Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް: އެ އާއިލާއަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި އަންގާރަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެ ގޭގައި ދިރިއުޅޭ 7 މީހަކަށް އެންޑީއެމްއޭ އިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފި. މި ހާދިސާގައި އެޕާޓްމަންޓުގެ ކޮޓަރިއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2026 | ބުދަ 05:30
ހުޅުމާލޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

ހުޅުމާލޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. | އެންޑީއެމްއޭ

ހުޅުމާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބުނީ އަންގާރަ ދުވަހުގެ ހަވީރު 6:00 ހާއިރު އެވެ.

Advertisement - newsAdvertisement

އެންޑީއެމްއޭ އިން ބުނީ، އަންގާރަ ދުވަހު ހުޅުމާލެ Lot-11395 ހިނގި އަލިފާނުގެ ހާދިސާގައި އެގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ގޭގެ ދެން ހުރިކޮޓަރި އާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުނެ އެވެ.

އެންޑީއެމްއޭއިން ބުނީ، އެ އޮތޯރިޓީގެ ފަރާތުން އެ ގޭގައި ދިރިއުޅެމުން ދިޔަ 7 މީހަކަށް 5 ދުވަހަގެ ވަގުތީ ބޯހިޔާވަހިކަމާއި، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓްގެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް މުދާތަކާއެކު، އަނދާފަ އެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ. 

މިފަހުން ހުޅުމާލޭގައި ހިނގާ އަލިފާނުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.

ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.

ހުޅުމާލެ އެންޑީއެމްއޭހިޔާ ފްލެޓްއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

17 މާރިޗު 2026

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް
15 މާރިޗު 2026

ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2026
ފިޔާ އަދި ކާށީގެ ޝިޕްމަންޓްތައް ކްލިއަރ ކުރުމަށްފަހު އުފަންވެލި ފިހާރަތަކުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި
13 މާރިޗު 2026

ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ

13 މާރިޗު 2026
ދިގު ރަށުގައި ހިނގި އަލިފާނުގެ ހާދިސާ: އެޗްއާރްސީއެމް އިން މައްސަލަ ބަލަނީ
13 މާރިޗު 2026

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން

13 މާރިޗު 2026
ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވީ ބޭރަށް ނުކުމެފައި، އަމިއްލަ ތަކެތި ބަލައި އެތެރެއަށް ވަތް މީހުން، ރޯވީ ގޭސް ލީކުވެގެން
13 މާރިޗު 2026

ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗަށް ގެނައި ދެމީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި

13 މާރިޗު 2026
ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އައިޖީއެމްއެޗަށް ގެނައި ދެމީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު