Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ ބަޔާން 2026

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާ އުޅަނދުތައް އިތުރުކޮށް، ސިފައިންގެ ވައިގެ ބާރުގެ ޚިދުމަތް ފުޅާކުރުމަށް އައްޑޫ ސިޓީއާއި ށ. ފުނަދޫގައި އެއަރ ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުން ކަމަށް ރައީސް ވިދާޅުވި. މީގެ އިތުރުން މެރިންކޯ ގެ ގާބިލުކަން އިތުރުކުރުމަށް ޒަމާނީ އާމްޑް ވެހިކަލްތައް ހޯދުމާއި، ސިފައިންގެ ތައުލީމާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ގިރިފުއްޓާއި ކަޅުތުއްކަލާ ކޮށީގައި މުހިންމު މަޝްރޫއުތަކެއް ހިންގުމަށް ވަނީ ރޭވިފައި ކަމަށް ވިދާޅުވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 08:54
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަނީ. | މަޖިލިސް

ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކަށް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ތެރޭގައި ހިދުމަތައް ނެރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިއަހަރަށް މަޖިލިސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ސިޔާދަތާއި އަމިއްލަ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާ ދިފާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ކޯސްޓްގާޑުގެ ހިދުމަތް ދެގުނަ ކުރުމުގެ މަސައްކަތުގެ ތެރެއިން ތުރުކީ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި، ސިފައިންގެ ހިދުމަތަށް މިހާތަނަށް ތާރާފް ކުރެވުނު އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ހިދުމަތަށް ނެރެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ސިފައިން ހިންގާ މެރިޓައިމް އޮޕަރޭޝަންތަކާއި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށާ އޭގެ ތެރެއިން 3 އުޅަނދު ހިދުމަތަށް ނެރެފައިވާ ކަމަށެވެ. 

މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އިތުރު 17 އުޅަނދު ހިދުމަތަށް ނެރެވޭނެ. އަދި 2 ހާބަރ ކްރާފްޓް ވެސެލް ހޯދުމަށް ޖަޕާނު ސަރުކާރުން އެހީ ދިނުމަށް ވަނީ ނިންމާފައި. ހަމަ އެއާއެކު ދިވެހިރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދު  ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގެ ހޯދާ މަނަވަރު އިރާދަކުރެއްވިއްޔާ މިއަހަރު ހިދުމަތަށް ނެރެވޭނެ. މީގެ އިތުރުން އެމްއެންޑީއެފް އެއަރކޯ ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ކުރިއަށް ގެންދެވުނު. މިގޮތުން އެމްއެންޑީއެފްގެ ފުރަތަމަ އެއަރ ސްޓޭޝަން އައްޑޫ ސިޓީގައި ގާއިމްކޮށް ވަނީ ހުޅުވާފައި. އަދި އުތުރުގައި އެއަރ ސްޓޭޝަންއެއް ގާއިމް ކުރުމަށް ށ. ފުނަދޫގައި ހަދަމުންދާ އެއަރސްޓޭޝަންގެ މަސައްކަތް ނިންމާ އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ މިދިޔަ އަހަރު އެމްއެންޑީއެފްގެ މެރިންކޯ އަށް އެންމެ ޒަމާނީ އާމްޑް ވެހިކަލްތައް ހޯދާފައިވާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި ވެސް މެރިންކޯ ގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ސިފައިންގެ ތައުލީމު ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގިރިފުށި ބިން ހިއްކުމާއި އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތާއި އެމްއެންޑީއެފް އައްޑޫ ސިޓީ ސެންޓަރު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ކަޅުތުއްކަލާ ކޮށީގައި އުމްރާނީ ބިނާގެ މުހިންމު މަޝްރޫތަކެއް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އެމްއެންޑީއެފްރައީސް ޑރ. މުހައްމަދު މުއިއްޒުރިޔާސީ ބަޔާން 2026ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

2025 ވަނަ އަހަރު ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓަށް ތެޔޮ ލިބޭނެކަމަށް ވިދާޅުވި ވައުދު ނުފުއްދަވާ އަނެއްކާ ވެސް ހަމަ އެ ވައުދުވެވަޑައިގެންފި

05 ފެބުރުއަރީ 2026
ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

ބިންވެރިޔާ ސްކީމުން ޖޮއިންޓުކޮށް ލިބުނު ގޯތި ދޫކޮށްލާނަމަ، ކޮންމެ މީހަކަށް ވަކިން ގޯތި ދޭނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026
ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

ސަރުކާރުން ރިސޯޓުތަކެއް ތަރައްގީކޮށް ރައްޔިތުންގެ އެކައުންޓަށް ޑޮލަރު ވައްދާނެ ކަމަށް ރައީސް މުއިއްޒު ވައުދު ވެވަޑައިގެންފި

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު