Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޮރިޝަސް-ރާއްޖެ

މޮރިޝަސްގެ ކަނޑުގެ ގޮތުގައި ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަނޑައެޅި ސަރަހައްދަށް ދިވެހި އަސްކަރިއްޔާ އިން ވަދެ ބަލަހައްޓަން ފަށައިފި

ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް އެއަރ ކޯ ގެ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ޚާއްޞަ ސަވައިލަންސް އޮޕަރޭޝަނެއް މިހާރު ހިންގަމުން ގެންދާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 17:59
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއް ވަނީ ފަށާފައި.

ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއް ވަނީ ފަށާފައި. | އެމްއެންޑީއެފް

މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދާ ބެހޭ ގޮތުން އިޓްލޮސް އިން ނިންމާފައިވާ ނިންމުން ބަލައި ނުގަންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން، ބައިނަލް އަގްވަމީ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން މޮރިޝަސްގެ ކަނޑުގެ ގޮތުގައި އިޓްލޮސް އިން ކަނޑައެޅި ސަރަހައްދު އެމްއެންޑީއެފް އިން ވަދެ ބަލަހައްޓަން ފަށައިފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސް އިން ބުރާސްފަތި ދުވަހުގެ ރޭ އެކްސް ގައި ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ދިވެހި ދައުލަތުން ބަލައި ނުގަންނަކަމަށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2026 ފެބުރުއަރީ 05 ވަނަ ދުވަހު އިޢުލާން ކުރައްވާފައިވާތީ، ޤާނޫނު ނަންބަރު 06/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގައި ބަޔާންކުރާ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި އަސްކަރިއްޔާ އިން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާ،" ކަމަށެވެ.

މޮރިޝަސްްއާ ރާއްޖެއާ ދެމެދު އޮންނަ ފުށުއަރާ ކަނޑުގެ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި ބަހާނެ ގޮތް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީސް (އިޓްލޮސް) އިން ނިންމާފައިވީ ނަމަވެސް އެ ނިންމުން ބަލައި ނުގަންނަކަން ރައީސް މުއިއްޒު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައްޔިތުންގެ މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ.

މައްސަލައިގައި އިޓްލޮސް އިން ގޮތެއް ނިންމީ، 2022 ވަނަ އަހަރު މޮރިޝަސް އިން އިޓްލޮސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމަށް މޮރިޝަސް އިން ހުށަހެޅުމުން އިޓްލޮސް އިން އެ ސަރަހައްދު ދެ ގައުމަށް ބަހާލީ ރާއްޖެ އަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.

ރައީސް މުއިއްޒު ގެ ނިންމެވުމާ ރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއަރ ކޯރގެ ޑްރޯން ބޭނުންކޮށްގެން، ޚާއްޞަ ސަރވައިލަންސް އޮޕަރޭޝަނެއް ފަށައިފި ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަ ކޮށްފަ އެވެ.

މޮރިޝަސް-ރާއްޖެރައީސް ޑރ. މުހައްމަދު މުއިއްޒުއިޓްލޮސްމިނިސްޓްރީ އޮފް ޑިފެންސްއެމްއެންޑީއެފް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަތޮޅުތަކަށް ޕަބްލިކް ވަރކްސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިހާރު އެ ޚިދުމަތް ޤާއިމް ކުރެވިފައި ނުވާ 15 އަތޮޅުގެ 19 ރަށުގައި ޕަބްލިކް ވަރކްސް ޔުނިޓް ތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރުގެ މެދުތެރޭގައި ޤާއިމްކޮށް ނިމޭނެ: މުއިއްޒު

05 ފެބުރުއަރީ 2026
މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

މިދިޔަ އަހަރު ފަށާނެ ކަމަށް ވިދާޅުވި މާލެ އަދި ވިލިމާލޭގެ މަގު ހެދުމުގެ މަސައްކަތް މި އަހަރަށް ފަސްވެއްޖެ ކަމަށް ރައީސް ވިދާޅުވެއްޖެ

05 ފެބުރުއަރީ 2026
އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

އަސްކަރިއްޔާ ގެ އިތުރު 17 އިންސްޕެކްޓަރ ވެސަލް މިއަހަރު ހިދުމަތަށް ނެރެވޭނެ: ރައީސް

05 ފެބުރުއަރީ 2026
މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

މި އަހަރުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ނިމެނޭކަމަށް ބުނި ނަމަވެސް އެކަން ނުވެ އަންނަ އަހަރަށް އައު ތާރީހެއް މުއިއްޒު ދެއްވައިފި

05 ފެބުރުއަރީ 2026
އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރާނަން: ރައީސް މުއިއްޒު

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު