Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތެލުގެ އަގު އުފުލުން

ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ މޭޔަރު ޢާޠިފް ކަންބޮޑުވުން ފާޅުކުރައްވައިފި

ތެލުގެ އަގު ކުއްލިއަކަށް އިންތިހާއަށް އުފުލުމާ ގުޅިގެން، ސަރުކާރުން ރައްޔިތުންނަށް ތެދު މަޢުލޫމާތު ދިނުމަށާއި އިސްރާފު ކުޑަކުރުމަށް މޭޔަރު މުޙައްމަދު ޢާޠިފް ގޮވާލެއްވި. ތެލުގެ ސްޓޮކް ހުރިކަމުގެ ޔަޤީންކަން ސަރުކާރުން ދިން ނަމަވެސް، ހަފުތާއެއްގެ ތެރޭގައި ޕެޓްރޯލާއި ޑީސަލްގެ އަގު ދެގުނައާ ގާތްކުރާ މިންވަރަށް ބޮޑުވެފައިވާކަން މޭޔަރު ފާހަގަކުރެއްވި. އެހެންކަމުން މިފަދަ ދަތި ދަނޑިވަޅެއްގައި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަށް މޭޔަރ ބާރުއެޅުއްވި.

ޢާއިޝަތު އައިނީ
ޢާއިޝަތު އައިނީ | 16 މާރިޗު 2026 | ހޯމަ 12:19
މޭޔަރ މުޙައްމަދު ޢާޠިފް

މޭޔަރ މުޙައްމަދު ޢާޠިފް | ކުޅުދުއްފުށި ސިޓީ ކައުންސިލް

ތެލުގެ އަގު ކުއްލިއަކަށް އިންތިހާއަށް އުފުލެމުންދާތީ ކޮންބޮޑުވުން ފާޅުކުރައްވައި, ސަރުކާރުން ރައްޔިތުންނަށް ތެދު މަޢުލޫމާތު ދިނުމަށާއި އިސްރާފު ކުޑަކޮށް, ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ސިޔާސަތުތައް އެކަށައަޅައި، ތަންފީޒުކުރުމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ގޮވާލައްވައިފިއެވެ.

މި މައްްސަލައާއި ގުޅިގެން މީސްމީޑިއާގައި މިއަދު އާއްމުކޮށްފައިވާ މެސެޖެއްގައި މޭޔަރު ޢާޠިފް ވިދާޅުވީ, މީގެ ހަފުތާއެއްހާ ދުވަސް ކުރިން ސަރުކާރުން ވަނީ ތެލުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީފައިކަމަށެވެ. އެގޮތުން އެއް މަސްދުވަހަށް ވާވަރަށް ތެޔޮ ރައްކާކޮށްފައި ހުރި ކަމަށާއި، އިތުރު ޝިޕްމަންޓެއްވެސް އައުމުގެ މަގުމަތީގައިވާ ކަމަށް ސަރުކާރުން ބުނެފައިވާކަން މޭޔަރ ހަނދާންކޮށްދެއްވިއެވެ.

Advertisement - newsAdvertisement

ނަމަވެސް، ކުޅުދުއްފުށި ސިޓީގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު، މީގެ ހަފުތާއެއް ކުރިން 16.09 ރުފިޔާ އަށް ހުރި ޕެޓްރޯލް ލިޓަރެއްގެ އަގު މިހާރު ވަނީ 29.30 ރުފިޔާއަށް އުފުލިފައިކަމަށާއި, އަދި އޭރު 15.19 ރުފިޔާއަށް ހުރި ޑީސަލް ލިޓަރެއްގެ އަގު މިހާރު ހުރީ 29.51 ރުފިޔާގައި ކަމަށް މޭޔަރ ފާހަގަކުރައްވާފައިވެއެވެ.

މިގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާކަން ޤަބޫލުކުރެއްވި ނަމަވެސް، ސަރުކާރުން ކުރިން ދީފައިވާ ޔަޤީންކަމާ އަޅާބަލާއިރު މިހާރު ފެންނަމުންދާ އަގުތަކަކީ އިންތިހާއަށް ބޮޑު އަގުތަކެއް ކަމަށް މޭޔަރ ޢާޠިފް ވިދާޅުވިއެވެ.

ސަރުކާރުން އަޅުގަނޑުމެންނަށް އޮޅުވާލުން ހުއްޓާލާ، ތެދު މައުލޫމާތު ފޯރުކޮށްދެއްވާ، ސަރުކާރުގެ އިސްރާފު ކުޑަކޮށް، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވޭނެ ސިޔާސަތުތައް އެކަށައަޅާ ތަންފީޒުކުރުމަށް ގޮވާލަން. 
މޭޔަރ މުޙައްމަދު ޢާޠިފް

މި މައްސަލައިގައި މޭޔަރު އިތުރަށް ބާރުއެޅުއްވީ، މިފަދަ ދަތި ދަނޑިވަޅެއްގައި ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ އަތުންދާ ޚަރަދުތައް ލުއިކޮށްދެވޭނެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ކުޅުދުއްފުށިމުހައްމަދު އާތިފްތެލުގެ އަގުމެދުއިރުމަތީގެ ހަނގުރާމަ

އިތުރަށް ކިޔާލަން

15 މާރިޗު 2026

އެންމެފަހުން ޕާކާއި މައިޒާންތަކަކީ ވެސް ތަރައްޤީކަމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ޤަބޫލުކުރަން މަޖުބޫރުވެއްޖެ ދޯ އެވެ؟

15 މާރިޗު 2026
އެންމެފަހުން ޕާކާއި މައިޒާންތަކަކީ ވެސް ތަރައްޤީކަމަށް ޕީއެންސީ ކެންޑިޑޭޓުންނަށް ޤަބޫލުކުރަން މަޖުބޫރުވެއްޖެ ދޯ އެވެ؟
14 މާރިޗު 2026

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟
14 މާރިޗު 2026

މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުުއްފުށީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި: މޭޔަރ ޢާޠިފް

14 މާރިޗު 2026
މި ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ކުޅުދުުއްފުށީގެ ތަރައްޤީއަށް އެއްވެސް މަޝްރޫޢުއެއް ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި: މޭޔަރ ޢާޠިފް
14 މާރިޗު 2026

އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން

14 މާރިޗު 2026
އީރާން ހަނގުރާމަ އިން ރަޝިޔާ އަށް ލުޔެއް ލިބޭނެ ކަމަށް ހީކުރުމަކީ ގޯހެއް: މެކްރޮން
14 މާރިޗު 2026

ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި

14 މާރިޗު 2026
ތެލުގެ އަގު އުފުލުމާ ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު ދެ އެއާލައިނުން ޓިކެޓުގެ އަގު ބޮޑުކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު