Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕްރެސް

ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

ތެލުގެ އަގުބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ލުއިދިނުމަށް ބަޖެޓުގައިވާ ކޮންޓިންޖެންސީ ފައިސާ ބޭނުންކުރުމުގެ ބަދަލުގައި، ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ ތުހުމަތުކުރައްވައިފި. ސިޔާސީ މަގާމުތައް އިތުރުކުރުމާއި ބޭކާރު ޚަރަދުތައް ކުރުން ހުއްޓާލައިފިނަމަ ތެލުގެ އަގު ހެޔޮކުރެވޭނެ ކަމަށާއި، މިހާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވަމުންދާކަން އޭނާ ފާހަގަކުރެއްވި. އަދި ގައުމުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު، ސަރުކާރުގެ މިސްރާބު ހުރީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ކަމަށްވެސް ޣަފޫރު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 04:23
އެމްޑީޕީގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ.

އެމްޑީޕީގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ. | އެމްޑީޕީ ސެކްރިޓޭރިއެޓް

ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓުން ހަރަދުކުރެވޭނެ ކަމަށާއި، ތެލުގެ އަގު ހެޔޮކުރުމަށް ވެސް އެ ބޭނުން ކުރެވެން އޮތް ނަމަވެސް ސަރުކާރުން ގަސްދުގައި ރައްޔިތުންނަށް ދުއްތުރާ ޖައްސަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ޣަފޫރު މިހެން ވިދާޅުވީ އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެލުގެ އަގުބޮޑުވުމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ދެއްކެވި ވާހައިގަ އެވެ.

ޣަފޫރު ވިދާޅުވީ، ރާއްޖޭގައި ކުރިން 9 ރުފިޔާއަށް ލިބެން ހުރި ޑީސަލާއި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު 28 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކަކަށް އުފުލިފައިވާ ކަމަށެވެ. މިއަދުގެ ރޭޓަށް ބަލާއިރު ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތެޔޮ އެންމެ އަގުބޮޑު އެއް ގައުމުކަން ފާހަގަކުރައްވައި ޣަފޫރު ވިދާޅުވީ، މިހާރު ވިއްކަމުންދަނީ މީގެ ކުރިން އަގުހެޔޮކޮށް ރާއްޖެ އެތެރެކޮށްފައި ހުރި ތެޔޮ ކަމަށާއި، އެހާ ބޮޑު އަގުގައި ރައްޔިތުންނަށް ތެޔޮ ވިއްކަން ނުޖެހޭނެ ކަމަށެވެ. މިފަދަ ދަތި ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ލުއި ދިނުމަށް ބަޖެޓުގައި އޮންނަ ކޮންޓިންޖެންސީ ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ސަރުކާރުން ފެންނަނީ އިސްރާފު ކުރާ މަންޒަރު ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަޅުގަނޑު މި ދަންނަވަނީ ބަޖެޓުގައި އޮންނާނޭ ދެ ބިލިއަން ރުފިޔާ ދައުލަތުގެ ކޮންޓިންޖެންސެއް. އެއީ މިއަށް ޚަރަދުކުރަންޖެހޭ އެއްޗެއް. އެއިން ނަގައިގެން ރައްޔިތުންނަށް އަގުހެޔޮ ތެޔޮ ފޯރުކޮށްދޭށޭ. އެކަމަކު މި ދަތިވާ ކޮންމެ ދަނޑިވަޅެއްގައި ދުނިޔޭގެ އެހެން މީހުން ގެންގުޅޭ އުސޫލާ ޚިލާފަށް މި ބޭފުޅުން މި ދަނީ. ހަމަ އެއްޗެއް އަގުބޮޑުވާއިރަށް ދެން މި ބޭފުޅުން އަތުގައި ހުރި އޮތް ޖެޓް ފިއުލް އަގުބޯޓުކުރި، މަތިންދާބޯޓު ޓިކެޓު، މި ތަނުގެ ޑޮމެސްޓިކް ޓިކެޓު އަގުބޯޑުކުރީ، އެހެން އެއްޗެއްގެ ޓިކެޓު އަގުބޯޓުކުރީ. ކުރީމާ ހައްތާ މިއަށް މި އެޅެނީ އަލިފާން. ކުރިއަކަށް ނުދާނެ. ދެނެއް، ފަހަތަށް ނޫންތޯ ދާނީ. އެހެންވީމާ، އެއަށް ސަޕޯޓުކުރުމުގެ ބަދަލުގައި ހަމަ ވިސްނުމުގެ ބަދަލުގައި ސިކުނޑި ވާ ތަން އަނބުރާލަނީ. އަނބުރާލީމަ އަންނަންޖެހޭ ފައިދާގެ ބަދަލުގައި ގެއްލުން މި އަންނަނީ. އެހެންވީމާ، އެ އާ ދިމާލަށް މި ދަނީ. 
އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ)

ސަރުކާރުގެ ހަރަދުތަކަށް އަލިއަޅުއްވާލައްވަމުން ޣަފޫރު ވިދާޅުވީ، ތެލުގެ އަގު އުފުލި ރައްޔިތުން ތިބި ދަތި ހާލަތުގައި ވެސް ސަރުކާރުން 10 މިލިއަން ޑޮލަރު ހަރަދުކޮށްގެން 300 ކާރު އެތެރެކުރުމާއި، ރަށްރަށުގައި ބޮޑު ހަރަދުކޮށްގެން އީދު ކުލަގަދަކޮށް ފާހަގަކުރުމާއި، ސިޔާސީ ބޭނުމަށް މާލޭގައި ސައިކަލް ބުރުތައް ބޭއްވުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޖެޓް ފިއުލްގެ އަގު ބޮޑުކުރުމާ ގުޅިގެން ޑޮމެސްޓިކް ފްލައިޓްތަކުގެ ޓިކެޓް އަގުބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣަފޫރު އިތުރަށް ވިދާޅުވީ، މި ސަރުކާރަކީ އެއްވެސް ވިސްނުމެއް ނެތް "އޮޔާދާ އޮއި ކާއްޓެއް" ފަދަ ސަރުކާރެއް ކަމަށާއި، ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ފުރުސަތެއް އޮތް ކޮންމެ ތަނަކަށް ސަރުކާރުން އަތްބާނަމުންދާ ކަމަށެވެ. އަދި ސަތޭކައެއްހާ ސިޔާސީ މުވައްޒަފުން މަދުކޮށްލައިގެން ވެސް ރައްޔިތުންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދެވޭނެ ކަމަށާއި، ނަމަވެސް އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކުން 15،000 އަށްވުރެ ގިނަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ޗިޓުތައް ބަހަމުންދާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން، ފަނަރަ ހާސް މީހުންނަށް ދައުލަތުގެ ކުންފުނިތަކުން ވަޒީފާ ދޭކަށް ނުޖެހެއޭ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ތިދެނީ ތިބޭފުޅުން ގެއިންގެނާ އެއްޗެއް ނޫނޭ ތިދެނީކީ. އެހެންވީމާ، އެއެއް ނޫނޭ ކަންކަން ކުރަންވީ ގޮތަކީ. މިއަދު މި ހާލަތުގައި ވެސް ޗިޓު އެދަނީ ބަހަމުން. ޗިޓު އެދަނީ ބަހަމުން. ހަމަ ސޮއިކޮށްފައި ބަހަމުން އެދަނީ . ދެން މި ހާލަތު ގަބޫލުކުރައްވައިގެން މި ބޭފުޅުންނަށް ތިބޭފުޅުން ރައްޔިތުން ވޯޓުދީފިއްޔާ މި ޤައުމެއް ހޯދާ ނުފެންނާނެ. އިންތިޚާބެއް ނޯންނާނެ. މި ޤައުމެއްގެ ދެން އިތުރަށް އެހެން އެއްވެސް ކަމެއް، ރައްޔިތެއްގެ އަޑެއް މި ޤައުމު ނީވޭނެ. އިވޭނެ އެއްވެސް މާޙައުލެއް މި ޤައުމުގައި ދެން ނޯންނާނެ. މި ބޭފުޅުންނަށް އިންތިޚާބާ އަދި މި ރިފަރެންޑަމް ވޯޓު ކާމިޔާބުވެއްޖެއްޔާ. ހަމަ ސީދާ ހުރި ގޮތަށް ގޮސް ޑިކްޓޭޓޭޝެޕަކަށް ޤައުމު ހުއްޓި ނިމިދާނީ. އެހެންވީމާ، އަޅުގަނޑު ހަމަ ރައްޔިތުންގެ ކިބައިން އެދެން، މި ބޭފުޅުން މި ކަންކަން ކުރާ ގޮތާއި، މި ކަންކަން ހިނގަމުންދާ ގޮތާ، މި ހުރިހާ އެއްޗެއް ހަމަ ތި ބޭފުޅުން ވެސް ރަނގަޅަށް ވިސްނަވާފައި، ފިކުރުކޮށްފައި، މި ކަންކަން މި ދަނީ ގޯސްކޮށް ކަމަށް ގަބޫލުކުރަން. 
އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސަ (ގަޕޯ)

ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ރާއްޖެ މިސްރާބު ޖަހާފައިވަނީ ޑިކްޓޭޓަރޝިޕަކާ ދިމާލަށް ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން މިކަމާ މެދު ފުންކޮށް ވިސްނަންޖެހޭ ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ލުޔެއް ދިނުމުގެ ބަދަލުގައި ރާވައިގެން ރައްޔިތުން ބިކަކޮށް ނިކަމެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ނުހިނގާ ކަމަށާއި، ފެންނަނީ ހަމައެކަނި ކުދިކުދި ޕާކުތަކާއި އުނދޯލިގެތައް އަޅާ މަންޒަރު ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ޕްރޮޖެކްޓް ނޫން ކަމަށާއި، އެއީ ގޮނޑުދޮށަށް ލައްގާފައި ހުރި ކުނި ކަމަށެވެ. 

އަބްދުލް ޣަފޫރު މޫސާއެމްޑީޕީތެލުގެ އަގުކޮންޓިންޖެންސީ ބަޖެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

19 މާރިޗު 2026
ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި

ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި

19 މާރިޗު 2026
މިނިވަން މުއައްސަސާތަކުން މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީ އިން ދީފި

މިނިވަން މުއައްސަސާތަކުން މެންޑޭޓުގެ ތެރެއިން މަސައްކަތް ނުކުރާނަމަ އެ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ އިންޒާރު އެމްޑީޕީ އިން ދީފި

19 މާރިޗު 2026

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު