Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ސަރުކާރުން ގެންދަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން: ނިޔާޒް

ނިޔާޒު ވިދާޅުވީ، ރެފަރެންޑަމަށް އަހުލުވެރި ކުރުވުމަށްކަމަށް ބުނެ ޕީއެސްއެމްއިން ހިންގަމުންދާ ޕްރޮގްރާމުގައި ގެނެސްދެމުންދަނީ ހަމައެކަނި ރެފަރެންޑަމަށް ތާއީދުކޮށް ކެމްޕޭން ކުރާ ފަރާތްތައް ކަމަށާއި، އެކަމުގެ ދެކޮޅު ގެނެސްދެމުން ނުދާ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 މާރިޗު 2026 | ހޯމަ 09:53
ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު

ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު | ރާއްޖެ އެމްވީ

ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުންދާކަމަށާއި، އެކަމުގެ ހަގީގަތް ހާމަ ކުރުމަށް އިދިކޮޅު ޕާޓީއަށް ފުރުސަތެއްވެސް ނުލިބޭކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ވިދާޅުވެ ހޯމަ ދުވަހު އެމްޑީޕީން ވަނީ އެތަނަށްގޮސް އިހުތިޖާޖުކޮށްފައެވެ. އެގޮތުން އެމްޑީޕީން އިހުތިޖާޖުކުރީ ތަކުރާރުކޮށް އެދިގެންވެސް އެކަމާ ގުޅިގެން ބައްދަލުކުރާނެ މީހަކު ނުވުމުންނެވެ.

ނިޔާޒު ވިދާޅުވީ، ދައުލަތުގެ މީޑިއާއަކީ 24 ގަޑިއިރު ހިންގާ ސްޓޭޝަނެއް ކަމަށާއި، އެތަނަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ހުންނަންވާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، ރެފަރެންޑަމަށް އަހުލުވެރި ކުރުވުމަށް ކަމަށް ބުނެ ޕީއެސްއެމްއިން ހިންގަމުންދާ ޕްރޮގްރާމުގައި ގެނެސްދެމުންދަނީ ހަމައެކަނި ރެފަރެންޑަމަށް ތާއީދުކޮށް ކެމްޕޭން ކުރާ ފަރާތްތައް ކަމަށާއި، އެކަމުގެ ދެކޮޅު ގެނެސްދެމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި، އެ ކަންބޮޑުވުން އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ވެސް މީގެ ކުރިން ހިއްސާކޮށްފައިވާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، މިއަދު ފެންނަމުންދަނީ ފެންނަ ނުފެންނަ ވޯޓަށް ހަމައެކަނި ސަރުކާރުގެ ސްޓޭންޑް ޕްރޮމޯޓު ކުރުމަށް ދައުލަތުގެ މީޑިއާއިން މަސައްކަތް ކުރާތަން ކަމަށެވެ. މިއީ ރައީސް އޮފީހުން ހިންގާ ޕްރޮގްރާމެއްތޯވެސް ނިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.

ކުރީގައިވެސް ރާއްޖޭގައި އެބަހުރި ރެފަރެންޑަމް ވޯޓު ނަގާފައި އިނގޭތޯ، އޭރު ދައުލަތުގެ މީޑިއާއަށް ޚާއްސަކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދެފަރާތުގެ ބަސް ގެނައުން އޮވޭ، ނަމަވެސް ހަމައެކަނި މިހާތަނަށް މިބޭފުޅުން ހޭލުންތެރި ކުރުވުމުގެ ނަމުގައި ހިންގި ޕްރޮގްރާމްގައި މި ފެނުނީ އެއްކޮޅު، ހަމައެކަނި ފެންނަ ނުފެންނަ ވޯޓަށް ސަރުކާރުގެ ސްޓޭންޑް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާތަން،
ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު

ނިޔާޒް ވަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަމުން ދާ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން، ސަރުކާރުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން މިއަދު މިނިވަން މުއައްސަސާތަކަށް ބިރު ދައްކަމުންދާކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި ވޯޓަކީ ވެސް ގަދަބާރުން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް ނަގާ ވޯޓެއް ކަމަށެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ، ދައުލަތުގެ މީޑިއާއަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގާ ތަނެއް ކަމަށާއި، އެތަން ހިންގަން ޖެހެނީ ކަނޑައެޅިފައިވާ ވަކި ޤާނޫނެއްގެ ދަށުން ކަމަށެވެ. ވީއިރު، ހަމަހަމަ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ލިބެންވާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

 

 

ރެފަރަންޑަމް ބިލުޕީއެސްއެމް ނިއުސް

އިތުރަށް ކިޔާލަން

16 މާރިޗު 2026

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!
15 މާރިޗު 2026

ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް

15 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެކޭ ބުނެ ވޯޓު ދިނުމަކީ ރައީސް މުއިއްޒަށް ނޫނެކޭ ބުނެ ދެވޭ ވޯޓެއް: ޝަރީފް
14 މާރިޗު 2026

ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ

14 މާރިޗު 2026
ރެފަރެންޑަމްގެ މައުލޫމާތު ފޯރުކޮށްދޭން ދައުލަތުގެ މީޑިއާއިން ހަމަހަމަ ފުރުސަތެއް ނުލިބޭ: ވައްޑެ
12 މާރިޗު 2026

ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!

12 މާރިޗު 2026
ރެފަރެންޑަމަށް ތައްޔާރުވާން މަސައްކަތް ކުރަންޖެހޭ މިންވަރާ ގާތަށްވެސް ނުކުރެވޭކަމަށް އީސީގެ ރައީސް އެއްބަސްވެވަޑައިގެންފި، ވިދާޅުވީ ގިލްޓީ ފީލްވާކަމަށް!
12 މާރިޗު 2026

އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ

12 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނާއެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުން ސާފުވެގެން ދިޔައީ އެ ކޮމިޝަނުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްވަރު: ޝިއްޕެ
28 ފެބުރުއަރީ 2026

ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!

28 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކުރަން ނުޖެހޭ ކަމުގެ ހެކި އެންމެ ފޮޓޯ ގަނޑަކުން!
24 ފެބުރުއަރީ 2026

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ

24 ފެބުރުއަރީ 2026
ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުޢިއްޒު ނެރުއްވި ޤަރާރު ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް ދަނީ
15 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!

15 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކަށް އަރާ ކަމަށް މި ސަރުކާރުން ބުނާ އަދަދަކީ ދޮގެއްކަން ފަޅާ އަރައިފި!
15 ސެޕްޓެމްބަރު 2025

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ގެ އަޑީގައި ފޮރުވިފައި ވަނީ ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުން: އެމްޑީޕީ

15 ސެޕްޓެމްބަރު 2025
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ގެ އަޑީގައި ފޮރުވިފައި ވަނީ ރިޔާސީ ދައުރު އިތުރު އަހަރުތަކަކަށް ދިގު ދަންމައިލުން: އެމްޑީޕީ
05 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން

05 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އުޅުއްވަނީ މީޑިޔާތައް ތަޅުއަޅުވައި ރިޔާސީ ދައުރު ދިގު ދަންމަވަން: ޝެއިޚް އިމްރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު