Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންޑިއާ

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

އިންޑިއާގެ އިޤްތިޞާދު 4.18 ޓްރިލިއަން ޑޮލަރަށް އަރައި ޖަޕާން ފަހަތައް ޖައްސާލައި ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް ވެއްޖެ. ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ޖަރުމަނު ވެސް ފަހަނަޅައި ތިންވަނަ މަޤާމަށް އަރަން ތައްޔާރުވަމުން އަންނައިރު 2030 ވަނަ އަހަރު ޖީ.ޑީ.ޕީ 7.3 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ.

ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2025 | އަންގާރަ 09:42
އިންޑިއަން ރުޕީސް ގެ ބޭންކް ނޫޓުތައް

އިންޑިއަން ރުޕީސް ގެ ބޭންކް ނޫޓުތައް

ޖަޕާނު ފަހަތައް ޖައްސާލުމަށް ފަހު ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އިގްތިސާދުގެ މަގާމު އިންޑިއާ އިން ހޯދައިފި އެވެ.

އިންޑިއާގެ އަހަރީ އިޤްތިޞާދީ ރިވިއުގެ ހިސާބުތަކަށް ބަލައި، އޮފިޝަލުން އުއްމީދު ކުރަނީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ޖަރުމަނު ވެސް ފަހަނަޅައި ދުނިޔޭގެ ތިންވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް އިންޑިއާ ވެގެންދާނެ ކަމަށެވެ.

Advertisement - businessAdvertisement

ނަމަވެސް، ރަސްމީ ގޮތުން މިކަން ކަށަވަރުވުން ބިނާވެފައި ވަނީ 2026 ވަނަ އަހަރުގެ އަހަރީ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) ގެ ފައިނަލް އަދަދުތައް އާއްމު ކުރުމުން ލިބޭ މައުލޫމާތުތަކުގެ މައްޗަށެވެ. އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) އިން ލަފާކުރަނީ އިންޑިއާ އަށް ޖަޕާން ފަހަތައް ޖައްސާލެވޭނީ އަންނަ އަހަރު ކަމަށެވެ.

ހޯމަ ދުވަހު ނެރުނު ސަރުކާރުގެ އިޤްތިޞާދީ ބްރީފިން ނޯޓުގައި ބަޔާންކޮށްފައި ވަނީ، "ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށާއި، މި ކުރިއެރުން ދެމެހެއްޓުމަށްޓަކައި އެ ޤައުމު ވަނީ ރަނގަޅަށް ތައްޔާރުވެފައި" ކަމަށެވެ.

އެ ބްރީފިން ނޯޓުގައި އިތުރަށް ބުނެފައި ވަނީ "4.18 ޓްރިލިއަން ޑޮލަރުގެ ޖީ.ޑީ.ޕީ އާއެކު އިންޑިއާ މި ވަނީ ޖަޕާން ފަހަނަޅައި، ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް ވެފައެވެ. އަދި ކުރިއަށް އޮތް ދެއަހަރު ބައި އާއި ތިން އަހަރުގެ ތެރޭގައި ޖަރުމަނުގެ މަޤާމު އަތުލުމަށް ތައްޔާރުވެފައިވާއިރު، 2030 ވަނަ އަހަރު 7.3 ޓްރިލިއަން ޑޮލަރަށް ޖީ.ޑީ.ޕީ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ."

އައި.އެމް.އެފް ގެ 2026 ވަނަ އަހަރަށް ލަފާކުރާ އަދަދުތަކުން ދައްކާ ގޮތުގައި އިންޑިއާގެ އިޤްތިޞާދު 4.51 ޓްރިލިއަން ޑޮލަރަށް އަރާ އިރު، ޖަޕާންގެ އިޤްތިޞާދު ހުންނާނީ 4.46 ޓްރިލިއަން ޑޮލަރުގައެވެ.

ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން ވޮޝިންގްޓަން އިން އިންޑިއާ އަށް ބޮޑެތި ޓެރިފްތަކެއް ކަނޑައަޅާފައިވާއިރު، ނިއުދިއްލީ އިން މިފަދަ އުއްމީދީ އަންދާޒާ އެއް ކޮށްފައިވަނީ އިޤްތިޞާދީ ގޮތުން ކަންބޮޑުވުންތައް ހުރި ދަނޑިވަޅެއްގައެވެ. އިންޑިއާ އިން ބުނެފައި ވަނީ، މި ކުރިއެރުން ދައްކުވައިދެނީ "ދުނިޔޭގެ ވިޔަފާރީގެ ދާއިރާގައި ހުރި ގިނަ ކަންބޮޑުވުންތަކާ އެކުވެސް، އެޤައުމުގެ އިޤްތިޞާދުގެ ހަރުދަނާކަން ކަމަށެވެ.

ނަމަވެސް، އެހެނިހެން މިންގަނޑުތަކުން ބަލާއިރު، މާ އުއްމީދީ މަންޒަރެއް ނުފެނަ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އާބާދީގެ ގޮތުން، އިންޑިއާ މިވަނީ 2023 ވަނަ އަހަރު އަވައްޓެރި ޗައިނާ ފަހަނަ އަޅައި، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޤައުމަށް ވެފައެވެ. އެންމެ ފަހުގެ ވޯލްޑް ބޭންކްގެ އަދަދުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު އިންޑިއާގެ ޖީ.ޑީ.ޕީ. ޕަރ ކެޕިޓާ (ބޮލަކަށް ޖެހޭ އަދަދު) ހުރީ 2,694 ޑޮލަރުގައެވެ. މިއީ ޖަޕާންގެ ޖީ.ޑީ.ޕީ. ޕަރ ކެޕިޓާ (32,487 ޑޮލަރު) އާ ބަލާއިރު 12 ގުނަ ކުޑަ އަދަދެކެވެ. އަދި ޖަރުމަނުގައި ބޮލަކަށް ޖެހޭ އަދަދު ކަމަށްވާ 56,103 ޑޮލަރު އާ ބަލާއިރު 20 ގުނަ ކުޑަ އަދަދެކެވެ.

ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ 10 އަހަރާއި 26 އަހަރާ ދެމެދުގެ އުމުރުގެ މީހުންނެވެ. މިހާރުވެސް އެތައް މިލިއަން ޒުވާން ގްރެޖުއޭޓުންނަށް ރަނގަޅު މުސާރަ ލިބޭ ވަޒީފާ ހޯދައިދިނުމަށް އެޤައުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.

މާރިޗު 31 ގައި ނިމުނު 12 މަސް ދުވަހުގެ ތެރޭގައި، އިޤްތިޞާދީ ކުރިއެރުން ހަތަރު އަހަރުގެ ތެރޭގައި އެންމެ ދަށަށް ދިއުމާ ގުޅިގެން، ބޮޑުވަޒީރު ނަރެންދުރަ މޯދީ މި އަހަރު ވަނީ ފުޅާދާއިރާއެއްގައި ކޮންސަންޕްޝަން ޓެކްސް ކުޑަކުރައްވާ އަދި މަސައްކަތްތެރިންގެ ޤާނޫނަށް އިސްލާޙީ ބަދަލުތަކެއް ގެނެސްދެއްވާފައެވެ.

ޑިސެމްބަރު މަހުގެ ކުރީކޮޅުގައި އިންޑިއާގެ ރުޕީސް، އެމެރިކާ ޑޮލަރާ އަޅާބަލާއިރު ރިކޯޑު މިންވަރަކަށް ވެއްޓިފައިވާއިރު، 2025 ވަނަ އަހަރު ފަހެއް އިންސައްތައާ ގާތަށް ވަނީ ދަށްވެފަ އެވެ.

އައި.އެމް.އެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު އިންޑިއާ ވަނީ ދުނިޔޭގެ ފަސް ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް ވެފައެވެ. އެއާއެކު އައި.އެމް.އެފް އިން ބުނާ ގޮތުގައި ކުރިން އިންޑިއާ އިސްތިއުމާރު ކޮށްގެން އުޅުނު އިނގިރޭސިވިލާތައް ވުރެ އެގައުމުގެ ޖީ.ޑީ.ޕީ (ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް) ވަނީ މައްޗަށް ޖެހިފަ އެވެ.

މަސްދަރު: އޭއެފްޕީ

އިންޑާޖަޕާންޖަރުމަނުއައިއެމްއެފްޖީޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

މެސީ އަށް 1.3 މިލިއަން ޑޮލަރުގެ ގަޑިއެއް އަމްބާނީ ހަދިޔާ އަކަށް ދީފި

20 ޑިސެމްބަރު 2025
އައިއެމްއެފުން ސްރީލަންކާ އަށް 206 މިލިއަން ޑޮލަރު ދޭން ނިންމައިފި

އައިއެމްއެފުން ސްރީލަންކާ އަށް 206 މިލިއަން ޑޮލަރު ދޭން ނިންމައިފި

19 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު