Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ކަޕް

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ޚާއްސަ ކޮށްފައި ވަނީ 16 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ. މުބާރާތުގައި އަށް ޓީމެއް ވާދަ ކުރާނެ އެވެ. ޖުމުލަ 18 މެޗު ކުޅޭ ގޮތަށް މުބާރާތް ރާވާފައިވާއިރު، މުބާރާތް ކުރިއަށް ގެންދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 04:03
އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮަނަލް މެސީ، އޭނާގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަން އިއުލާން ކޮށްފި އެވެ.

"މެސީ ކަޕް"ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ޚާއްސަ ކޮށްފައި ވަނީ 16 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ. މުބާރާތުގައި އަށް ޓީމެއް ވާދަ ކުރާނެ އެވެ. ޖުމުލަ 18 މެޗު ކުޅޭ ގޮތަށް މުބާރާތް ރާވާފައިވާއިރު، މުބާރާތް ކުރިއަށް ގެންދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި މުބާރާތް އޮންނާނީ އެމެރިކާގެ ފްލޮރިޑާގަ އެވެ. މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ ތެރޭގައި ޗެލްސީ، މެންޗެސްޓަރ ސިޓީ، އިންޓަ މިއާމީ، ބާސެލޯނާ، ރިވާ ޕްލޭޓް، އިންޓަ މިލާން، ނެވެލްސް އޯލްޑް ބޯއީސް އަދި އެތުލެޓިކޯ މެޑްރިޑް ހިމެނެ އެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޕޯޓް ލޯޑަޑޭލްގައި ހުންނަ މިއާމީގެ ޗޭސް ސްޓޭޑިއަމްގަ އެވެ. މިއަހަރު ފަށާ މި މުބާރާތް، ކޮންމެ އަހަރަކު ވެސް ދެން ކުރިއަށް ގެންދާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

މުބާރާތް އިއުލާން ކުރަމުން، މެސީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ބުނެފައި ވަނީ، މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މިއާމީގައި ދުނިޔޭގެ އެންމެ މޮޅު ކުލަބު ތަކުގެ ޒުވާން ޓީމުތަކަށް ބާއްވާ ފުޓުބޯޅަ މުބާރާތެއް އޮންނާނެ ކަމަށެވެ.

މި މުބާރާތުގެ ސަބަބުން ކުޅިވަރުގެ މުސްތަޤުބަލު ފެންނާނެ ކަމަށާއި، އެއީ ހަމައެކަނި މެޗުތަކެއް ކުޅުމަށް ބާއްވާ މުބާރާތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. މުބާރާތުގެ އިތުރުން، އެހެނިހެން ގިނަ ޙަރަކާތްތަތަކެއް ވެސް އެ ދުވަސްތަކާ ދިމާކޮށް ކުރިއަށް ގެންދިޔުމަށް ވަނީ ރާވައިފަ އެވެ.

މެސީ ކަޕްގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތުގެ ހުރިހާ އިންތިޒާމު ތަކެއް ހަމަޖައްސަނީ، މެސީގެ ޕްރޮޑަކްޝަން ކުންފުނި 525 ރޮސާރިއޯ އިންނެވެ.

މުބާރާތާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ ޓިމް ޕަސްޓޯ ވިދާޅުވެފައި ވަނީ އެ މުބާރާތަކީ، ހުނަރުވެރި ކުޅުންތެރިން އުފެއްދުމާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދުމަށް ބާއްވާ މުބާރާތެއް ކަމަށެވެ. ޚާއްސަކޮށް ދަނޑު މަތީގެ އިތުރުން، ދަނޑުން ބޭރުގައި ވެސް އުޅުންތަކާއި، ގުޅުން އިތުރު ކުރުމަށް އަމާޒު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތުގައި ބައިވެރިވާ އަށް ޓީމު، ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭހެން ދެ ގުރޫޕުކަށް ބަހާލާނެ އެވެ. އެއަށްފަހު ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު، ދެ ގުރޫޕުގެ އެންމެ މަތިން ޕޮއިންޓު ލިބޭ ދެ ޓީމު ދާނީ ޕްލޭ އޮފަށެވެ. ޕްލޭ އޮފް އިން މޮޅުވާ ދެ ޓީމަށް މުބާރާތުގެ ފައިނަލްގެ ޖާގަ ލިބޭނެ އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ، އަށް ފަހަރު ހޯދާފައިވާ މެސީ އަކީ މިހާތަނަށް ފުޓުބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ ކުޅުންތެރިޔާ އެވެ. މިއީ މެސީގެ ނަމުގައި އޭނާ ފުޓުބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

އިންޓަ މިއާމީލިއޮނެލް މެސީމެސީ ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

27 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

ކުޅު ޖެހި މައްސަލައިގައި ސުއަރޭޒް އަށް ހަ މެޗުގެ ސަސްޕެންޝަނެއް

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު