Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން، އަނަޑޯލޫ އެޖެންސީގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، އޭނާގެ ޙާލު ކޮޅު ރަނގަޅު ކަމަށް. އަދި ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ އަކީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށާއި، އެއީ ދޮގު ޚަބަރު ތަކެއް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 06:43
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް އޭނާގެ އޮފީހުން ދޮގު ކޮށްފި އެވެ. 

ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ އެކި ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން، އަނަޑޯލޫ އެޖެންސީގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، އޭނާގެ ޙާލު ކޮޅު ރަނގަޅު ކަމަށެވެ. އަދި ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަ އަކީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެއް ކަމަށާއި، އެއީ ދޮގު ޚަބަރު ތަކެއް ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަމަލާ ދިނުމާ ގުޅިގެން، ރައްދުގައި އީރާން ވެސް ގެންދަނީ ގިނަ ހަމަލާ ތަކެއް ދެމުންނެވެ. ދާދި ފަހުން ނަތަންޔާހޫ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާ ކޮށްފައިވާ ވީޑިއޯ މެސެޖަކީ، އޭއައި ބޭނުން ކޮށްގެން އުފައްދާފައިވާ މަންޒަރު ތަކެއް ކަމަށް ގިނަ ބަަޔަކު ތުހުމަތު ކޮށްފައިވެ އެވެ. ޚާއްސަކޮށް އެ ވީޑިއޯގެ 35 ވަނަ ސިކުންތުގައި ނަތަންޔާހޫ އޭނާގެ އަތް އުފުލާލާ ވަގުތު، އޭނާގެ ކަނާއަތުގެ ކުޑަވާ އިނގިލި ކައިރިން އިތުރު އިނގިޔެއް، ނުވަތަ ހަ ވަނަ އިނގިއްޔެއް ފެންނަ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ އެއީ އޭއައި ބޭނުން ކޮށްގެން ވީޑއޯ އުފައްދާއިރު އާންމުކޮށް ދިމާވާ "ފިންގާ ގްލިޗް"އެއް ކަމަަށެވެ. 

މީގެ އިތުރުން ވެސް ނަތަންޔާހޫއާ މެދު ގިނަ ސުވާލު ތަކެއް އުފެދިފައިވާއިރު، ބޮޑު ވަޒީރުގެ އޮފީހުން ތަކުރާރުކޮށް ބުނެފައި ވަނީ، އޭނާގެ ޞިއްޙީ ޙާލު ކޮޅު ރަނގަޅު ކަމަށެވެ. އަދި ނަތަންޔާހޫ ގެންދަވަނީ ބޮޑު ވަޒީރުގެ މަސްއޫލިއްޔަތު އަދާ ކުރައްވަމުން ކަމަށާއި، ނަތަންޔާހޫ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން ސޯޝަލް މީޑިއާގައި ވެސް ވަރަށް ޙަރަކާތްތެރި މީހެއްގެ ގޮތުގައި ފާހަގަވެފައިވާ ނަތަންޔާހޫ، މިހާރު ޕޯސްޓު ކުރައްވަނީ ވަރަށް މަދުންނެވެ. އަދި އާންމުންގެ ތެރެއަށް ނިކުންނަވާ ވަގުތު ވެސް ވަނީ ވަރަށް ބޮޑަށް މަދު ކުރައްވައިފަ އެވެ.

މަސްދަރު: އެންޑީޓީވީ

އީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލްބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

15 މާރިޗު 2026
ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

15 މާރިޗު 2026
އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

15 މާރިޗު 2026
އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

އިޒްރޭލުގެ ޖާސޫސީ އިދާރާގެ މައި ޔުނިޓެއް ކަމަށްވާ "ޔުނިޓް 8200" އަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު