Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާާން ހަނގުރާމަ

މަރުވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގު ކުރުމަށް، ނަތަންޔާހޫ ވީޑިއޯއެއް އާންމު ކޮށްފި

އެ ވީޑިއޯގައި ނަތަންޔާހޫގެ އެހީތެރިޔަކު ވަނީ އޭނާ މަރުވެފައިވާ ކަމަށް ބުނެ ފަތުރަކުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފައި. އެ ސުވާލު ކުރުމުން ނަތަންޔާހޫ ވަނީ، އިޒްރޭލްގެ ބަހުން މަޒާޖީ ލަފުޒެއް ބޭނުން ކޮށްގެން ޖަވާބު ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މާރިޗު 2026 | ހޯމަ 05:51
ސޯޝަލް މީޑިއާގައި ނަތަންޔާހޫ އާންމު ކުރި ވީޑިއޯގައި އޭނާ އަތް ދައްކާލަނީ

ސޯޝަލް މީޑިއާގައި ނަތަންޔާހޫ އާންމު ކުރި ވީޑިއޯގައި އޭނާ އަތް ދައްކާލަނީ | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އީރާން އިން ދެމުން އަންނަ ހަމަލާ ތަކުގައި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މަރުވެފައިވާ ކަމަށް ބުނާ ވާާހަކަ ދޮގު ކުރުމަށް، އޭނާ ވީޑިއޯ އެއް ޕޯސްޓު ކޮށްފި އެވެ. 

އާދީއްތަ ދުވަހު ނަތަންޔާހޫ ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓު ތަކުގައި އެ ވީޑިއޯ އާންމު ކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަނީ ގުދުސްގެ ބޭރުގައި ހުންނަ ކެފޭއެއްގައި އޭނާ ކޮފީއެއް ބޯން ހުންނަ މަންޒަރެވެ. އަދި އެ ވަގުތު އޭނާ މީހަކާ ވާހަކަ ދައްކާ މަންޒަރު އަދި އަޑު ވެސް އިވެ އެވެ. 

އެ ވީޑިއޯގައި ނަތަންޔާހޫގެ އެހީތެރިޔަކު ވަނީ އޭނާ މަރުވެފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެ ސުވާލު ކުރުމުން ނަތަންޔާހޫ ވަނީ، އިޒްރޭލްގެ ބަހުން މަޖާޒީ ލަފުޒެއް ބޭނުން ކޮށްގެން ޖަވާބު ދީފަ އެވެ. ކޮފީ ތަށި ހިފަމުން ނަތަންޔާހޫ ބުނެފައި ވަނީ، އޭނާ އަކީ ކޮފީ އަށް މަރުދޭ މީހެއް ކަމަށާއި، އޭނާގެ ޤައުމުގެ ރައްޔިތުން އޭނާ ދެކެ އިންތިހާ އަށް ލޯބިވާ ކަމަށެވެ. 

ރޮއިޓާސް އިން ވަނީ މި ވީޑިއޯގެ ޞައްޙަކަން ކަށަވަރު ކޮށްފަ އެވެ. އެގޮތުން އެ އެޖެންސީ އިން ވަނީ މި ވީޑިއޯ ނަގާފައިވަ ތަނާއި، ވީޑިއޯ ނަގާފައިވާ ތާރީޚު ޞައްޙަ ކަމަށް ބުނެފަ އެވެ. އެގޮތުން ވީޑިއޯ އިން ފެންނަ ކެފޭގެ އެތެރޭގެ މަންޒަރު ތަކަކީ ކުރީގެ ފޮޓޯތަކާ ދިމާވާ މަންޒަރު ތަކެއް ކަމަށާއި، އަދި އެ ކެފޭ އިން އާދީއްތަ ދުވަހު އާންމު ކުރި އެހެން ފޮޓޯތަކާއި ވީޑިއޯ ތަކުން ވެސް ނަތަންޔާހޫ ެ ކެފޭ އަށް ޒިޔާރާތް ކޮށްފައިވާކަން އިނގޭ ކަމަށް ރޮއިޓާސް އިން ބުނެފައިވެ އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ނަތަންޔާހޫ ވަނީ، ހަމަލާތައް އަމާޒުވި އިޒްރޭލްގެ ދެ ރަށެއްގެ އިތުރުން، ހޮސްޕިޓަލަކާއި، ބަނދަރަކާއި އަދި އަސްކަރީ މަރުކަޒު ތަކަކަށް ވެސް ޒިޔާރާތް ކޮށްފަ އެވެ. ނަމަވެސް، މީގެ ތެރެއިން އެއްވެސް ޒިޔާރަތެއްގައި މީޑިއާ ތަކަށް ފުރުސަތު ދީފައި ނުވާއިރު، ސޯޝަލް މީޑިއާގައި އާންމު ކޮށްފައި ވަނީ ބޮޑު ވަޒީރުގެ އޮފީހުން ތައްޔާރު ކޮށްފައިވާ ވީޑިއޯ ތަކެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބެންޖަމިން ނަތަންޔާހޫއިޒްރޭލް

އިތުރަށް ކިޔާލަން

15 މާރިޗު 2026

އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

15 މާރިޗު 2026
އީރާން އަށް ޝާހިދު ޑްރޯން ފޯރުކޮށްދެނީ ރަޝިޔާ އިން ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
15 މާރިޗު 2026

މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

15 މާރިޗު 2026
މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ
15 މާރިޗު 2026

ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ

15 މާރިޗު 2026
ކާމިޔާބީ އިއުލާން ކުރުމަށް ފަހު، އީރާނުގެ ހަނގުރާމަ އިން ބޭރުވާން ޖެހޭ ކަމަށް ޓްރަމްޕްގެ އިސް އެޑްވައިޒަރަކު ވިދާޅުވެއްޖެ
15 މާރިޗު 2026

ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު

15 މާރިޗު 2026
ހަމަލާ ތަކުން ދިފާއު ވުމުގެ ޙައްގު ޔޫއޭއީ އަށް އެބަ އޮތް، އެކަމަކު މިތިބީ ކެތްތެރިކަން އިސްކޮށްގެން: ޔޫއޭއީ ރައީސްގެ އެޑްވައިޒަރު
15 މާރިޗު 2026

ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ

15 މާރިޗު 2026
ނަތަންޔާހޫ މަރާލާނެ ކަމަށް ބުނެ އީރާން އިން ވަރުގަދަ އިންޒާރެއްދީ، އެކަމަށް ވައުދު ވެއްޖެ
15 މާރިޗު 2026

ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި

15 މާރިޗު 2026
ނަަތަންޔާހޫ މަަރުވެފައިވާ ކަމަށް ބުނާ ވާހަކަ އޭނާގެ އޮފީހުން އެންމެ ފަހުން ދޮގު ކޮށްފި
15 މާރިޗު 2026

މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް

15 މާރިޗު 2026
މުޖުތަބާ ޚާމަނާއީ ދިރިހުރިކަން ޔަޤީނެއް ނޫން: ޓްރަމްޕް
15 މާރިޗު 2026

ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

15 މާރިޗު 2026
ޚަރްޖް އައިލެންޑަށް އިތުރު ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
15 މާރިޗު 2026

އީރާނުގެ "ޝާހިދު-136" ޑްރޯން ކޮޕީކޮށްގެން އުފައްދާފައިވާ ޑްރޯން ބޭނުންކޮށްގެން، ސަރަހައްދީ ގައުމުތަކުގެ މަދަނީ އިންފްރާސްޓްރަކްޗާރަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދެމުންދާ ކަމަށް އީރާނުން ބުނެފި

އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި

15 މާރިޗު 2026
އީރާނަށް ދޭ "ހަމަލާތަކުގެ މައި މަރުކަޒު" ކަމަށްވާ ސައުދީގެ އަލް ޚަރްޖް އެއާބޭސްއަށް މިސައިލް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު