Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިރާން ހަނގުރާމަ

ކާރިސާ ތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން: އެމްޑީޕީ

ތެލުގެ އަގު އުފުލި އިގްތިސާދީ ގޮންޖެހުންތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުން ކަންކަން ސިއްރުކޮށް ބާރުތައް މަރުކަޒުކުރަން މަސައްކަތްކުރާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި. ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ޚިލާފަށް ތެލުގެ އަގު ބޮޑުވެ، އެހީއަށް އެދި އިންޑިއާގައި ދެންނެވުމަކީ ހާލަތުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ބުނޭ. އެހެންކަމުން ކާރިސާތަކުގެ ބޭނުން ހިފައިގެން ސިޔާސީ މަންފާ ހޯދުމުގެ ބަދަލުގައި، ދެފުށް ފެންނަ ސިޔާސަތުތަކެއް އިސްކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 09:57
އެމްޑީޕީ އިން ބޭއްވި އެއްވުމެއްގެ ތެރެއިން

އެމްޑީޕީ އިން ބޭއްވި އެއްވުމެއްގެ ތެރެއިން | ނިޝާން އަލީ / މިހާރު

ދިވެހި ރައްޔިތުން ބޭނުންވަނީ ކުރިމަތިވާ ކާރިސާތަކަށް ހައްލު ހޯދައިދޭނެ ސަރުކާރެއް ކަމަށާއި، ކާރިސާތަކުގެ ބޭނުން ހިފައިގެން ބާރުތައް ޖަމާކުރަން މަސައްކަތްކުރާ ސަރުކާރެއް ނޫން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑިޕީ އިން ބުނެފި އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަވެ ރާއްޖެ އަށް ކުރާނެ އަސަރާއި ގުޅޭގޮތުން ސަރުކާރުން ސައްހަ މައުލޫމާތު ފޯރުކޮށްނުދޭތީ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ އިން ވަނީ އަންގާރަ ދުވަހު ނޫސް ބަޔާނެއް ނެރެފަ އެވެ. 

Advertisement - newsAdvertisement

އެ ޕާޓީން ބުނީ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި، ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ގޮންޖެހުންތަކަށް ތައްޔާރުވުމުގެ ބަދަލުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަނީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކޮށް، ބާރުތައް މަރުކަޒު ކުރުމަށް ކަމަށެވެ. މިއީ ގައުމުގެ ހާލަތަށް ބަލާއިރު ނުހަނު ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފަ އެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ވަނީ ތެލުގެ މައްސަލާގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރައްވާ ފައެވެ. ނަމަވެސް އެމަނިކުފާނު އެހެން ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް ތެލުގެ އަގު 20 އިންސައްތަ އަށް ބޮޑުކޮށްފައިވާކަން އެމްޑީޕީން ފާހަގަކުރެ އެވެ. އަދި އޭގެ ފަހުން ތެލުގެ އެހީތެރިކަމަށް އެދި އިންޑިއާ ސަރުކާރުގައި ރަސްމީކޮށް ދިވެހި ސަރުކާރުން ދެންނެވުމަކީ، ރައީސް ކުރިން ދެއްވި ޔަގީންކަމާ މެދު ސުވާލު އުފެދޭ އަދި ހާލަތުގެ ނުރައްކާތެރިކަން ހާމަވާ ކަމެއް ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.

މި ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކައި އެމްޑީޕީން ވަނީ އެ ގައުމަށް ޝުކުރު އަދާކޮށްފަ އެވެ. އެމްޑީޕީން ބުނީ ސަރަހައްދުގެ އެހެން ގައުމުތަކުން ތެލުގެ ކާރިސާ އިން އަރައިގަތުމަށް ސިޔާސަތުތައް އެކުލަވާލަމުންދާއިރު، ދިވެހި ސަރުކާރުން ކަންކަން ސިއްރުކޮށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

 ރައީސް މުއިއްޒުގެ ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ކުރާނެ އަސަރުތަކާ މެދު އެ ޕާޓީން ވަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުއީރާން-އިޒްރާއިލް-އެމެރިކާ

އިތުރަށް ކިޔާލަން

17 މާރިޗު 2026

ހަނގުރާމަ އާއި ގުޅޭ ތެދު މައުލޫމާތު ހާމަ ކުރުމުގެ ބަދަލުގައި މި ސަރުކާރުން ކުރަނީ ސިޔާސީ މަސައްކަތް: ރައީސް ސޯލިހު

17 މާރިޗު 2026
 ހަނގުރާމަ އާއި ގުޅޭ ތެދު މައުލޫމާތު ހާމަ ކުރުމުގެ ބަދަލުގައި މި ސަރުކާރުން ކުރަނީ ސިޔާސީ މަސައްކަތް: ރައީސް ސޯލިހު
17 މާރިޗު 2026

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް

17 މާރިޗު 2026
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ދައްކަނީ ފެން ނުހިފޭ ވާހަކަތަކެއް: މައުރޫފް
16 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ

16 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ ޤާނޫނުއަސާސީ ގަޑުބަޑުކުރުމަށް ކުރާ މަސައްކަތެއް: ޝައުނާ
16 މާރިޗު 2026

ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި

16 މާރިޗު 2026
ޕީއެސްއެމްގެ އިސްވެރިން ބައްދަލުކުރާނެ ގަޑިއެއް ދިނުމުން އެމްޑީޕީ އިން އިހުތިޖާޖު ނިންމާލައިފި
16 މާރިޗު 2026

އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި

16 މާރިޗު 2026
އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު