Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިލެކްޝަންސް ކޮމިޝަން

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އިންތިޚާބާބެހޭ މަރުކަޒު ހުންނަ އިމާރާތާ އިންވެގެން ހުރި ގުދަނެއްގައި އަލިފާން ރޯވުމުގެ ސަބަބުން، ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން މިވަގުތަށް ހުއްޓާލާފައިވާ ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 18:08
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތީޚާބު 2026 އާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތީޚާބު 2026 އާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން. | އިލެކްޝަންސް ކޮމިޝަން

ބުދަ ދުވަހުގެރޭ އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން، ކުރިއަށް އޮތް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ
Raajje.mv

އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

މި ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވަނީސް އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އިންތިޚާބާބެހޭ މަރުކަޒު ހުންނަ އިމާރާތާ އިންވެގެން ހުރި ގުދަނެއްގައި އަލިފާން ރޯވުމުގެ ސަބަބުން، ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އަދި މި މަސައްކަތް އަލުން ފަށާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement
Your browser does not support the video tag.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިޚާބާބެހޭ މަރުކަޒާ ވަރަށް ކައިރީގައި ކަމަށް ވީނަމަވެސް، އިންތިޚާބާ ގުޅުންހުރި އެއްވެސް މުހިންމު ލިޔެކިއުމަކަށް މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މިއީ އިންތިޚާބުގެ އިންތިޒާމުތަކަށް ބުރޫއަރާފާނެ ފަދަ ހާދިސާއަކަށް ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، އިންތިޚާބާބެހޭ މަރުކަޒުގެ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެކަމަށް ބެލެވެ އެވެ. ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުމަކީ އިންތިޚާބުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. 

އިލެކްޝަންސް ކޮމިޝަންވޯޓާސް ރަޖިސްޓަރީއަލިފާނުގެ ހާދިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

18 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026
ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

18 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު