Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި އެތެރެކުރުން

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

މި މައްސަލާގައި ހައްޔަރުކުރި 19 އަހަރާއި 21 އަހަރުގެ މި ދެ މީހުންގެ ބަންދަށް ކޯޓުން ހަ ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން. މި ތަކެތި ފެނިފައި ވަނީ އެމީހުންގެ ލަގެޖުގައި ހުރި ފުޅިތަކެއް ބަލައި ފާސްކުރުމުގެ ތެރެއިން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 5 މާރިޗު 2026 | ބުރާސްފަތި 19:41

ހައްޔަރު ކުރި މީހުންގެ ލަގެޖު ބަލައި ފާސްކުރިއިރު، 6.7 ކިލޯގެ ހަޝިޝް އޮއިލް ހުރި ކަމަށް ޝައްކުކުރެވޭ ފުޅިތަކެއް ވަނީ ފެނިފަ.

ހައްޔަރު ކުރި މީހުންގެ ލަގެޖު ބަލައި ފާސްކުރިއިރު، 6.7 ކިލޯގެ ހަޝިޝް އޮއިލް ހުރި ކަމަށް ޝައްކުކުރެވޭ ފުޅިތަކެއް ވަނީ ފެނިފަ. | ރާއްޖެއެމްވީ

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ޒުވާނަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މި ދެ މީހުންގެ ލަގެޖުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 6.7 ކިލޯގެ ހަޝިޝް އޮއިލް ހިމެނެ އެވެ.

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އިންޑިއާގެ ދެ މީހުން ކަމަށްވާ ކަތިރިވިލް މަނިމަރަން، 21 އަދި ދަނޫޝްކާނދަން ގޯޕާލް، 19 އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އެއާޕޯޓުގެ ކަސްޓަމްސް އޮފިސަރުން އެމީހުންގެ ލަގެޖު ބަލައި ފާސްކުރުމަށް ފަހު އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމީހުންގެ ލަގެޖު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ފުޅިތަކެއް ވަނީ ފެނިފަ އެވެ. އެ ފުޅިތަކުގައި ހުރި ތަކެތި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ.

 އެ ތަކެތި ތަހުލީލު ކުރުމަށް ފަހު، މަސްތުވާތަކެތި ކަމަށް ކަށަވަރުވުމާއެކު، މި ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިހާރު ވަނީ އެމީހުންގެ ބަންދަށް ހަ ދުވަހުގެ މުއްދަތެއް ދީފަ އެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މި މައްސަލަ އެ އިދާރާ އިން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ހަޝީޝް އޮއިލްކަސްޓަމްސް އިންޑިއާވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

އިތުރަށް ކިޔާލަން

05 މާރިޗު 2026

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

05 މާރިޗު 2026
ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި
05 މާރިޗު 2026

އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި

05 މާރިޗު 2026
އީރާނާ ދެކޮޅަށް ދޭ ހަމަލާތަކުގައި އިންޑިއާގެ ބަނދަރުތައް އެމެރިކާއަށް ދޫކޮށްފައިވާ ކަމަށް ބުނި ވާހަކަތައް ދޮގުކޮށްފި
04 މާރިޗު 2026

ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން

04 މާރިޗު 2026
ވީއައިއޭ އިން 1 ލައްކަ ޑޮލަރު ފޭރުނު މައްސަލައިގެ ތަހުގީގު ލަސް، އެކަމާ ގުޅޭ ސުވާލު މިހާރު ކުރަން ޖެހޭނީ ފުލުހުންނާ: މިނިސްޓަރު އަމީން
02 މާރިޗު 2026

ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ

02 މާރިޗު 2026
ނުފުރި ތިބި ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްދެނީ
21 ފެބުރުއަރީ 2026

އިންޑިއާ ގައި ސިހުރުގެ ހެދި ކަމުގެ ތުހުމަތުގައި މަންމަ އާއި 10 މަހުގެ ދަރިފުޅު އަންދާލައި މަރާލައިފި

21 ފެބުރުއަރީ 2026
އިންޑިއާ ގައި ސިހުރުގެ ހެދި ކަމުގެ ތުހުމަތުގައި މަންމަ އާއި 10 މަހުގެ ދަރިފުޅު އަންދާލައި މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު