Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު އަންގާރަ ދުވަހު ހުޅުވާލަނީ

2026 ވަނަ އަހަރު ބާއްވާ އިންތިޚާބުތަކުގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު މާރިޗު 17 އިން 19 އަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި. މި މުއްދަތުގެ ތެރޭގައި ކެންޑިޑޭޓުން ނުވަތަ މަންދޫބުން އިންތިޚާބާބެހޭ މަރުކަޒަށް ވަޑައިގެން ސޮއިކުރުމުގެ ކަންކަން ނިންމުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ. ކެންޑިޑޭޓުގެ ބަދަލުގައި މަންދޫބަކު ފޮނުވާނަމަ، ކަނޑައެޅިފައިވާ ލިޔެކިޔުންތަކާއެކު ހާޒިރުވާންޖެހޭނެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 17:50
އިލެކްޝަންސްގެ އޮފިޝަލެއް ވޯޓާސް ލިސްޓް ޗެކް ކުރަނީ - ފައިލް

އިލެކްޝަންސްގެ އޮފިޝަލެއް ވޯޓާސް ލިސްޓް ޗެކް ކުރަނީ - ފައިލް | އިލެކްޝަންސް ކޮމިޝަން

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ބޭނުންކުރާ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މި ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު ދީފައިވަނީ އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސޮއިކުރުން ކުރިއަށްދާނީ 2026 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން އެ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށް އަދި ރޭގަނޑު 09:30 އިން 12:00 އަށް ސޮއިކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގަ އެވެ.

ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. މި ސިޓީގައި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމަނަންޖެހެ އެވެ. މީގެ އިތުރުން، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއަކާއި، ސޮއިކުރަން ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ކެންޑިޑޭޓުންވެސް ރަޖިސްޓަރީގައި ސޮއިކުރުމުގެ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެފަހުން ޕާކާއި މައިޒާންތަކަކީ ވެސް ތަރައްޤީކަމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ޤަބޫލުކުރަން މަޖުބޫރުވެއްޖެ ދޯ އެވެ؟

އެންމެފަހުން ޕާކާއި މައިޒާންތަކަކީ ވެސް ތަރައްޤީކަމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ޤަބޫލުކުރަން މަޖުބޫރުވެއްޖެ ދޯ އެވެ؟

15 މާރިޗު 2026
ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

15 މާރިޗު 2026
ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

15 މާރިޗު 2026
ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

15 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު