Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޔޫރަޕް ކޮލިޓީ ބޭސް

ޔޫރަޕުން ބޭސް ގެނައުމުގެ ވައުދު: ސަރުކާރުގެ ރާގު ބަދަލުވެ ބޭސް ގެންނަނީ ޔޫރަޕުންތޯ އޭޝިއާއިންތޯ ނުބަލާނެ

ޔޫރަޕާއި އެމެރިކާގެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް އެތެރެކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދާ ގުޅޭގޮތުން، ސަރުކާރުގެ މިހާރުގެ އަމާޒަކީ ވަކި ގައުމަކަށް ބެލުމުގެ ބަދަލުގައި ކޮލިޓީ ކަށަވަރުކުރެވޭ ބޭސް ހޯދުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ. އެހެންކަމުން، ބޭސް އެތެރެކުރުމުގައި މުހިންމީ އުފައްދާ ގައުމަށްވުރެ ބޮޑަށް، ބޭހުގެ ފެންވަރު ހިފެހެއްޓުން ކަމަށް ސަރުކާރުން ބުނޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 06:49
މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް

މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް | ރާއްޖެއެމްވީ

ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ޔޫރަޕާއި އެމެރިކާގައި އުފައްދާ ބޭހަށް ނުބަލާ ކަމަށާއި، ބަލަނީ ކޮލިޓީ ކަށަވަރުކުރެވޭ، ރަނގަޅު ބޭހަށް ކަމަށް ރައީސް މުއިއްޒުގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރަން އެގައުމުތަކުން ހުއްދަ ދީފައިވާ ފެންވަރު ރަނގަޅު ޑޮކްޓަރީ ބޭސް ހެޔޮއަގުގައި ރާއްޖެއިން ލިބޭނޭގޮތް ސަރުކާރުން ހަމަޖެއްސީ 22 ޖުލައި 2024 ގަ އެވެ. ނަމަވެސް މިހާތަނަށް އައި އިރު ވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތަށް އެކަން ކުރެވިފައި ނުވެ އެވެ. 

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫރަޕްގެ ކޮލިޓީގެ ބޭހާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ބޭހުގެ ކޮލެޓީއޭ ބުނުމުގެ މާނައަކީ "ކޮންމެހެން ޔޫރަޕްގެ ކޮލެޓީ އެއްނޫން ކަންނޭނގެ" ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮލެޓީ ރަނގަޅު ބޭސް ގެނައުން އެއީ އަބަދުވެސް ސިޔާސަތު ކަމަށާއި، ކޮލެޓީ ރަނގަޅު ބޭސް އިންޑިއާ އަދި ބަންގުލަދޭޝްގައި ވެސް އުފައްދާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ކޮލިޓީ ބަލާ މިންގަނޑުތަކެއް، އުސޫލުތަކެއް ހުންނަ ކަމަށާއި، ބޭހުގެ ކޮލިޓީ މެޝަރކުރުމަށްޓަކައި، އެކަން ސްޓްރެންތަން ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. 

ޔޫރަޕަށް ގެންދަވާ ވަރަށް ގިނަ ބޭހަކީ ވެސް ހަމަ އިންޑިއާގައި އުފައްދާ ބޭސް، ނޫނީ ޕާކިސްތާން ނޫނީ އެހެން ތަންތަނުގައި ވެސް އުފައްދާ ބޭސް. މީގައި މުހިންމީ އުފައްދާ ތަނެއް، އުފައްދާ ޤައުމެއް ނޫން ކަންނޭނގެ މުހިންމީ އޭގެ ކޮލިޓީ ކަށަވަރުކުރެވޭ، ރަނގަޅު ބޭސް އަޅުގަނޑުމެންނަށް ލިބޭނެކަން ކަށަވަރުކުރުން. އެކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެކަން ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ތަރުތީބު ކުރަމުންދިޔައީ އަދި އެއީ ފޯކަސް އަކީ. ކޮންމެހެން ޔޫރަޕް، އޭޝިއާ، މިއެއް ނޫން އަޅުގަނޑުމެންގެ ފޯކަސްއަކީ. އަޅުގަނޑުމެންގެ ފޯކަސްއަކީ ރައްޔިތުންނަށް ކޮލެޖީ ކަށަވަރުކުރެވޭ، ކޮލެޓީ ކޮމްޕްރޮވައިޒްނުކުރެވޭ ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު. އެ ނިޒާމު އަޅުގަނޑުމެން ވަރުގަދަ މިކުރީ. 
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް

ޔޫރަޕުން ބޭސް އެތެރެ ކުރާނެ ކަމަށް މުއިއްޒު ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރަކަށްފަހު އެނބުރި ރާއްޖެ ވަޑައިގެން 13 ޖެނުއަރީ 2024 ގަ އެވެ. 

އަޅުގަނޑުމެންގެ ބޭސް، އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރާނަން. އެ ކަންތައް މިހާރުވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމަށް ދެން މާލަސްތަކެއްނުވެ އެތެރެކުރާނީ، ޔޫރަޕްގެ ބޭސް އުފައްދާ އަޞްލު އެކިތަންތަނުންނާއި، އެމެރިކާގެ ތަންތަނުން. އެހެންވީމާ، ވަކި ޤައުމަކުން ގެންނަ، ބޭސް ގެނައުންވެސް އިރާދަކުރެއްވިއްޔާ ނިމުމަކަށް އަންނާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު - 13 ޖެނުއަރީ 2024

ސަރުކާރުން ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގެ ސިއްހީ އިދާރާތަކުން ހުއްދަ ދީފައިވާ ކޮލިޓީ ބޭސްތައް ގަނޑުކޮށް ރާއްޖެ ގެނެސް ވިއްކަން ފެށިކަން 2024 ވަނަ އަހަރު ހާމަކުރި އެވެ. އޭގެ ދަށުން ފުރަތަމަ ގެނައީ 7 ބޭހެކެވެ. 

ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

ނަމަވެސް  ޔޫރަޕުން ބޭސް ގެނައުމަށް އިއުލާންކުރުމަށްފަހު، ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާއި 9 މެއި 2025 ގައި ހަވާލު ކުރި އެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން ވަނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

ޑރ. މުހައްމަދު މުއިއްޒުއަބްދުﷲ ނާޒިމް އިބްރާހިމްޔޫރަޕްއެމެރިކާއިންޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ  ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

ހަނގުރާމަ ދެ މަސް ދުވަހަށް ދެމިގެން ހިނގައްޖެ ނަމަ، ފަތުރުވެރިކަން 70% އަށް ދަށް ވެދާނެ، އިގްތިސާދު ހިފަހައްޓަން ސަރުކާރުގެ ރޭވުންތެެރިކަމެއް ނެތް: ޝަމްހީދު

05 މާރިޗު 2026
އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

އިންޑިއާގެ ދެ ޒުވާނަކު 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފި

05 މާރިޗު 2026
 ރާއްޖޭގައި ޝީޝާ މަނާކުރަނީ

ރާއްޖޭގައި ޝީޝާ މަނާކުރަނީ

05 މާރިޗު 2026
ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު