Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުމަތީގެ ހާދިސާ

ކ.ގުޅީފަޅު ކައިރިން 9 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި

އެމްއެންޑީއެފުން ބުނީ، ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަަމަށް. ބުރާސްފަތި ދުވަހުގެ 09:40 ހާއިރު އެންމެން ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައިވާ ކަމަށް އެންއެންޑީއެފުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ފެބުރުއަރީ 2026 | ބުރާސްފަތި 08:20
ކ.ގުޅީފަޅު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި، އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ.

ކ.ގުޅީފަޅު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި، އެމްއެންޑީއެފުން ހަރަކާތްތެރި ވަނީ. | އެމްއެންޑީއެފް

ކ.ގުޅީފަޅު ކައިރިން 9 ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ. 

ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނީ، ގުޅީފަޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ބަންޑުންޖަހާލި ލޯންޗެއްގައި ތިބި ބަޔަކަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަަމަށެވެ. 

"ބުލެޓް ސްޕީޑް" ނަމަކަށް ކިޔާ މި ލޯންޗުން ދަތުރުކުރަމުން ދިޔަ 9 ފަތުރުވެރީންނާއި، 2 ފަޅުވެރީންނާއި، ލޯންޗުގެ ކެޕްޓަން ކަނޑުވެފައި ތިއްބައި ފުރަތަމަ ނަގާފައިވަނީ، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ބީޗް ސްޓޯން" ނަމަކަށް ކިޔާ ލޯންޗަކަށެވެ.

އޭގެފަހުން ސީނަށް އެޓެންޑްވި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، ބުރާސްފަތި ދުވަހުގެ 09:40 ހާއިރު އެންމެން ސަލާމަތްތެރިކަމާ އެކު މާލެ ގެނެސްދީފައިވާ ކަމަށް އެންއެންޑީއެފުން ބުންޏެވެ. 

އެމްއެންޑީއެފުން  ބުނީ، މި ހާދިސާގައި ކަނޑުވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިނުކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. 

އެމްއެންޑީއެފްކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންކަނޑުމަތީ ހާދިސާ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި

02 ފެބުރުއަރީ 2026
ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވި ލަންކާގެ 2 ބޯޓު އަތުލައިގެންފި
01 ފެބުރުއަރީ 2026

ރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

01 ފެބުރުއަރީ 2026
ރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް، 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ
26 ޖެނުއަރީ 2026

ފިލިޕީންސް ގައި 350 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް ބަނޑުންޖަހާލައި ހިނގި ނުރައްކާތެރި ހާދިސާގައި، މަދުވެގެން 15 މީހުން މަރުވެ 28 މީހަކު ގެއްލިއްޖެ

26 ޖެނުއަރީ 2026
ފިލިޕީންސް ގައި 350 އަށްވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް ބަނޑުންޖަހާލައި ހިނގި ނުރައްކާތެރި ހާދިސާގައި، މަދުވެގެން 15 މީހުން މަރުވެ 28 މީހަކު ގެއްލިއްޖެ
24 ޖެނުއަރީ 2026

އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި

24 ޖެނުއަރީ 2026
އަމާން ދޯދި 1 ގައި ހިނގި އަލިފާނުގެ ހާދިސާ: 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދެފި
23 ޖެނުއަރީ 2026

އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
އަމާން ދޯދި 1 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު