Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ މިއާމީ

ޖޯޑީ އަލްބާ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި

ޖޯޑީ އަލްބާ ބުނެފައި ވަނީ ފުޓުބޯޅަ އިން އޭނާ އަށް ހުރިހާ ކަމެއް ޙާސިލު ކުރެވިއްޖެ ކަމަށެވެ. އެހެންކަމުން މިހާތަނަށް އައިއިރު އޭނާ އަށް އިރުޝާދު ދިން ކޯޗުންނާއި، އޭނާ އާއެކު ކުޅެފައިވާ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން އަދި އިދިކޮޅަށް ކުޅެފައިވާ ކުޅުންތެރިންނަށް ވެސް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 05:34
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ޖޯޑީ އަލްބާ

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ޖޯޑީ އަލްބާ

އެމެރިކާގެ އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޖޯޑީ އަލްބާ، މިހާރު ކުރިއަށްދާ ސީޒަނަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ އިންޓަރ މިއާމީ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. ބާސެލޯނާ ދޫކޮށްލުމަށް ފަހު ޖޯޑީ އަލްބާ އިންޓަރ މިއާމީ އަށް ބަދަލުވީ އެއް އަހަރާ ބައިގެ އެއްްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކޮޅު އޭނާ ވަނީ މިއާމީގެ އެއްބަސްވުން އައު ކޮށްފަ އެވެ.

އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިހާރު ކުރިއަށްދާ މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ސީޒަންގެ ނިޔަލަށެވެ. އެއާއެކު ޖޯޑީ އަލްބާ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލާނެ އެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކުރިއިރު، ޖޯޑީ އަލްބާ ވަނީ މިހާތަނަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ.

ޖޯޑީ އަލްބާ ބުނެފައި ވަނީ ފުޓުބޯޅަ އިން އޭނާ އަށް ހުރިހާ ކަމެއް ޙާސިލު ކުރެވިއްޖެ ކަމަށެވެ. އެހެންކަމުން މިހާތަނަށް އައިއިރު އޭނާ އަށް އިރުޝާދު ދިން ކޯޗުންނާއި، އޭނާ އާއެކު ކުޅެފައިވާ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން އަދި އިދިކޮޅަށް ކުޅެފައިވާ ކުޅުންތެރިންނަށް ވެސް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޒުވާން އުމުރުގައި ފުޓުބޯޅަ ކުޅެން ފެށި ކުލަބާއި، ސީނިއާ ކެރިއަރުގައި އެންމެ ފުރަތަމަ ކުޅުނު ކުލަބަށް ޚާއްސަ ޝުކުރެއް އޮންނާނެ ކަމުގައި ޖޯޑީ އަލްބާ ވަނީ ބުނެފަ އެވެ. އަލްބާ ވަނީ އޭނާގެ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދި ސްޕެއިންގެ ބާސެލޯނާ އަކީ، އޭނާގެ މުޅި ޙަޔާތް އެ ކުލަބަކަށް އޮންނާނެ ކުލަބު ކަމަށް ބުނެފަ އެވެ.

ޚާއްސަކޮށް ބާސެލޯނާގައި ހޭދަ ކުރި މުއްދަތަކީ އެތައް ހަނދާން ތަކެއް ކަމަށާއި، އެ ހަނދާން ތަކަކީ ހިތުން ފޮހެލަން އުނދަގޫ ހަނދާން ތަކެއް ކަމަށް އޭނާ ބުންޏެވެ. ހަމަ އެހެންމެ، ސްޕެއިންގެ ޤައުމީ ޓީމުގައި ހޭދަ ކުރި މުއްދަތާއި، ޤައުމީ ޓީމާ އެކު ހޯދިފައިވާ ކާމިޔާބީ ތަކާ މެދު އުފާވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

އިތުރަށް އަލްބާ ވަނީ މިހާރު އޭނާ ކުޅެމުން އަންނަ މިއާމީ އިން އޭނާ އަށް ފުރުސަތު ދިން ކަމަށްޓަކައި އެ ކުލަަބަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. ޚާއްސަކޮށް އޭނާގެ ކެރިއަރުގެ ފަހު ދުވަސްތައް މިއާމީގައި ހޭދަ ކުރަން ލިބުނު ފުރުސަތުގައި އެ ޓީމުގެ ކުޅުންތެރިންނާއި، ސަޕޯޓަރުންގެ ފަރާތުން އޮތް ލޯބި ފާހަގަ ކުރާ ކަމަށް ޖޯޑީ އަލްބާ ވަނީ ބުނެފަ އެވެ.

އަލްބާ ވަނީ އޭނާގެ ކެރިއަރުގައި ބާސެލޯނާގައި 11 ސީޒަން ހޭދަކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ބާސެލޯނާ އަށް ކުޅެދިން 459 މެޗުގައި 27 ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު އޭނާ ވަނީ 17 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

މިހާރު ކުޅެމުން އަންނަ މިއާމީ އާއެކު ހޭދަ ކޮށްފައިވާ ތިން ސީޒަންގެ ތެރޭގައި އަލްބާ ވަނީ އެ ކުލަބަށް ކުޅެދިން 95 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. އަދި މިއާމީ އާއެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ސްޕެއިންގެ ޤައުމީ ޓީމަށް އަލްބާ ވަނީ 93 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އަދި ޤައުމީ ޓީމާ އެކު އޭނާ ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އިތުރުން، ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާއިންޓަ މިއާމީޖޯޑީ އަލްބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު