Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ލޫޓުވައިފި" މުޒާހަރާ

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން އެމްޕީ މައުރޫފް އަދި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

އެމްޕީ މައުރޫފްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރެއް ކަމަށްވާ ފާތިމަތު ޒަހިއްޔާ އާއި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 ފެބުރުއަރީ 2026 | ހޮނިހިރު 04:19
"ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން ފުލުހުން ދައުވާ ކުރުމަށް ފޮނުވި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އަދި އެމްޑީޕީ ގެ ގައުމީ މަޖްލިސް މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ).

"ލޫޓުވައިފި" މުޒާހަރާ އާއި ގުޅިގެން ފުލުހުން ދައުވާ ކުރުމަށް ފޮނުވި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) އަދި އެމްޑީޕީ ގެ ގައުމީ މަޖްލިސް މެމްބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ). | ރާއްޖެ އެމްވީ

ނިމިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އާއި އެމްޑިޕީގެ އިތުރު 2 މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މަޓޭގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) އާއި ނ. ހޮޅުދޫ، މާފޮޅޭވިލާ، އަބްދުއްސަލާމްގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ.

Advertisement - newsAdvertisement

ފުލުހުން ފޮނުވާފައިވާ މައްސަލަ ނިމުނުގޮތުގެ ލިޔުމުގައި ވާގޮތުން މި ތިން މީހުންނަށް ވެސް ކުރަނީ ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލަން އުޅޭ މީހާއަށް ހުރަސް އެޅުމުގެ ތުހުމަތެވެ. މި ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުވާ މައްސަލައިގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެމްޕީ މަޓޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަންނަންޖެހޭ ހަގީގަތަކީ، އެނާ ގެ މައްޗަށް ދަޢުވާ އުފުލުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑިޕީގެ ކެމްޕޭނަށް އެޅޭނެ ހުރަހެއް ނޫން ކަމެވެ. އަދި ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އެމަނިކުފާނަށް "އާނބަސް" ނުބުނާނެކަން ވެސް ރައީސް މުޢިއްޒު ގަބޫލުފުޅު ކުރައްވަން ޖެހޭކަމަށް މަޓޭ ވަނީ ވިދާޅުވެފަ އެވެ. 

އެމްޑީޕީ އިން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފު އާއި، ޒަހިއްޔާ އަދި ސަލާމްގެ އިތުރުން އެހެން ބަޔަކު ވެސް އެ ރޭ ހައްޔަރުކުރި އެވެ. މި މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އާލާތްތަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ހަތް މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަ މީހަކު ފަނަރަ ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އެކަކު ވަނީ ބައެއް ޝަރުތުތަކާއެކު ދޫކޮށްލާފަ އެވެ.

މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ މަޖީދީމަގަށް ވަންނަން އުޅުމުން، ފުލުހުން ވަނީ ބެރިކޭޑް ޖަހައި އެ ސަރަހައްދު ބަންދުކޮށްފަ އެވެ. މި މުޒާހަރާ ކޮންޓްރޯލްކުރުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

ފަހުގެ ތާރީޚެއްގައި ގިނަ ބަޔަކު ބައިވެރިވި މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭގެ އިތުރުން، ފުރަތަމަ ފަހަރަށް "ލޯންގް ރޭންޖް އެކޮއިސްޓިކް ޑިވައިސް" (އެލް.އާރް.އޭ.ޑީ) އޭ ކިޔާ ތޫނު އަޑު ފޮނުވާ އާލާތެއް ބޭނުންކޮށްފަ އެވެ. މުޒާހަރާ ރޫޅާލަން އެކަށީގެންނުވާ ބާރުގެ ބޭނުން ފުލުހުން ކުރުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް އަމާޒުވެފަ އެވެ.

މައުރޫފް ޒާކިރުއެމްޑީޕީފާތިމަތު ޒަހިއްޔާޕްރޮސެކިއުޓަރ ޖެނެރަލްލޫޓުވައިފި މުޒާހަރާ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި

27 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕޭން ޓީމަށް ފުވައްމުލަކު ސިޓީން ހޫނު މަރުހަބާއެއް ކިޔައިފި
27 ފެބުރުއަރީ 2026

ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ

27 ފެބުރުއަރީ 2026
ރައްޔިތުން އިތުބާރު ކުރަނީ އެމްޑީޕީ އަށް، އެއީ ވައުވެ، ވައުދު ފުއްދާ ޕާޓީ އަކީ އެމްޑީޕީ ކަމަށް ވާތީ: ބޮންޑާ
27 ފެބުރުއަރީ 2026

ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު

27 ފެބުރުއަރީ 2026
ޕީއެންސީ އިން މާލޭގައި ދަމާފައި ހުރި ބެނާތަކުގައި މާލޭގެ ރައްޔިތުންނަށް ކޮށްދިން ކަމެއްގެ ވާހަކައެއް ނެތް، ޑޯޓުޑޯ އަށް ގެންދަނީ ގޯތި އަތުލަން ގޮވި ފަލާހު: ވަހީދު
27 ފެބުރުއަރީ 2026

ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ

27 ފެބުރުއަރީ 2026
ބޮޑުކޮށް މިސަރުކާރަށް ނޫނެކޭ ބުނެ ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ދޭން ރައްޔިތުން ތިބީ ކެތްމަދުވެފަ: އަޙްމަދު ދީދީ
27 ފެބުރުއަރީ 2026

ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި

27 ފެބުރުއަރީ 2026
ރައީސް ސޯލިހު ބައިވެރިވެވަޑައިގެންނެވި މާފަންނު މެދު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު