Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަތީ ހާދިސާ

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ލޯންޗުގެ ކެޕްޓަނަށް ވަނީ އަނިޔާވެފައި. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް މައުލޫމާތު ލިބޭ. ތިން ފަޅުވެރިންނާއެކު ދަތުރުކުރި މި ލޯންޗު އެކްސިޑެންޓްވި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2026 | ހޮނިހިރު 08:47
އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައi.

އެމްޕީއެލްގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައi. | އިރުވަރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި, ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. 

ހޮނިހިރު ދުވަހު ފުލުހުން ބުނީ، އެމްޕީއެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު، 21 މާރިޗު 2026 ވަނަ ދުވަހުގެ ހެނދުނު 10:39 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ. އަދި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިން ކަމަށެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއައި.ޖީ.އެމް.އެޗް ހޮސްޕިޓަލްކަނޑުމަތީ ހާދިސާއެކްސިޑެންޓު

އިތުރަށް ކިޔާލަން

17 މާރިޗު 2026

އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި

17 މާރިޗު 2026
އެމްޕީއެލްގެ ތިން ވަނަ ޑެޕިއުޓީ ސީއީއޯ އަކަށް ޒިޔަތު އައްޔަންކޮށްފި
02 މާރިޗު 2026

ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ

02 މާރިޗު 2026
 ރެޑްވޭވް މޯލް މަތިން މީހަކު ވެއްޓި ބަނޑަށް ދަގަނޑެއް ހެރިއްޖެ
25 ފެބުރުއަރީ 2026

މާލޭގައި އަންގާރަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެއްޖެ

25 ފެބުރުއަރީ 2026
މާލޭގައި އަންގާރަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެއްޖެ
09 ފެބުރުއަރީ 2026

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، މައްސަލަ ބަލަނީ

09 ފެބުރުއަރީ 2026
ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، މައްސަލަ ބަލަނީ
07 ފެބުރުއަރީ 2026

ސަރުކާރުގެ ކުންފުނި އެމްޕީއެލް އިން ލޮޖިސްޓިކްސް ވިޔަފާރިއަށް

07 ފެބުރުއަރީ 2026
ސަރުކާރުގެ ކުންފުނި އެމްޕީއެލް އިން ލޮޖިސްޓިކްސް ވިޔަފާރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު