Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ދިރާގު ޚިދުމަތް

ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބިއްޖެ

ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވާރކް' ވިދިވިދިގެން ތިން އަހަރު ހޯދައި އަދި 'ފާސްޓަސްޓް 5ޖީ ނެޓްވާރކް' ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވާރކްގެ ގޮތުގައި ވެގެން ގޮސްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މާރިޗު 2026 | ބުދަ 10:54
ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބުން

ދިރާގަށް މޮބައިލް ވާރލްޑް ކޮންގްރެސްގައި އޫކްލާގެ 3 އެވޯޑެއް ލިބުން | ދިރާގު

 

އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ 'ފާސްޓަސްޓް 5ޖީ ނެޓްވާރކް'، 'ބެސްޓް 5ޖީ ނެޓްވާރކް' އަދި 'ބެސްޓް 5ޖީ ގޭމިންގ އެކްސްޕީރިއަންސް' އެވޯރޑް ދިރާގަށް ލިބިއްޖެއެވެ. 

މި އެވޯޑުތައް ދިރާގާ ހަވާލުކޮށްފައިވަނީ ބާސެލޯނާ، ސްޕެއިންގައި ބޭއްވި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާގެެ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ މޮބައިލް ވާރލްޑް ކޮންގްރެސްގައެވެ.

ދިރާގުން މި ހޯދި ކާމިޔާބީއިން ދައްކުވައިދެނީ ދިރާގުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަށް އަދި ޑިޖިޓަލް ރާއްޖެ ބިނާކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެވެ. މި ގޮތުން، 2019 އަހަރު، ދިރާގަކީ ސައުތު އޭޝިއާ އަދި، ރާއްޖޭގައި 5ޖީ ހިދުމަތް ތައާރަފްކުރި ފުރަތަމަ ސަރވިސް ޕްރޮވައިޑަރއެވެ. މިހާރު ދިރާގުން ވަނީ ރާއްޖޭގެ އާބާދީގެ 73% އަށް ދިރާގުގެ ހަލުއި 5ޖީ ނެޓްވާރކް ފޯރުކޮށްދީފައެވެ.

ދިރާގުން ވަނީ އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޯބައިލް ނެޓްވާރކް' ވިދިވިދިގެން ތިން އަހަރު ހޯދައި އަދި 'ފާސްޓަސްޓް 5ޖީ ނެޓްވާރކް' ދެ އަހަރު ހޯދައި ރާއްޖޭގެ އެންމެ ހަލުއި ނެޓްވާރކްގެ ގޮތުގައި ވެގެން ގޮސްފައެވެ.

މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.

އޫކްލާ ސްޕީޑް ޓެސްޓްދިރާގުމޮބައިލް ވާރލްޑް ކޮންގްރެސްބާސެލޯނާ5ޖީ ނެޓްވާރކް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

04 މާރިޗު 2026
ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި އެންރޯލްކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވަނީ!

ދިރާގުގެ 'ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގައި އެންރޯލްކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވަނީ!

03 މާރިޗު 2026
އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

03 މާރިޗު 2026
ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

28 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު