Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިސް ދޫކުރުން ހުއްޓުން

އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އައިސް އުފެއްދުމުގެ ޚަރަދު ބޮޑުވެ، އެންސިސް ފިޝަރީޒުން ބޮޑުކަންނެލި މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި. ތެލުގެ އަގަށް އައި ބޮޑު ބަދަލާއެކު ކުންފުނި ހިންގުމަށް ދަތިވާތީ މި ފިޔަވަޅު އަޅަން މަޖުބޫރުވީ ކަމަށް އެ ކުންފުނިން ބުނޭ. ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ މިފަދަ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސްވެރިން ދަނީ ސަރުކާރަށް ގޮވާލަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 13:58
ބޮޑުކަންނެލި ގަންނަ ކުންފުންޏެއް ކަމަށްވާ އެންސިސް އިން، އެތަނަށް މަސް ކިރާ ބޮޑުކަންނެލި މަސްވެރިންނަށް މީގެ ކުރިން އައީ ހިލޭ އައިސް ދޫކުރަމުން.

ބޮޑުކަންނެލި ގަންނަ ކުންފުންޏެއް ކަމަށްވާ އެންސިސް އިން، އެތަނަށް މަސް ކިރާ ބޮޑުކަންނެލި މަސްވެރިންނަށް މީގެ ކުރިން އައީ ހިލޭ އައިސް ދޫކުރަމުން. | އެންސިސް ފިޝަރީޒް

ރާއްޖެ އިން އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރާ އެއް ކުންފުނި ކަމަށްވާ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބޮޑުކަންނެލި މަސްވެރިންނަށް ހިލޭ ދޫކުރަމުން އައި އައިސް ދޫކުރުން ހުއްޓާލައިފި އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން އައިސް އުފެއްދުމަށް ކުރަން ޖެހޭ ޚަރަދު ބޮޑުވެފައިވާތީ މި ފިޔަވަޅު އަޅަން މަޖުބޫރުވެފައިވާ ކަމަށް ބޮޑުކަންނެލި ގަންނަ ކުންފުންޏެއް ކަމަށްވާ އެންސިސް އިން ބުންޏެވެ.

އެ ކުންފުނިން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ތެލުގެ އަގު އިންތިހާ އަށް ބޮޑުވަމުން ދިޔުމުގެ ސަބަބުން އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ޚަރަދު މިހާރު ވަނީ ފޫނުބެއްދޭ ވަރުގެ ބޮޑު ބުރައަކަށް ވެފައި ކަމަށެވެ.

 އެހެންކަމުން ބޮޑުކަންނެލީގެ މަސްވެރިންނަށް އެ ކުންފުނިން ހިލޭ ފޯރުކޮށްދެމުންދިޔަ އައިސް ދޫކުރުން ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލިއިރު، ކަންނެލި މަސްވެރިންނަށް ތެޔޮ ވެސް ލިބެނީ ބާޒާރުގައި ހުންނަ އަގަށެވެ. އެ އަގުގައި ތެޔޮ ގަނެގެން މަސްވެރިކަން ނުކުރެވޭނެ ކަމަށް މަސްވެރިން ބުނެ އެވެ. ކަންނެލި މަސްވެރިންނަށް ވެސް އަގުހެޔޮކޮށް ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކާނެކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް މަސްވެރިންނަށް ތެޔޮ ލިބެނީ ބޮޑު އަގުގަ އެވެ.

މިފްކޯ އަށް މަސް ކިރާ ފަރާތްތަކަށް ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކާނެ ކަމަށް  މިފްކޯއިން ވަނީ ބުނެފަ އެވެ. އެކަމަކު މިފްކޯ އަށް މަސް ކިރަނީ ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންނަސް ވުމުން ބޮޑުކަންނެލި މަސްވެރިންނަކަށް މިފްކޯއަކުން އަގުހެޔޮ ތެލެއް ނުލިބޭނެ އެވެ.

ސަރުކާރުގެ އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ހޯމަ ދުވަހު ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާ އަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާ އަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ބޮޑުވުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާ އަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާ އަށެވެ. އެއީ 103 ޕަސެންޓުގެ އަގުބޮޑުވުމެކެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީ އަށް ސަރުކާރުން ވަނީ އެދިފަ އެވެ. ތެލުގެ އަގު ބޮޑުވުމުން މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ސަރުކާރުން އަވަސް ހައްލެއް ހޯދަން މަސްވެރިން ދަނީ ގޮވާލަމުންނެވެ.

އެންސިސް ފިޝަރީޒްކަންނެލި މަސްވެރިންމެދުއިރުމަތީގެ ހަނގުރާމަތެލުގެ އަގު

ކޮމެންޓް

އިތުރަށް ކިޔާލަން

ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

ހެދޭ ނުހެދޭ ނޭނގި ސަރުކާރު ވާނުވާގައި

17 މާރިޗު 2026
ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި

ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި

16 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026
ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި

ހަނގުރާމައާ ގުޅިގެން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅެއް ނަޅާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އީދު ލައިޓް ހަމައެކަނި ސިޓީތަކުގައި ދިއްލަން ނިންމައިފި

13 މާރިޗު 2026

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު