Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާގެ ބާޒާރު

ރާއްޖޭގެ ވަޒީފާގެ ބާޒާރު މި ސަރުކާރުން ހަލާކުކޮށްފި، ވަޒީފާއާއެކު ޒިންމާތަކެއް އޮންނަ އޮތުން ދަނީ ނެތެމުން: ޝަރީފް

ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އެތައް ކުންފުންޏަކާއި އިދާރާތަކުން ގެންދަނީ ވަޒީފާތައް އިއުލާނު ކުރަމުން. އެގޮތުން މަސައްކަތްތައް ހުއްޓިފައިވާ ރަށްރަށުގައިވެސް އެކި ނަންނަމުގައި ވަޒީފާތައް އިއުލާނުކޮށްފައިވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2026 | ހޯމަ 05:55
އަހުމަދު ޝަރީފް

އަހުމަދު ޝަރީފް | ސްޓެލްކޯ

ރާއްޖޭގެ މަސައްކަތުގެ އިންޑަސްޓްރީއަށް މި ސަރުކާރުން ބޮޑު ގެއްލުމެއް ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް އެހެން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝަރީފް ވިދާޅުވީ، މި ހިނގަމުންދާ ސަރުކާރުން ރާއްޖޭގެ މަސައްކަތުގެ އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާކަމަށެވެ. އެގޮތުން ޒުވާނުން ވަޒީފާއާ މެދު ގެންގުޅޭ ވިސްނުމަށް މި ސަރުކާރުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ވަޒީފާއެއްގައި ހުންނައިރު މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭނެކަމަށް އޮންނަ އޮތުން މިހާރު ގެއްލެމުންދާކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ސިޔާސީ އެކި މަޤާމުތަކާއި އެކި ވަޒީފާތަކުގައި ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު އެބަތިބި ކަމަށާއި، ނަމަވެސް އެމީހުން ކުރާނެ މަސައްކަތެއް ނެތް ކަމަށެވެ.

  ރާއްޖޭގެ ޒުވާނުންގެ މަސައްކަތާބެހޭ އެޓިޓިއުޑް މި އޮތީ މި ސަރުކާރުން އައިސް ވަރަށް ބޮޑަށް ގެއްލުވާލާފައި، ވާހަކައަކީ ވަޒީފާއެއްގައި ހުރެފައި މަސައްކަތެއް ކުރަންޖެހޭނެކަމަށް އޮންނަ އޮތުން މިހާރު ނެތް، ސަބަބަކީ ދައުލަތުގެ ވަޒީފާގައި ސިޔާސީ މަސައްކަތްތަކުގައި އެތައް ހާސް ބަޔަކު އެބަތިބި މިހާރު، ތިބިއިރު އެމީހުން އަދާކުރާނެ ވަޒީފާއެއް ނުވަތަ ކުރާނެ މަސައްކަތެއް ނޯވޭ.
އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ، އެކަންކަން އާންމުވަމުން ދިއުމުގެ ސަބަބުން މަސައްކަތް ކުރުމަކީ ލާޒިމު ކަމެއްކަންވެސް މިއަދު ބައެއް މުވައްޒަފުން ޤަބޫލު ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ، މިއީ ކުރިއަށް އޮތް ޖީލުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ކަމެއް ކަމަށާއި، އެކަމުގެ ގެއްލުމުން އަރައިގަންނަންވެސް އުނދަގޫވާނެ ކަމަށެވެ.

ޝަރީފް އެހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އެތައް ކުންފުންޏަކާއި އިދާރާތަކުން ގެންދަނީ ވަޒީފާތައް އިއުލާނު ކުރަމުންނެވެ. އެގޮތުން މަސައްކަތްތައް ހުއްޓިފައިވާ ރަށްރަށުގައިވެސް އެކި ނަންނަމުގައި ވަޒީފާތައް އިއުލާނުކޮށްފައިވެއެވެ. 

 

 

ޝަރީފްކައުންސިލް ވޯޓު

އިތުރަށް ކިޔާލަން

15 މާރިޗު 2026

ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

15 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު