Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަން ކޮމިޝަން

ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު، މިއީ ވެސް އޮޅުވާލަން ކުރާ ކަމެއް: ނިޔާޒު

ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ ރިފަރެންޑަމް ވޯޓު ގުނުން ދަންވަރުގެ ވަގުތަށް ތަރުތީބުކޮށްފައި އޮތުމަކީ، އެކަން އޮބްޒާވްކުރާނެ ބަޔަކު ނެތި އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކޮށްފައިވޭ. ރާއްޖޭއިން ބޭރުގައި ވޯޓު ފޮށި ނުބަހައްޓާތީއާއި އިންތިޚާބުގެ ކަންކަން ރާވާފައިވާ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ހާމަކުރަމުން، ނިޔާޒު ވިދާޅުވީ މިއީ ރައްޔިތުން އަނދިރީގައި ބޭއްތިއްބުމަށް ސަރުކާރާއި އިލެކްޝަންސް ކޮމިޝަނުން ގުޅިގެން ހިންގާ އަމަލެއް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 08:59
ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮލުމަށް ނަގާ ރިފަރެންޑަމްގެ ވޯޓު ގުނަން ރާވާފައި އޮތީ ދަންވަރުގެ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒު ވިދާޅުވީ  ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ ރިފަރެންޑަމް ވޯޓަކީ ގައުމީ ބޮޑު އިންތިޚާބެއް ކަމަށާއި، ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭއިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓާތީ އެކަމުގެ ކަންބޮޑުވުން އޭނާ ވަނީ ފާޅު ކުރައްވާފަ އެވެ. 

ވޯޓު ގުނުމުގެ ތަރުތީބަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ އެންމެ ފުރަތަމަ ކުރިއަށް ގެންދަނީ ކައުންސިލުގެ އިންތިޚާބުގައި ވޯޓު ގުނުން ކަމަށާއި، ދެވަނަ އަށް ޑަބްލިޔު.ޑީ.ސީގެ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އަދި އޭގެފަހުން ރިފަރެންޑަމް ވޯޓުގެ ނަތީޖާ އިއުލާންކުރާ ގޮތަށް ރާވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރިފަރެންޑަމްގެ ވޯޓު ގުނައި ނަތީޖާ އިއުލާން ކުރަން ނިންމާފައިވަނީ ދަންވަރުކަން ހާމަވާ ކަމަށާއި، މިއީ ވެސް ރައްޔިތުން އަނދިރީގައި ބޭއްތިއްބުމަށް ކުރާ ކަމެއް ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލުގެ އިންތިޚާބަށް އޮބްޒާވްކުރާ މޮނިޓަރުން ލާފައި މި ތިބީ ލޯކަލް ކައުންސިލުގެ އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒާވަރުން. އެ މީހުންގެ ޝައުގުވެރިކަން ވެސް އެ މީހުންގެ އޮބްޒަވޭޝަން ވެސް ހުރިހާ އެއްޗެއް ވެސް އޮންނާނީ ލޯކަލް ކައުންސިލުގެ އިންތިޚާބަށް. ލޯކަލް ކައުންސިލުގެ އިންތިޚާބުގެ ނަތީޖާ ނިމުނީމާ ބައެއް މީހުން މޮޅުވެގެން އުފާފާޅުކުރަން ވެސް އަނެއް ބަޔަކު ދެރަވެގެން ގެއަށް ވެސް ވަންނާނެ. ނަތީޖާއަކަށް ވާނީ، ވޯޓު ފޮށި ދަށުގައި މިކަން ބެލުމަށްޓަކައި އެއަށް އެއްވެސް ބަޔަކު ނުތިބުން. އަޅުގަނޑުމެން މިފަހަރު ލޯކަލް ކައުންސިލުގެ އިންތިޚާބަށް ކުރިމަތިލިރުގައި ބައެއް ރަށްތައް އެބަހުރި އަޅުގަނޑުމެންގެ އޮބްޒާވަރުން މޮނީޓަރުން ނެތް، ގާތްގަނޑަކަށް ތިރީހަކަށް ރަށް އެބަ އޮތް. އެތާ ވޯޓު ޕޮށި ދަށުގައި ތިބެ އޮބްޒާވު ކުރާނީ ނޫނީ މޮނިޓަރ ކުރާނެ ކޮންބައެއްތޯ؟ އެ ފުރުސަތު އަޅުގަނޑުމެން ބޭނުންވޭ. އެހެންވީމާ، މިހިރީ ވަރަށް ބޮޑެތި ކަންބޮޑުވުންތައް.
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި، އީސީގެ ރައީސް މުހައްމަދު ޒާހިދު ސިއްރިއްޔާތުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންކަމުން ނަތީޖާތައް ނެރެވޭނެ ހުރިހާ ގޮތަކަށް އިންތިޚާބުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާ ކަމަށެވެ. 

ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ހައްލު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒްއެމްޑީޕީއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

އިލެކްޝަން ކޮމިޝަން ޖަވާބުދާރީ ކުރުވާނަން، ވޯޓު އޮޅުވާލައިފިއްޔާ ގާނޫނުގެ ކުރިމަށްޗަށް ވެސް ހާޒިރު ކުރާނަން: އަބްދުﷲ ޝާހިދު

13 މާރިޗު 2026
ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

ޕިކަޕް ޖަލްސާ: "ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުންގެ ބާރު ދަމަހައްޓަން ޖެހޭ."

13 މާރިޗު 2026
އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

އިންތިޚާބުތައް އެއްކޮށް، ދައުރަށް ބަދަލު ގެންނަ ވޯޓަކީ ގާނޫނާ ޚިލާފަށް ނަގާ ވޯޓެއް: ސަލީމް

13 މާރިޗު 2026
ރެފަރެންޑަމް ގަރާރުގައި ހުރި މައްސަލައިގެ ޝަކުވާ ކުރާނެ ތަނެއް ކޯޓު ނޫނީ ނެތް، ‎ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ބަދަލުގައި މައްސަލަ އަވަހަށް ރަޖިސްޓްރީ ކޮށް އަޑުއެހުންތައް ބޭއްވުން އުންމީދަކީ: މައުރޫފް

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

މިދިޔަ 20 އަހަރުގެ ތެރޭ ރައްޔިތުންނަށް ލިބުނު މިނިވަންކަން މި ދަނީ ފަހަރަކު ކަމަކުން ގެއްލެމުން، ވަރިހަމަކޮށްލެވޭކަށް ނެތް: ބައުންޓީ

13 މާރިޗު 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު