Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ސައީދު މުހައްމަދު

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ސިއްހީ ހާލަތު ގޯސްވަމުންދާއިރު، އެކަށީގެންވާ ފަރުވާ ނުލިބި ލަސްވާތީ އާއިލާ އިން ވަނީ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު އޮތްކަން ހާމަކޮށްފަ. ސައީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް، އެ މަރުހަލާ ދިގުލައިގެން ދިއުމާއި އަޅުކަން ކުރުމުގެ ފުރުސަތު ހަނިވެފައިވާތީ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. އެހެންކަމުން، ބޭސްފަރުވާގެ އަސާސީ ހައްގު ކަށަވަރުކޮށްދީ، އިސްތިއުނާފީ މަރުހަލާ އަވަސްކޮށްދިނުމަށް އާއިލާއިން އެދޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2026 | ހޮނިހިރު 10:27
ސައީދު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި، އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން ގަވާއިދުން އައި.ޖީ.އެމް.އެޗް އިން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތް.

ސައީދު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި، އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން ގަވާއިދުން އައި.ޖީ.އެމް.އެޗް އިން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތް. | ރާއްޖެ އެމްވީ

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް އިއްވާފައިވާ ނާއިންސާފު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސައީދު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި، އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން ގަވާއިދުން އައި.ޖީ.އެމް.އެޗް އިން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ. ދާދި ފަހުން ސިއްޙީ ހާލަތު އިތުރަށް ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާއިރު، ސިއްޚީ ގޮތުން ސައީދު ހޯދަންޖެހޭ މުހިންމު ފަރުވާތައް ލިބުން ލަސްވަމުން ދިއުމަކީ އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

Advertisement - newsAdvertisement

‎ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން އައިލާގެ ފަރާތުން ފާހަގަކުރި ގޮތުގައި، އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބި ލަސްވާ ކޮންމެ ދުވަހަކީ ސައީދުގެ ސިއްޚީ ހާލަތު އިތުރަށް ގޯސްވެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އޮތް ދުވަހެކެވެ.

ސައީދު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި، އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން ގަވާއިދުން އައި.ޖީ.އެމް.އެޗް އިން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތް.
ސައީދު ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި، އޭނާގެ ސިއްޙީ ހާލަތު ހުރި ގޮތުން ގަވާއިދުން އައި.ޖީ.އެމް.އެޗް އިން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތް.

‎މީގެ އިތުރުން، ސައީދުގެ މެޑިކަލް ކަންތައްތައް ކުރިން ބަލަހައްޓައި، އޭނާ އަށް ފަރުވާ ދެއްވި ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުސަތު ބަންދުވެފައި އޮތުމަކީ އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. އާއިލާ އިން ބުނާ ގޮތުގައި ސައީދުގެ ބަލި ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ކުރިންވެސް ފަރުވާ ދެއްވި ޑޮކްޓަރުންނާ އަދި ފަރުވާ އަށް އެކަށީގެންވާ ޒަމާނީ ވަސީލަތްތައް ހުރި ތަނަކުން ކަމަށްވާއިރު، އެ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފަރުވާ ހޯދުމުގެ ފުރުސަތު ނުލިބުމަކީ، ފަރުވާގެ ނިޒާމަށް އޮތް ބޮޑު ހުރަހެކެވެ.

ބޭސްފަރުވާ ކުރުމުގެ ހައްގަކީ ކޮންމެ އިންސާނަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގަކަށްވާއިރު، ސައީދު އެ ހައްގުން މަހުރޫމް ނުކުރުމަށް އާއިލާގެ ފަރާތުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ސިއްހީ ފަރުވާ ލަސްވުމެއްނެތި ފޯރުކޮށްދިނުމަކީ އިންސާނީ ކަރާމާތާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް، އާއިލާ އިން އެދެނީ މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތަށް ހައްލެއް ލިބި، އެކަށީގެންވާ ސިއްހީ ފަރުވާގެ ނިޒާމެއް ސައީދަށް މަގުފަހިވެގެން ދިއުމަށެވެ.

އިސްލާމްދީނުގެ މަތިވެރި އަޅުކަންތައް ފުރިހަމަ ގޮތުގައި އަދާކުރުމުން މަހުރޫމް ކުރެވި އެ ފުރުސަތު ނުލިބޭތީ، ސައީދު ވަނީ އާއިލާ އަށް އެ ކަންބޮޑުވުން ފާޅުކޮށް، އެކަމާ އިންތިހާއަށް ހިތާމަކުރާކަން ހާމަކޮށްފަ އެވެ.

ސައީދުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ނުފޫޒު އެކުލެވޭ، އިންސާފުން އެއްކިބާވެފައިވާ ނާއިންސާފު ހުކުމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ
ސައީދުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ސިޔާސީ ނުފޫޒު އެކުލެވޭ، އިންސާފުން އެއްކިބާވެފައިވާ ނާއިންސާފު ހުކުމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރޭ

‎ސައީދުގެ މައްޗަށް 4 އަހަރުގެ ނާއިންސާފު ހަރާމް ޖަލު ހުކުމެއް އިއްވާފައިވަނީ 28 ސެޕްޓެމްބަރު 2025 ގަ އެވެ. މި ހުކުމާ ގުޅިގެން ޝަރުއީ ދާއިރާގެ ބޭފުޅުންނާއި އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ސިޔާސީ ނުފޫޒު އެކުލެވޭ، އިންސާފުން އެއްކިބާވެފައިވާ ނާއިންސާފު ހުކުމެކެވެ. އަދި މިއީ އޭނާ އަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

‎މި ހުކުމް ސައީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވީ ނަމަވެސް، އިސްތިއުނާފީ މަރުހަލާ ދިގުލައިގެން ދިއުމަކީ އާއިލާގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އަދި މި މަރުހަލާގެ ކަންކަން އަވަސްކޮށްދިނުމަށް އާއިލާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އައިޖީއެމްއެޗްހައި ކޯޓުފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބޭސްފަރުވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި

ފުލުހަކު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ، ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާތައް ނީލަން ކިޔަން ފުލުހުން އަނެއްކާ ވެސް އިއުލާންކޮށްފި

26 ފެބުރުއަރީ 2026
ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

ވެމްކޯގެ ކުނި ހުސްކުރާ ރޭމްޕް މަތިން ވެއްޓި ޑްރައިވަރަކަށް ސީރިއަސް އަނިޔާވި މައްސަލަ ވެމްކޯއިން ސިއްރު ކުރަނީ

24 ފެބުރުއަރީ 2026
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލަ އަލުން ހައި ކޯޓަށް ހުށަހަޅައިފި

22 ފެބުރުއަރީ 2026
"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

"ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑަޅާ މައްސަލަ އާދިއްތަ ދުވަހަށް ތާވަލް ކޮށްފި

18 ފެބުރުއަރީ 2026
މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

މިފްކޯ ގެ ވޭނަކުން ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލައިގައި ވަކިކުރި މީހަކަށް ލައްކައެއްހާ ރުފިޔާގެ ބަދަލުދޭން ހުކުމެއް

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު