Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރައިވަރުންގެ ޖަމިއްޔާ

ހާލަތުގެ ނާޖާއިޒު ފައިދާ ނަގާ ތެޔޮ އަގުބޮޑު ކުރުމަކީ ޑްރައިވަރުންނަށް ދަތިކުރުމަށް ސަރުކާރުން އިތުރުކުރި ބޮޅެއް: ނިޔާޒް

7 މާރިޗު 2026 | ހޮނިހިރު 11:07

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ޕެޓްރޯލްގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުން މުރާޖާކުރުމަށް ޑްރައިވަރސް އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފިް. އެ ޖަމިއްޔާގެ ރައީސް ނިޔާޒު ވިދާޅުވީ އެއްމަސް ދުވަހުގެ ތެޔޮ ސްޓޮކްކޮށްފައި ހުރިކަމަށް ސަރުކާރުން ބުނުމަށް ފަހު އަގު ބޮޑުކުރުމަކީ ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުން ކަމަށާއި، މީގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް. އެހެންކަމުން ރައްޔިތުންނަށް ލިބޭ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 7 މާރިޗު 2026 | ހޮނިހިރު 11:07
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އިބްރާހިމް ނިޔާޒް

ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ރައީސް އިބްރާހިމް ނިޔާޒް | ރާއްޖެއެމްވީ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގައި ޕެޓްރޯލްގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމި ނިންމުން މުރާޖާކުރުމަށް ޑްރައިވަރސް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ނިޔާޒު، ސަރުކާރަށް ގޮވާލައްވައިފި އެވެ.

'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނިޔާޒް ވިދާޅުވީ، އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަޙަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުއްސަނދިން ރާއްޖެއަށް އައިސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ޖެޓްތަކުން ފުރިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންނަށް، ޚާއްސަކޮށް ޑްރައިވަރުންނަށް ތެލުގެ އަގު ބޮޑުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގައި އެއްމަސް ދުވަހުގެ ތެޔޮ ސްޓޮކްކޮށްފައި ހުރިކަމަށް ވިދާޅުވިތާ އެންމެ ދެ ދުވަސް ފަހުން ތެލުގެ އަގު ބޮޑުކުރުމަކީ ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ޙާލަތުގެ ނާޖާއިޒު ފައިދާ ތެޔޮ އަގުބޮޑު ކުރުމުން ދޭހަކޮށްދެނީ ސަރުކާރުން ސިލްސިލާކޮށް ޓެކްސީ ޑްރައިވަރުންނަށް ދަތިކުރަމުންދާ ދަތިކުރުމަށް އިތުރުކުރި ‘ބޮޅެއް’ ގެ ގޮތުގައި،" ނިޔާޒު ވިދާޅުވެފައި ވެ އެވެ. 

ޑްރައިވަރސް އެސޯސިއޭޝަނުން ބުނާ ގޮތުގައި ތެލުގެ އަގު މިހާ ބޮޑުތަނުން އުފުލުމަކީ ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.

އެހެންކަމުން، ރައްޔިތުންނަށް ލިބޭ ތަކުލީފުތައް ކުޑަކުރުމަށްޓަކައި، މިހާރު ކަނޑައަޅާފައިވާ ތެލުގެ އަގުތައް އަލުން މުރާޖަޢާކޮށް، ހެޔޮ ބަދަލެއް ގެނައުމަށް ނިޔާޒު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، މިއީ އާންމު ދަތުރުފަތުރާއި މުދާ އުފުލުމުގެ އަގުތަކަށްވެސް އޭގެ އަސަރު ފޯރާނެ ކަމެއް ކަމުގައި އިގްތިސާދީ މާހިރުން ލަފާކުރެ އެވެ. 

ނިޔާޒުޑްރައިވަރުންގެ ޖަމިއްޔާޑރ. މުޙައްމަދު މުޢިއްޒުއެމެރިކާ-އިސްރާއީލް-އީރާންތެލުގެ އަގު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 މާރިޗު 2026

ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ

07 މާރިޗު 2026
ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ
06 މާރިޗު 2026

ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟

06 މާރިޗު 2026
ރައީސް މުއިއްޒު ވިދާޅުވި ތެލުގެ އަގުހެޔޮ ސްޓޮކް ހުއްޓާ، ތެލުގެ އަގު އިންތިހާ އަށް ބޮޑު ކުރުމަކީ ރައްޔިތުންނަށްވާ ހިޔާނާތެއް ނޫންބާ؟
06 މާރިޗު 2026

މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!

06 މާރިޗު 2026
މައި ސަރުކާރުން މިދިޔަ ޑިސެންބަރު މަހު ކުޅުދުއްފުށީގައި އަޅައިދޭން ބުނި ސިންތަޓިކް ޓްރެކް ތޮޅިއަށް!
06 މާރިޗު 2026

ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު

06 މާރިޗު 2026
ހަނގުރާމަ ބަހަނާއަކަށް ދައްކައިގެން ސަރުކާރުން ނުހައްގު ފައިދާ ލައިގެން ރައްޔިތުންނަށް ތެޔޮ ވިއްކަން ފަށައިފި: އަބްދުﷲ ޝާހިދު
05 މާރިޗު 2026

ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު

05 މާރިޗު 2026
ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު
05 މާރިޗު 2026

ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
ތިލަދުންމަތީ އުތުރުބުރީ "ކަނޑާލިފިނޮޅު" އެ އަތޮޅު "ވަށަފަރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

05 މާރިޗު 2026
މާޅޮސްމަޑުލު އުތުރުބުރީ "އުނގުލު" އެ އަތޮޅު "އުނގޫފާރު" ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
05 މާރިޗު 2026

ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން

05 މާރިޗު 2026
ދަރިފުޅާ ދެކޮޅަށް ހުރި ހެކި ނައްތާލިކަން ފަރުހާދުގެ މައްޗަށް ސާބިތު ނުވޭ: އިހުސާން
03 މާރިޗު 2026

2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް

03 މާރިޗު 2026
2 އިންތިޚާބު އެއްކުރަނީ ރައީސް މުއިއްޒު ރައްޔިތުން ކައިރަށް ނުދާންވެގެން: އާޒިމް
02 މާރިޗު 2026

ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި

02 މާރިޗު 2026
ރައީސް މުއިއްޒަށް ޚާމަނާއީގެ ނަން ވެސް ވިދާޅުވާން ކެރިވަޑައިނުގެންނެވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް