Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މއ. ރިމްލާސްގޭގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއްވެ، ދިރިނޫޅެވޭ ވަރު ވަނީ ވެފައި. އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ލިބުނު ގެއްލުންތަކާ ގުޅިގެން އެންޑީއެމްއޭއިން ވަނީ އެ އާއިލާއަށް ބޭނުންވާ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި. އެމްއެންޑީއެފުން ބުނި ގޮތުގައި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 04:12 ހާއިރު ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 2 މާރިޗު 2026 | ހޯމަ 05:59
މއ.ރިމްލާސްގަ އަލިފާން ރޯވެ، އަނދާފައި.

މއ.ރިމްލާސްގަ އަލިފާން ރޯވެ، އަނދާފައި. | އެންޑީއެމްއޭ

އާދިއްތަ ދުވަހުގެ ރޭ ދަންވަރު މާލޭގެ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

މި އަލިފާނުގެ ހާދިސާ ހިނގީ އާދިއްތު ދުވަހުގެ ރޭ ދަންވަރު 03:06 ހާއިރު މއ.ރިމްލާސްގަ އެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ، މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ރޯވި އަލިފާން 04:12 ހާއިރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

މީގެ އިތުރުން ހޯމަ ދުވަހު ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ، ރިމްލާސް ގައި ހިނގި އަލިފާނުގެ ހާދިސާގައި އެގެއަށް، ދިރިނޫޅެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެ އާއިލާއަށް ބޭނުންވާ ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެއޮތޯރިޓީން ބުންޏެވެ. 

މި ހާދިސާގައި އެ ގޭގެ އެކިބައިތަކަށް ވަނީ ގެއްލުން ވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެ އެވެ.

އަލިފާނުއެމްއެންޑީއެފްޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2026

ހުޅުމާލޭ އެޕާޓްމަންޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި

21 ފެބުރުއަރީ 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، ބަދިގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި
14 ފެބުރުއަރީ 2026

ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން

14 ފެބުރުއަރީ 2026
ދޯންޏެއްގައި ރޯވުން: އަނިޔާވި 5 މީހުންނަށް ދަނީ ފަރުވާ ދެމުން
14 ފެބުރުއަރީ 2026

15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ

14 ފެބުރުއަރީ 2026
15 މީހުންނާއި އެކު ދަތުރު ކުރި މަސްދޯންޏެއްގައި ރޯވެއްޖެ
11 ފެބުރުއަރީ 2026

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި

11 ފެބުރުއަރީ 2026
ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގެ ތިރީގައި ބަހައްޓާފައި ހުރި އޭސީ އައުޓްޑޯ ޔުނިޓްތައް ނުނަގާ މައްސަލަ ރާއްޖެޓީވީން ސަމާލު ކަމަށް ގެނައުމުން އެތަކެތި ނަގައިފި
05 ފެބުރުއަރީ 2026

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

05 ފެބުރުއަރީ 2026
މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު