޮޕަގެންޑާއަކާ ވައްތަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްދީޤު ފާހަގަ ކުރެއްވި ގޮތުގައި އީރާނަކީ އެމީހުން ހަމަލާ ދިނުމުގެ ކުރިން އިންޒާރު ދީފައި ހަމަލާދޭ ގައުމެކެވެ. އަދި އީރާނުން ހަމަލާދެނީ އަދިވެސް ބައިނަލް އަޤްވާމީ މިންގަނޑު ގެ ތެރެއިންކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެމެރިކާ އާއި އިޒުރޭލުން އީރާނަށް ހަމަލާދެނީ ހުރިހާ ގާނޫން ތަކާ ޚިލާފަށް ކަމަށް ވިދާޅުވެ، އެއީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ވިދާޅުވެފައެވެ.

ވަރަށް ސާފެވެ. ސިއްދީގު ފާޑު އެ ވިދާޅުވީ މުއިއްޒާއި ދިވެހި ސަރުކާރުން ބިރުން އެއްޗެއް ވިދާޅު ނުވެ އޮތް އެމެރިކާއަށެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށްދޭ ހަމަލާތަކަކީ ބައިނަލް އަގްވާމީ ގާނޫންތަކާ ޚިލާފަށްދޭ ޣައިރު ގާނޫނީ ހަމަލާތަކެއް ކަމަށެވެ. ސީދާ މުތުލަގަށް ސާފު ސަރީހަ ބަހުން އެވިދާޅުވީ އެއީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށެވެ.

ސިއްދީގު އެވަރުން ނިންމަވާލެއްވީ އެއްވެސް ނޫނެވެ. ސަރުކާރުން ބިރުން އުޅޭ ބައެއް އަރަބި ގައުމުތަކަށް ވެސް އެވަނީ ފާޑު ވިދާލުވެފައެވެ. ކަން އޮތްގޮތް ސާފުކޮށް އެވިދާޅުވެ ދެއްވީ ކަންބޮޑުވުމާއެކުގައެވެ. އެގޮތުން އަރަބި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން އެމެރިކާގެ އަތްދަށުވެ ފިތުމަކީ އިސްލާމީ އުއްމަތަށް ލިބޭ ވަރަށްބޮޑު ނިކަމެތިކަމެއްކަމަށް ސިއްދީގު ވިދާޅުވިއެވެ.

މީގެ އިތުރުން ސީދާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމަޕަށްވެސް ސިއްދީގުވަނީ ފާޑު ވިދާޅުވެފައެވެ.

ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއެއް ހިއްސާކުރައްވައި ސިއްދީޤު ވަނީ މީހުން ވަގަށްނަގާ މީހުންނާއި، ފޭރޭ މީހުންނާއި، ގޭންގުތަކަށް ޚަރަދުކުރާ މީހުންނާއި، ޓެރަރިސްޓުންނާއި ، ޤަތުލުޢާއްމު ހިންގާ މުޖުރިމުންނާއި، ކުޑަކުދިންނާ ޖިންސީގުޅުން ހިންގާ މީހުންނާއި، ގައުމުތައް އަޅުވެތި ކުރާ މީހުން ދުނިޔޭގެ އެހެން ގައުމުތަކަށް ބަސްބުނަން ތިބޭނަމަ، ބައިނަލްއަޤްވާމީ ގާނޫނެއް ބޭނުމެއް ނުވާނެކަން އެންމެނަށް އިނގޭނެކަމަށް ވިދާޅުވެފައެވެ.

ސިއްދީޤު އިތުރަށް ވިދާޅުވީ، އެމެރިކާއިން ދުނިޔޭގައި ހިންގާ ގޮށްމުށުގެ ބާރާއި ދެކޮޅަށް ތެދުވެ ބަސްބުނުމަކީ ކޮންމެ މީހަކުމެ ކުރަން ޖެހޭކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ގައުމުތަކުގެ ވެރިން މެރުމަކީ އެމެރިކާއަށް "ފަތްލިޔެދީފަ އޮތް ކަމެއް ހެން" ހީވާ ކަމަށެވެ.

ސިއްދީޤު ސިފަ ކުރެއްވި ގޮތުގައި ދިރިހުރުމަކީ އެމެރިކާއާ ދެކޮޅު މީހަކަށް ލިބިގެންވާ ޙައްޤެއްނޫން ކަމަށްވެސް އެމީހުން ދެކެއެވެ.

އަދި މިސަރުކާރު ގެންނަން މަސައްކަތް ކުރި އަދި މިހާރުވެސް ސަރުކާރަށް ތާއީދުކުރާ ބައެއް ޝެއިޚުން އީރާނަކީ މުސްލިމް ގައުމެއް ނޫންކަމަށް ބުނަމުންދާ ދިއުމަށް ރައްދު ދެއްވައި ސިއްދީޤު ވިދާޅުވީ، އީރާނުގެ ސަރުކާރަކީ މުސްލިމު ސަރުކާރެއް ކަމަށާއި، އެއީ އަނިޔާ ލިބެމުންދާ މުސްލިމުން ކަމަށެވެ.

މީހަކަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ރައްދުކޮށް ބަސްބުނެވޭނީ މިހާވަރަށެވެ. މިހާތަނަށް އާއްމު މީހަކުވެސް މިހާ ސަރީހަކޮށް އެމެރިކާއަށާއި ޓްރަމްޕަށް އަދި ނަތަންޔާހޫއަށާއި އަރަބި ބައެއް ގައުމުތަކަކަށް ފާޑެއް ނުކިޔައެވެ.

ދިރާސާ ވެރިން ބުނާ ގޮތުގައި ސިއްދީގު މި ވިދާޅުވި ވާހަކަތަކަށް ބަލާއިރު ދެކަމެއް ފާހަގަ ކުރެވެއެވެ. އެއްކަމަކީ އޭނާގެ އަމިއްލަ ރައުޔެވެ. އޭނާ ދެކޭ ގޮތެވެ. އޭނާގެ ޖަޒްބާތު ތަކެވެ.

އަނެއް ގޮތަކީ ސީދާ މުއިއްޒާއި ސަރުކާރުން ބާރު ދީގެން މުއިއްޒަށް ކުރައްވަން ކެރިވަޑައިނުގަތް ކަންކަން ސިއްދީގު ލައްވައި ކުރެއްވީއެވެ. އެގޮތުން ސިއްދީގަކީ މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރެކެވެ. އެމަގާމުގައި ހުންނަވައިގެން ވިދާޅުވާ އެއްޗެއްގެ ބުރަދަނެއް އަދި ހުރި މަގާމު ދެއްވި ސަރުކާރުގެ އެއްޗެއް ކަމުގައި ބެލެވޭނެއެވެ. އެހެން ނޫންނަމަ އެފަދަ އެއްޗެއް ވިދާޅުވާކަށް ސްޓޭޓް މިނިސްޓަރަކަށް ކެރިވަޑައެއް ނުގަންނަވާނެވެ. އަމިއްލަ މިނިސްޓރީގެ ކަންކަމާއި އެމިނިސްޓްރީއަކުން ކުރާ ކަންކަމުގެ ޕްރޮމޯޝަނަށްވެސް ބަހެއް ބުނުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ލިބިގެން ނޫނީ ނުކުރެވެއެވެ.

ކޮންމެއަކަސް ދިރާސާ ވެރިން ބުނާ ގޮތުގައި އެމެރިކާއިން މިކަމާ ވަރަށް ނުރުހޭނެއެވެ. އެހަނގުރާމައާ ދެކޮޅު ނޫސްތަކާއި ދެކެވޭ ވާހަކަތައް ވަގުތުން ވަގުތައް ބަލަމުންދާ އެމެރިކާއަށް މިކަންވާނީ ވަރަށް ބޮޑު ކަމަކަށެވެ. މިކަމާމެދު ނުވިސްނާ ދޫކޮށެއް ނުލާނެއެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސަކަށް މިކަން ތަހައްމަލްއެއް ނުކުރެވޭނެއެވެ. ހަޖަމެއް ނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން މިކަން ސަހަލު ގޮތަކަށް ނިމިގެނެއް ނުދާނެއެވެ. އަމުދުން މިކަން މިކުރީ އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ބަޑައިގެން އުޅުއްވަނިކޮށްނެވެ. 

އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ މީޑިއާ ނޯޓެއްގައި ބުނެފައިވާ ގޮތުގައި މި މަހުގެ 19 އިން 24 އަށް ސާޖިއޯ ރާއްޖެ އާއި ލަންކާއަށް ދަތުރު ކުރައްވާނެ އެވެ. މިއީ އިންޑިއާ ކަނޑުގައި އޮތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރެއް ކަމިގައެވެ.

މި ދަތުރުގައި، ހާއްސަ މަންދޫބު ގޯ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި މި ބައްދަލުވުންތަކުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަލާމަތީ ކަންކަމުގައި އޮތް އެއްބާރުލުން ވަރުގަދަކުރުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

ކޮންމެއަކަސް މިއީކީ އާދައިގެ ކަމެއް ނޫނެވެ. ދިރާސާ ވެރިން އަދި ސިޔާސީ ބޭފުޅުންނާއި ޚާރިޖީ ކަންކަމުގައި އުޅުއްވާ ބޭފުޅުން ވިދާލުވާ ގޮތުގައި މިކަމުން ދެކަމެއް ފެނިގެން ހިނގައިދަނެއެވެ. އެއްކަމަކީ އެމެރިކާއިން ރާއްޖެއާމެދު އެހެންގޮތަކަށް ދެކި ހަރުކަށި ފިޔަވަޅުތަކެއް އެޅުމެވެ. މުއިއްޒަށާއި ސަރުކާރަށް އެމެރިކާއާއި އެމެރިކާއާއެކު އޮތް އަރަބި ގައުމުތަކުގެ ފިއްތުންތަކެއް ކުރިމަތިވުމެވެ.

އަނެއް ކަމަކީ ސިއްދީގަށް މުއިއްޒާއި ސަރުކާރުން ފިޔަވަޅު އެޅުމެވެ. ސިއްދީގުގެ އެވާހަކަތައް އަނބުރާ ނެގުން ނުވަތަ ސިއްދީގު ވަޒީފާއިން ވަކިކުރުމެވެ. އަދި ސިއްދީގުގެ ވާހަކަ ތަކަކީ ސަރުކާރުގެ ބަސް ނޫންކަން ދައްކަން ވަރުގަދަ ބަޔާނެއް އެމެރިކާއާ އެއްކޮޅަށް ސަރުކާރުން ނެރުމަކީވެސް ވެދާނެ ކަމެކެވެ. ބަލަން ތިބެމާ ބަހީއެވެ. ގޮތް ނިންމާނީ އެވެރިންނެވެ.

އެމެރިކާ-އީރާންޑރ. މުއިއްޒުޚާމަނާއީއަހުމަދު ސިއްދީގުޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026
އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ

އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ

19 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު