Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފި

ބުސްކެޓްސް ބުނީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ ވަރަށް ބޮޑު އުފަލަކާ އެކު ކަމަށެވެ. ޚާއްސަކޮށް އޭނާގެ ކެރިއަރުގެ ދުވަސްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ކެރިއަރާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަަމަށް ބުސްކެޓްސް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ސެޕްޓެމްބަރު 2025 | ހޮނިހިރު 07:12
އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް

އިންޓަރ މިއާމީ އަށް ކުޅެމުން އަންނަ ސާޖިއޯ ބުސްކެޓްސް

އެެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ސާޖިއޯ ބުސްކެޓްސް، ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް އިއުލާން ކޮށްފި އެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުސްކެޓްސް އިއުލާން ކޮށްފައި ވަނީ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގަ އެވެ. ބުސްކެޓްސް ބުނެފައި ވަނީ، އޭނާގެ ފުޓުބޯޅަ ކެރިއަރުގައި އެހީތެރިކަން ދީފައިވާ އެންމެހާ ފަރާތްތަަކަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.

އެކަން އިއުލާން ކުރަމުން ބުސްކެޓްސް ބުނެފައި ވަނީ، ރަސްމީ ފުޓުބޯޅަ އިން ރިޓަޔާ ކުރަންވީ ވަގުތު ޖެހިފައިވާ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. ފުޓުބޯޅަ އަކީ އަބަދު ވެސް އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށް ފާހަގަކޮށް ބުސްކެޓްސް ބުނެފައި ވަނީ، 20 އަހަރުގެ އެތައް ހަނދާންތަކެއް އެކުލެވިގެންވާ ކެރިއަރު ނިމުމަކަށް ގެންނަންވީ ވަގުތު ޖެހިފައިވާ ކަމަށެވެ.

ބުސްކެޓްސް ބުނީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ ވަރަށް ބޮޑު އުފަލަކާ އެކު ކަމަށެވެ. ޚާއްސަކޮށް އޭނާގެ ކެރިއަރުގެ ދުވަސްތަކާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ކެރިއަރާ މެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަަމަށް ބުސްކެޓްސް ބުންޏެވެ. އެހެންކަމުން އޭނާ އާއެކު ކުޅުނު ކުޅުންތެރިންގެ އިތުރުން، އިރުޝާދު ދިން ކޯޗުން އަދި ކެރިއަރުގައި ހިއްސާވެފައިވާ އެންމެނަށް ވެސް ބުސްކެޓްސް ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާން ކުރިއިރު، ބުސްކެޓްސްގެ އުމުރުން މިހާރު 37 އަހަރެެވެ. ބުސްކެޓްސް އޭނާގެ ސީނިއާ ކެރިއަރު ފެށީ ސްޕެއިންގެ ބާސެލޯނާ އިންނެވެ. ބާސެލޯނާގައި ހޭދަ ކުރި 15 ސީޒަންގެ ތެރޭގައި ބުސްކެޓްސް ވަނީ އެ ކުލަބަށް ކުޅެދިން 722 މެޗުގައި 18 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު ވަނީ 32 ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާ ދޫކޮށްލުމަށް ފަހު، 2023 ވަނަ އަހަރު އޭނާ ބަދަލުވީ އިންޓަ މިއާމީ އަށެވެ. މިއާމީ އާއެކު ބުސްކެޓްސް ސޮއި ކޮށްފައި ވަނީ ދެ އަހަރާ ބައިގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާނެ އެވެ. އެހެންކަމުން އެއަށް ފަހު، ބުސްކެޓްސް ފުޓުބޯޅަ ކުޅުން ހުއްޓާލާނެ އެވެ. މިއާމީ އަށް މިހާތަނަށް ކުޅެދިން 105 މެޗުގައި ބުސްކެޓްސް ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އަދި އެ ކުލަބާ އެކު ދެ ތައްޓެއް ކާމިޔާބު ކުރި އެވެ.

ބުސްކެޓްސް ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އެގޮތުން ޤައުމީ ޓީމަށް އޭނާ ވަނީ 143 މެޗު ކުޅެދީ ދެ ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕްގެ އިތުރުން، ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކުރި އެވެ.

ސާޖިއޯ ބުސްކެޓްސްއިންޓަ މިއާމީބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު