Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެދުއިރުމަތީގެ ހަނގުރާމަ

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

ބައެއް އެއާލައިންތަކުން ދަތުރުތައް އިތުރުކުރުމުގެ ޔަގީންކަން ދީފައިވާއިރު، ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ވަރުގަދަކޮށް ޕްރައިވެޓް ޖެޓްތަކުގައި އަންނަ ފަތުރުވެރިންނަށް ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ނިންމާފަ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 13 މާރިޗު 2026 | ހުކުރު 09:45
މިނިސްޓަރ ތޯރިގް އާއި މިނިސްޓަރ އަމީން

މިނިސްޓަރ ތޯރިގް އާއި މިނިސްޓަރ އަމީން | ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ފަތުރުވެރިން ރާއްޖެ އަށް ދަތުކުރަމުންދާ ފްލައިޓުތަކުގެ 30% ގެއްލިފައި ވާތީ އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާގެ މާކެޓުން ފްލައިޓްތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވީ އެ ސިނާއަތަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމަށް ޚާއްސަ މަސައްކަޔްތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ގެއްލިގެންދާ އާމްދަނީ ހޯދުމުގެ ގޮތުން ރާއްޖެ އަށް އެހެނިހެން ޤައުމުތަކުން އޮންނަ ފްލައިޓްތައް އިތުރުކުރުމަށާއި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އިރާނަށް ހަމަލާދިނުމާއި ގުޅިގެން އިރާނުން ދެމުންދާ ރައްދު ހަމަލާތަކުގައި  މެދުއިރުމަތީގެ އެެހެން ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ވަނީ ފަށާފަ އެވެ. އެއާއި އެކު މެދުއިރުމަތީގައި ވަނީ ބޮޑު ހަނގުރާމައެއް ފެށިފަ އެވެ.

ވަޒީރު ތޯރިގް ވަނީ އެކަމުގެ އަސަރު މެދުއިރުމަތިން ރާއްޖެ އަންނަ އެއާލައިންތަކަށް ވަރަށް ބޮޑަށް ކޮށްފައިވާކަމަށް ފާހަގަކުރައްވާފަ އެވެ. އެކަމާއި ގުޅިގެން ކުރި މަސައްކަތުން ޗައިނާ އާއި އިންޑިއާގެ އިތުރުން ރަޝިއާގެ ފްލައިޓްތައް އިތުރުކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ތޯރިގް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތް މިހާރު އޮތީ ކޮން މަރުހަލާ އެއްގައިކަން ހާމަކުރައްވާފަ އެއް ނުވެ އެވެ. 

މިނިސްޓަރ ވިދާޅުވީ ޓަރކިޝް އެއާލައިންގެ ދަތުރުތައް ބޭއްވުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަންނަ މަހުން ފެށިގެން ރާއްޖޭގެ މާކެޓިން އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

އެކަމާއި ގުލޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ

ރަޝިއާގެ އެއިރޯފްލޮޓް އާއި އިންޑިއާގެ އެއާ އިންޑިއާއިން ވަނީ ކުރިން ރާއްޖެއަށް ހާއްސަކުރާ އަދަދަށްވުރެ ދެގުނަ އަދަދެއް ފްލައިޓްތަކުގައި ހަމަޖެހޭނެކަމުގެ ޔަގީންކަން ދީފައި

މެލޭޝިއާގެ އެއާއޭޝިއާއިން ވެސް ކުރިއަށްހުރި ދުވަސްތަކުގައި ރާއްޖެއަށް ވައިޓް ބޮޑީ އެއާކްރާފްޓް މަތިންދާބޯޓުގެ ދަތުރުތައް ކުރާ ގޮތަށް ދަނީ މަސައްކަތްކުރަމުން؛ އެއީ ގާތްގަނޑަކަށް 500 މީހުންގެ ޖާގަ ހުންނަ މަތިންދާ ބޯޓެއް

ޔުއޭއީގެ އިއްތިހާދު އެއާވޭސްއިން ވެސް ކުރިއަށްހުރި ދުވަސްތަކުގައި ދުވާލަކު ދެ ފަހަރަކު ފްލައިޓް ދަތުރުކުރާ ގޮތަށް

މޯލްޑިވިއަންގެ މަތިންދާބޯޓުން ބަންގްލަދޭޝްގެ ޑާކާއަށް ވެސް ދަތުރުތައް ފަށާނެ

ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އެއާލައިންތަކުގެ ދަތުރުތައް ހުއްޓުނު ނަމަވެސް މަތީ ފަންތީގެ މީހުން ޖެޓްތަކުގައި ރާއްޖެ ދަތުރުކުރަމުންދާ ކަން ވެސް އަމީން ފާހަގަކުރެއްވި އެވެ. މި ހާލަތުގައި ވެސް އެއީ ވެސް ރާއްޖޭން މާކެޓްކުރަން ޖެހޭ ދިމާލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރަނގަޅު ޓްރެންޑެއް މިއީ. މީގެ ކުރިން އާ އަހަރު ނިމިގެން މިދާ މަސްތަކުގައި ބައިވަރު ޖެޓްތަކެއް ހައި އިންޑް ޓުއަރިސްޓުންނެއް ނާދޭ. އެކަމަކު މި ދެތިން ހަތަރު ދުވަހު ފެނިއްޖެ ބައިވަރު ފްލައިޓްތަކެއް ރާއްޖެ އައި ތަން." އަމީން ވިދާޅުވި އެވެ.

މެދުއިރުމަތީ ސުލްހަތޯރިގް އިބްރާހީމް އިންޑިއާޗައިނާރަޝިޔާއީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

13 މާރިޗު 2026

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި
13 މާރިޗު 2026

އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ

13 މާރިޗު 2026
އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ
12 މާރިޗު 2026

އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް

12 މާރިޗު 2026
އައު ރޫހީ ލީޑަރުގެ ފުރަތަމަ ބަޔާން ވަރުގަދަ، ގޮވާލެއްވީ އެމެރިކާގެ ބޭސްތައް ބަންދު ކުރުމަަށް
12 މާރިޗު 2026

ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި

12 މާރިޗު 2026
ހަކަތައިގެ ބާޒާރަށް ކުރިމަތި ވެފައިވާ ލޮޅުމާ ގުޅޭ ގޮތުން، އެމެރިކާ އާއި ރަޝިޔާ އިން މަޝްވަރާ ކޮށްފި
12 މާރިޗު 2026

އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި

12 މާރިޗު 2026
އީރާންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ރޮމޭނިއާގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ އެ ޤައުމުގެ ރައީސް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު