Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުﷲ ޝާހިދު

ޝާހިދުގެ އިލްތިމާސް: ރާއްޖެ މިހާރު އޮތް ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވާ!

17 މާރިޗު 2026 | އަންގާރަ 10:03

ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވައި، ކަންކަން ސިއްރު ނުކޮށް ރައްޔިތުންނަށް ތެދު މައުލޫމާތު ހާމަކުރުމަށް ޝާހިދު ގޮވާލެއްވި. މީގެ އިތުރުން ސިޔާސީ މަންފާއަށްޓަކައި ވަޒީފާތައް ބެހުން ހުއްޓާލައި، ކަމާގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމަށް ވެސް އޭނާ އިލްތިމާސްކުރެއްވި.

އަލީ ޝާހީން
އަލީ ޝާހީން | 17 މާރިޗު 2026 | އަންގާރަ 10:03
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތ ކިނބިދޫގައި ވާހަކަފުޅުދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތ ކިނބިދޫގައި ވާހަކަފުޅުދައްކަވަނީ | ރާއްޖެ އެމްވީ

މިވަގުތު ރާއްޖެ އޮތް ހާލަތަކީ ކަންބޮޑުވާ ހާލަތެއްކަމަށާއި ރާއްޖޭގެ ހާލަތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރައީސް މުޢިއްޒަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީ އިން ރަށްރަށަށް ކުރަމުންދާ ކެމްޕޭނު ދަތުރުގެ ތެރެއިން ތ. ކިނބިދޫ އަށް ވަޑައިގެން އެރަށުގެ ކެނޑިޑޭޓުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ، މިރާއްޖޭގައި އަސާސީ އެއްވެސް ހިދުމަތެއް ނުލިބޭ ކަމަށާއި ބޭސްކޮޅެއް ނުލިބޭތަނުގައި ތެޔޮކޮޅެއް ވެސް ނުލިބޭ ކަމަށެވެ. މިފަދަ ހާލަތެއްގައި ރާއްޖެ އޮތް އިރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު އެންމެ ކުޑަމިނުން މިހާރު އޮތް ހާލަތު ހާމަކުރަން ވެސް މިސަރުކާރުން ދެކޮޅުހަދަމުންދާކަން ޝާހިދު ފާހަގަކުރެއްވި އެވެ. 

Advertisement - newsAdvertisement

އޭގެ އިތުރުން ޝާހިދު ވިދާޅުވީ އަވައްޓެރި ގައުމުތަކުން މި ހާލަތުގައި ހަރަދުކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އެގޮތުން މެލޭޝިއާގައި އީދު ކުޅިވަރުތައް ކެންސަލް ކޮށްފި ކަމަށާއި، ލަންކާގައި ކޮންމެ ބުދަ ދުވަހަކީ ސުކޫލުތަކާއި ސަރުކާރުގެ އޮފީސްތައް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނަޑައަޅައިފިކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެގައުމުތަކުން އެފިޔަވަޅުތައް އަޅާފައި ވަނީ ހަރަދުކުޑަކޮށް މުސްތަގުބަލަށް ވިސްނާފައި ކަމަށެވެ. ނަމަވެސް އެއާއި ހިލާފަށް ދިވެހި ރާއްޖެ އިން އެކަހަލަ އެއްވެސް ފިޔަވަޅެއް ވެސް އަޅާފައިނުވާތީ ޝާހިދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

 ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ތިމަންމަނިކުފާނު ކޮމެޓިއެއް އެކުލަވާލައްވައިފީމޭ. އެކޮމެޓީ އިން އެބަޖެހޭ ރާއްޖޭގެ ޓުވަރިޒަމް އިންޑަސްޓްރީގެ ބޮޑެތި ފަރާތްތަކާއި އިންވެސްޓަރުންނާއި ގެސްޓްހައުސް ހިންގާ މީހުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މިއަދުގެ އިހުސާސްތައް އެބޭފުޅުން ތަޖުރިބާ ކުރައްވަމުން ގެންދަވާ ކުރެއްވުންތައް އަޑުއައްސަވަން. ވަކިވެގަނެގެން ވަކިން ތިމަންނަމެންނައް މާމޮޅަށް އެނގޭނޭ ވިދާޅުވެގެން ކަންތައްތައް ކުރެއްވޭ ވަރުގެ ބޭފުޅުންނެއް ނޫން ސަރުކާރުގައި ތިއްބެވީކި.
އަބްދުﷲ ޝާހިދު

 މިސަރުކާރުގެ ނާގާބިލު ސިޔާސަތުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ހަނގުރާމައިގެ ބޮޑު ވިލާގަނޑެއް ކުރިމަތިވީމާ އެބޭފުޅުންނާ މަޝްވަރާކޮށް ހަގީގަތް ހާމަކުރަންޖެހޭ ކަމަށެވެ. އަދި ކަންކަން ސިއްރުކޮށްގެން އޭގެ ގެއްލުންވާނީ މުޅި ދިވެހިރާއްޖެއަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ މިހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ތެދު މާއުލޫމާތު ފޯރުކޮށްދީ އެޅެން ހުރި ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅާކާ ދިމާކޮށް ސިޔާސީ މަންފާއެއް ހޯދުމަށް އެތައް ވަޒީފތަކެއް ބަހާ ބެހުން ހުއްޓާލުމަށް ވެސް ޝާހިދު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަބްދުﷲ ޝާހިދުޑރ. މުއިއްޒުއެމްޑީޕީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 މާރިޗު 2026

ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

17 މާރިޗު 2026
ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ
17 މާރިޗު 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް

17 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް
16 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

16 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ
16 މާރިޗު 2026

ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި

16 މާރިޗު 2026
ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި
16 މާރިޗު 2026

އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި

16 މާރިޗު 2026
އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި
16 މާރިޗު 2026

ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ

16 މާރިޗު 2026
ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ
16 މާރިޗު 2026

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

16 މާރިޗު 2026
ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި
16 މާރިޗު 2026

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!
16 މާރިޗު 2026

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

16 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ
16 މާރިޗު 2026

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

16 މާރިޗު 2026
ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް