Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައްސާމް އަދީލް ޖަލީލް

ބައްސާމްގެ މައްސަލަ: ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ނިންމި ބައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފި

އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން އެވެނިއުއިން އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި. ޕީޖީން ބުނީ އެ ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކޯޓުން ކަނޑައެޅީ ހެކި ވަޒަންކުރުމުގައި ގާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް. އެހެންކަމުން، ހެކިންގެ ހެކިބަސް އަލުން ނަގައި، އެ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްތޯ ބެލުމަށް މައްސަލަ އަނބުރާ ދަށު ކޯޓަށް ފޮނުވައިދިނުމަށް ޕީޖީން ވަނީ އެދިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 08:41
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް | އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޕީޖީ  އޮފީހުން ބުނީ ބައްސާމުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ގެ އަމީން އެވެނިއު 2  އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތު ނުވާކަމަށާއި، އެ ފައިސާއަކީ އެފްއޭއެމް އާއި އަމީން ކޮންސްޓްރަކްޝަން އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައި ވަނީ ގާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަން ކޮށްގެން ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި އެ ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ދެކޭ ކަމަށެވެ.

އެ އޮފީހުން ބުނީ އެހެންކަމުން މައްސަލައިގެ އެ ބައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. 

އެ އޮފީހުން ހައިކޯޓުގައި އެދިފައި ވާނީ، ދައުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، އެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލު ކޮށްދިނުމަށް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.  

ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށް ވެސް ޕީޖީން ބުނެ އެވެ. ސަބަބަކީ، ބައްސާމުގެ މައްޗަށް ސާބިތުވެފައިވާ ދައުވާގައި އެފްއޭއެމް ގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭއިރު، އެ ފައިސާ ލޯންޑަރ ކޮށްފައިވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް އެ އިސްތިއުނާފުގައި ތައުނު ކޮށްފައި ނުވާނެތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. 

މި ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް އެ ކޯޓުން ނިންމި ނިންމުން 2 މާރިޗު 2026 ގައި ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. 

ބައްސާމް އަދީލް ޖަލީލްއެފްއޭއެމް ޕްރޮސެކިއުޓަރ ޖެނެރަލްމަނީ ލޯންޑަރިންގހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރޖަރީއަކަށް ފަހު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

ސަރޖަރީއަކަށް ފަހު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

17 މާރިޗު 2026
އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

އެފްއޭއެމްގެ އެކައުންޓުން ނަގުދު ފައިސާ ނަގާފައިވަނީ އެ ފައިސާ ގެއްލުމަށް މަގުފަހިކުރުމުގެ ގޮތުން: އޮޑިޓް

13 މާރިޗު 2026
ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ނަގުދު ފައިސާ އާއި ޗެކުން އެފްއޭއެމްއަށް ލިބުނު 14.10 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

06 މާރިޗު 2026
ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

ބިމުގެ ސްލޮޓްތައް ކުއްޔަށް ދީގެން އެފްއޭއެމްއަށް ލިބެންޖެހޭ 29.5 މިލިއަން ރުފިޔާ ގެއްލިފައިވޭ: އޮޑިޓް

05 މާރިޗު 2026
ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު