Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިސްލާމީ އުއްމަތޭ ކިޔައިގެން އަނގަ ހުޅުވާވަރަށް ވުރެ މި ސަރުކާރުގެ ދެފުށްދެގޮތްކަން ބޮޑު

އިރާނަށް ދިން ހަމަލާއާއި ހާމަނާއީ އަވަހަރާކޮށްލުން މުއިއްޒުއަށް ކުށްވެރި ނުކުރެވުމުން، އިޒްރޭލާއެކު އޮތް ގުޅުން ކަނޑާލީ މި ސަރުކާރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަނީ ދޮގު މައުލޫމާތެއްކަން ހާމަވޭ. ރާއްޖެއިން އިޒްރޭލާއެކު އޮތް ސިޔާސީ ގުޅުން 1974 ވަނަ އަހަރު ކަނޑާލާފައިވާއިރު، އެ ގައުމުގެ މުދާ އެތެރެކުރުން މަނާކޮށްފައިވަނީ 2014 ވަނަ އަހަރު. އެހެންކަމުން، މި ފަހުން އިޒްރޭލާ ދެކޮޅަށް ރާއްޖެއިން އާ ފިޔަވަޅުތަކެއް އެޅި ކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 09:26
އީރާނަށް ޔަހޫދީން ދިން ހަމަލާ ސަރުކާރަށް ކުށްވެރިކުރަން ނުކުރެނުތަނުގައި މުސްލިމު ލީޑަރު އަވަހާރަކޮށްލުން ވެސް މި ސަރުކާރަށް ބޮޑު ކަމަކަށް ނުވި

އީރާނަށް ޔަހޫދީން ދިން ހަމަލާ ސަރުކާރަށް ކުށްވެރިކުރަން ނުކުރެނުތަނުގައި މުސްލިމު ލީޑަރު އަވަހާރަކޮށްލުން ވެސް މި ސަރުކާރަށް ބޮޑު ކަމަކަށް ނުވި | ރާއްޖެ އެމްވީ

ކީރިތި ޤުރުއާނުގައި ޔަހޫދީންނާ ބެހޭ ވަރަށް ގިނަ ވާހަކަތައް އައިސްފައިވެ އެވެ. މިސާލަކަށް ބަޤަރާ ސޫރަތުގައި، ސާޅީސްވަނަ އާޔަތުން ފެށިގެން، ދެން އޮތް، ގާތް ގަނޑަކަށް، އަށްޑިހަ އާޔަތުގައި، ޔަހޫދީންގެ ދީނީ ތާރީޚުގެ ބައެއް ވާހަކަތައް ނަންގަނެވިފައިވެ އެވެ. މައިގަނޑު ގޮތެއްގައި އޮތީ ޔަހޫދީންގެ ހީލަތްތެރިކަމާއި މަކަރު ހެދުމާއި އޮޅުވާލުމާއި ދޮގު ހެދުމުގެ ވާހަކަ އެވެ. ޔަހޫދީންގެ ވާހަކަ ޤުރުއާނުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވަނީ ވެސް މުސްލިމުން އެކަމުން ފިލާވަޅު ލިބިގަތުމަށެވެ. އެގޮތަށް އުޅެން ދަސްކުރާކަށް ނޫނެވެ. ނަމަވެސް މިއަދު މިއޮތް ވެރިކަމުގެ މަލަމަތިން ފެންނަނީ ދެފުށްދެގޮތްކަމެވެ. އެހެން ގޮތަކަށް ބުނާނަމަ މަކަރު ހެދުމާއި އޮޅުވާލުމާއި ދޮގު ހެދުމެވެ. މި ސަރުކާރަށް ކައްޒާބުގެ ސަރުކާރޭ ވެސް ރައްޔިތުން ކިޔައި އުޅެނީ މިހެންވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިސްލާމްދީނަށް ހިމާޔަތްދޭ، މުސްލިމުންގެ ހައްގުގައި ވަކާލާތު ކުރާ ހައްގަށް ނަސްރު ހޯދަން މަސައްކަތް ކުރާ ބާތިލާއި ދެކޮޅަށް ވަކާލާތުކުރާ ސަރުކާރެއް ކަމަށް ހުދު އެމަނިކުފާނު ވަކާލާތު ކުރެ އެވެ. ނަމަވެސް އެއީ ދެއްކުންތެރިކަމެވެ. ފަލަސްތީނުގެ މައްސަލައިގައި މީޑިއާއަށް ތިލަކޮށްލަން ބޭނުންވި ފޮޓޯއިން ފެށިގެން ޖެއްސި ސްޓަންޓްތައް ވެސް އޮތީ ފެނިފަ އެވެ. މުތުލަގަށް ބާރުތައް ދިނީމަ ވެސް ދެއްކުންތެރިކަން އިސްކޮށް ޔަހޫދީ ޕާސްޕޯޓު މަނާކުރުމަށް ވެސް އެތައް ހާސަރެއް ދެއްކި އެވެ. 

އެއިރު ކަންތައްތައް ހިނގައިދިޔަގޮތް މިއަދު ނުދަންނަ އެކަކު ވެސް ނެތެވެ. ބޭނުމަކަށްވީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ހެޑްލައިން ޖަހާލުމެވެ. އެންމެ ފުރަތަމަ ވެސް ޕީއެންސީގެ ކުދި މީދާތަކާއި ބޮޓުންނާއި، ތަނެއް ދޮރެއް ވަކިނުވާ ކުދިންކޮޅު ދުއްވައިގަތީ ބޮޑެތި ހެޑްލައިންތައް ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ. އިސްރާއިލާ އޮތް ގުޅުން ކަނޑާލީ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. 

ދިވެހިރާއްޖެއިން އިސްރާއިލާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ 1974 ވަނަ އަހަރު އެވެ. "ބްރޭކިން: ދިވެހިރާއްޖެއިން އިޒްރޭލާއެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލައި، އިޒްރޭލުގެ ހުރިހާ އުފެއްދުންތަކެއް މަނާކޮށްފި" ކަމަށް ބުނެ މިދިޔަ އަހަރުގެ މާރޗު މަހުގެ 4 ވަނަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ހިމަނާފައިވެ އެވެ. 2.2 މިލިއަން މީހުން ބަލާފައިވާ މި ޕޯސްޓް ފެތުރިފައިވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ފަސް ދުވަސް ވެފައިވަނިކޮށެވެ. އިހަށް އީރާނަށް ދެމުންދާ ހަމަލާގެ ވާހަކަ ބާއްވާނަމަވެ. 

އިސްރާއިލާއި ރާއްޖެއާއި އޮތް ސިޔާސީ ގުޅުން 1974 ވަނަ އަހަރުން ފެށިގެން އޮތީ މެދުކަނޑާލާފަ އެވެ. އަދި އިޒްރޭލުގެ މުދާ ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވަނީ މީގެ ގާތްގަނޑަކަށް 12 އަހަރު ކުރިންނެވެ. މިކަން ހުދު މި ސަރުކާރުން ވެސް ގަބޫލު ކުރެ އެވެ. އަދި ރައީސް އޮފީހުން ވެސް ބުނަނީ ހަމަ އެެހެންވެ. "ދިވެހިރާއްޖެއިން އިޒްރޭލާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރު" ކަމަށާއި، "ނަމަވެސް 1974 ވަނަ އަހަރު އެ ގުޅުން ކަނޑާލި ފަހުން، މިއަދާ ހަމައަށްވެސް ސިޔާސީ ގުޅުން އޮތީ މެދުކަނޑާލެވިފައި" ކަމަށް ރައީސް އޮފީހުން ރޮއިޓަރސްއަށް ފޮނުވި ރަސްމީ ލިޔުމެއްގައި ބުނެފައިވެ އެވެ. 

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި، އިޒްރޭލުގައި އުފައްދާ ހުރިހާ މުދަލެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވަނީ 26 ޖުލައި 2014 ގައި ކަން ސާފުކޮށް ފެންނަން އެބައޮތެވެ. އަދި އިޒްރޭލުގެ އުފެއްދުންތަކާ ގުޅޭގޮތުން އާ މަނާކުރުމެއް އިއުލާނުކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ފެންނާކަށް ނެތެވެ.

ނަމަވެސް ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، އާންމުން އަޑު އުފުލާ މިއީ ޔަހޫދީ ވެރިކަމެއް ކަމަށް ބުނެ ލަގަބު ދިން ހިސާބުން މަޖުބޫރުވެގެން ޕާސްޕޯޓް މަނާކުރީ އެވެ. އިތުރު އެއްވެސް ޗޮއިސްއެއް އޮވެގެން ނޫނެވެ. އެކަން ކުރީ ވެސް މިދިޔަ އަހަރު އެވެ. ޕްރެޝަރު ބޮޑު ވެގެންނެވެ. 

ދައްކަން މިއުޅެނީ މި ވާހަކައެއް ނޫނެވެ. މި ވާހަކަ މި ދައްކާލީ ކުރިން ވެސް މި ސަރުކާރުން ޖެއްސި ސްޓަންޓް ކުޑަކޮށް އާކޮށްލާށެވެ. ޔަހޫދީ ދައުލަތް އިސްރާއިލާއި، ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދައުވާ ކުރާ އިސްތިއުމާރީ ޖަރީމާ ހިންގާ އެމެރިކާއިން އީރާނަށް ދިން ހަމަލާގެ ވާހަކަ އެވެ. އެ ހަމަލާގައި އެ ގައުމުގެ އެންމެ އިސް ވެރިޔާ އަވަހާރަކޮށްލި ވާހަކަ އެވެ. މުސްލިމް ލީޑަރުން ތިއްބާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ ހިމާޔަތުގައި މޭ އައްޑަނައަކަށް ދިގުކޮށްގެން ނުކުތް އީރާނުގެ ވާހަކަ އެވެ. 

ނަމަވެސް މިހާރު މި އޮތް ވެރިކަމުގައި ތިބި މީހުންގެ ނުބައި ނުލަފާ ކަމާ އެވެ. މަ ހަމަ ހައިރާންވެއްޖެ އެވެ. އަޖައިބު އަންތަރީސް ވެއްޖެ އެވެ. ދީނޭ ވަހުދަތޭ މުސްލިމުންނޭ ކިޔައިގެން ނުކުތް ވެރިން މިއަދު ތިބީ 3 މަކުނުގެ މިސާލުގަ އެވެ. ނަމަވެސް އިދިކޮޅަށެވެ. 3 މަކުނުގެ މިސާލަކީ "ނުބައި ނުފެންނަ، ނުބައި އަޑުއަހާ، ނުބައި ނުބުނާ" މި ބަސް ތަމްސީލުކުރާ "ތިން ޙިކުމަތްތެރި މަކުނަށެވެ. ނަމަވެސް މި ސަރުކާރަށް އޮތީ ނުބައި ފެނި ހައްގު ބަސް ނުބުނެވެ. ނުބައި އަޑު އަހާ އެއާ ދެކޮޅު ނުހެދުމެވެ. އަދި ނުބައި ބުނެމެވެ. 

އެއްކަލަ މުއިއްޒުގެ ދީނީ އިސްލާމީ ވަހުދަތުގެ ވަރުގަދަ ތަބަށްވީ ގޮތެއް ވެސް ނޭނގެ އެވެ. ޔަހޫދީންނާއި އެމެރިކާގެ ކުރިމަތީގައި މި ސަރުކާރަށް ކުޑަކަކޫ ޖަހަން ފަޅި ސިކުންތެއް ވެސް ނުނަގަ އެވެ. އެމެރިކާ އިން ދިން ހަމަލާގައި އީރާންގެ އެންމެ މަތީ ވެރިޔާ، އަދި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލާފައިވާއިރު، ޚާމަނާއީ ގެ ނަން ވިދާޅުވާން ވެސް ރައީސް މުއިއްޒަށް ކެރިވަޑައިނުގެންނެވި އެވެ. ނުވިތާކަށް އެކަން ކުށްވެރި ކުރާކަށް ވެސް ނުކެރުނެވެ. އެވާހަކަ ބާއްވާނަމެވެ.

އިސްވެ އީރާނަށް ހަމަލާދީނީ ޔަހޫދީންނާއި އެމެރިކާއިންނެވެ. ނަމަވެސް މުސްލިމު ގައުމަކަށް ހަމަލާދީ ވެރިއަކު އަވަހާރަކޮށްލުން އެއީ މި ސަރުކާރުގެ ދީނީ ސިޔާސަތުގައި ނުހިމެނޭ ކަމެކެވެ. އެހެން ނޫންނަމަ ލަގޮނޑިއަށް ކޮންމެވެސް ވަރެއްގެ އަސަރެއް ވެސް ކުރާނެތާ އެވެ. ކަހާތަން ހިރުވާވެސް ނުލި އެވެ. ދެން އޮތީ އީރާނުން ބަދަލު ހަމަލާ ދިނުމެވެ. ތިމާއަށް ތަދުވާ ހިނދު ބަދަލުގައި ނުޖާހީ ކާކު ހެއްޔެވެ. ހަމަ އެފަދައިން އީރާނުން ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ޔަހޫދީ ދައުލަތަށް އަމާޒުކޮށް ހަމަލާ ދިނީ އެވެ. 

ނަމަވެސް އީރާނުން ދިން ހަމަލާ މުއިއްޒުގެ ސަރުކާރަށް ގޯސް ވެއްޖެ އެވެ. މުއިއްޒުގެ ދީނީ އިސްލާމީ ލަގޮނޑިއަށް ކެތެއް ވެސް ނުވި އެވެ. ޔަހޫދީންނަށް އީރާނުން ދިން ހަމަލާއަކީ ބޮޑު ޖަރީމާއަކަށްވީ އެވެ. އެންމެ ފަހުން ޔަހޫދީންނާއި ހުޅަނގުގެ ރުހުން ހޯދަން އިނގިރޭސީ ބަހުން ބޮޑު ބަޔާނެއް ނެރުނީ އެވެ. 

ޔަހޫދީންނައި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާގެ ދިފާއުގައި އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ފަލަސްތީނުގެ ރައްޔިތުން މަރާ ނަސްލުނައްތާލަމުން ދިޔަ ޔަހޫދީ ދައުލަތް، އިސްރާއިލަށް ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރީ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ނެރުނު ދެފުށްދެގޮތް ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)، ގަތަރު، ކުވެއިތު، ބަހްރޭން އަދި އިސްލާމީ އުޚުއްވަތްތެރި އެހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މި ބަޔާނުގައި ގަލްފް ސަރަހައްދުގެ އެއާޕޯޓްތަކާއި ތެޔޮ އުފައްދާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ މެދު ދިވެހި ސަރުކާރުން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ބުނެފައިވެ އެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ސަރުކާރުން ފާހަގަކުރި އެވެ. މީގެ އިތުރުން، ގަލްފުގެ ގައުމުތަކުން އެއްވެސް ރައްދު ހަމަލާއެއް ދީފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ. 

މި ސަރުކާރުގެ ޔަހޫދީ ކަމާ އެވެ. ފެންނަ އޮތް ހަގީގަތް ވެސް އޮޅުވާލީ އެވެ. ހަގީގަތް އާންމު ރައްޔިތު މީހާ އަށް އެނގެ އެވެ. ރައްޔިތު މީހާ ހުރީ އީރާނާއެކު އެވެ. އަދި އިރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާ ދިން ކަމަށް މުއިއްޒު ވިދާޅުވެ ބޮޑު ސިންގާ ބަޔާނެއް ނެރުނު އިރު، އީރާނުން ހަމަލާދިނީ އިސްލާމުންނޭ ކިޔާ އަރަބިކަރައިގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށްކަން ނިކަމެތި ދިވެހި ރައްޔިތު މީހާ ދަނެ އެވެ. އެވަރު މުއިއްޒު އަކަށް ނޭނގުނެވެ. 

ދެން ފެނުނީ ސޯޝަލް މީޑިއާގައި މި ވާހަތަކަށް ފަސް އަޅާ ފޮރުން އުޅުނު މަންޒަރެވެ. މާތްވެގެންވާ މި ރޯދަ މަހު މި ސަރުކާރުން މުސްލިމުންނަށް އިހާނެތިކޮށް ހިތުމުން ވެސް ސަރުކަރުގެ ބޮޑު މުސާރައިގައި ތިބި މީހުން ނުކުތީ މުއިއްޒުގެ ދެފުށްދެގޮތް ސަރުކާރުގެ ދިފާއުގަ އެވެ. ބަޔާނުގައި ބުނި ވާހަކައަށްވުރެ ގަދައަށް ދެން ދައްކަން ފެށީ އިސްރާއިލުގެ ވާހަކަ އެވެ. އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ދިވެހިރާއްޖެއިން އިޒްރޭލާއެކު އޮތް ގުޅުން ކަނޑާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރުތައް ފަތު އަޑު ކިޔާފައި އިތުރުކުރީ އެވެ. މުޅި މައުޟޫ ބަދަލު ކުރާށެވެ. 

ނަމަވެސް އިންޑިއާ ކަނޑުގެ މި ޖަޒީރާ ގައުމުން އިޒްރޭލާއެކު ސިޔާސީ ގުޅުން ބާއްވާފައި ނުވާތާ ބައި ގަރުނު ވެއްޖެ އެވެ. ސަރުކާރުގެ ދިފާއުގައި، މުއިއްޒުގެ ސަރުކާރުން އިސްރާއިލާ ގުޅުން ކަނޑާލިކަމަށް ދައްކާ ވާހަކަކީ މިއީ އޮޅުވާލުމެކެވެ. ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ 1974 ވަނަ އަހަރު އެވެ. އަދި އިޒްރޭލުގެ މުދާ ރާއްޖެއަށް އެތެރެކުރުން މަނާކުރީ 2014 ވަނަ އަހަރު އެވެ.

އިޒްރޭލްފަލަސްތީނުޑރ. މުޙައްމަދު މުޢިއްޒުއީރާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

ދެ އިންތިހާބެއް އެއްކޮށްލަން އުޅުމަކީ ގާނޫނުއަސާސީ އިން ރައީސް އަށް ލިބިގެންވާ ބާރެއް ނޫން، މިއީ ރައީސް އަޒުލުކުރަންޖެހޭ ވަރުގެ މައްސަލަ އެއް: މޫސަ

13 މާރިޗު 2026
މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު

މުއިއްޒުގެ މަގްސަދަކީ 30 އަހަރުގެ ވެރިކަން ތަކުރާރުކުރުން: ފަލާހު

13 މާރިޗު 2026
އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒަކަށް އެމެރިކާއިން ހަމަލާދީފި

13 މާރިޗު 2026
އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް

އދ. ތަޖުރިބާކާރުން: ޣައްޒާގައި އިޒްރޭލުން ހިންގި ފަދަ ގަތުލުއާންމާއި ފަނާކުރުންތައް މުޅި ސަރަހައްދަށް ފެތުރުމުގެ ބިރު އެބައޮތް

13 މާރިޗު 2026
އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

އެމެރިކާގެ އަސްކަރިއްޔާގެ ބާރެއްގެ ގޮތުގައި ބެލެވޭ ކޭސީ-135 ބޯޓު ވައްޓާލައިފި

13 މާރިޗު 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު