Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ ޑެލް ރޭ

ދެ ވަނަ ލެގުން މޮޅުވި ނަމަވެސް، ބާސެލޯނާ ކަޓައިފި

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 4-0 އިން. އެހެންވެ، ބާސެލޯނާ އަށް ފައިނަލްގެ ފުރުސަތު އޮތީ ދެ ވަނަ ލެގުގައި އެތުލެޓިކޯގެ މައްޗަށް ފަސް ލަނޑުން ކުރި ހޯދައިގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2026 | ބުދަ 06:09
ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިން

ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ނަމަވެސް، މުބާރާތުގެ ފައިނަލްގެ ޖާގަ ނުލިބި ބާސެލޯނާ ކަޓައިފި އެވެ. 

މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. އެހެންވެ، ބާސެލޯނާ އަށް ފައިނަލްގެ ފުރުސަތު އޮތީ ދެ ވަނަ ލެގުގައި އެތުލެޓިކޯގެ މައްޗަށް ފަސް ލަނޑުން ކުރި ހޯދައިގެންނެވެ. 

އަންގާރަ ދުވަހުގެ ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު އެ މެޗް ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ މާކް ބެނާލް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ދެ ވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ބެނާލް ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑެއް ޖަހައި އުންމީދު ހިފަހައްޓައިފަ އެވެ. އެއީ ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އިތުރު އެއް ލަނޑު ޖަހައިގެން ބާސެލޯނާ އަށް އެއްވަރު ކުރެވެން އޮތް ނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ނުޖެހުނެވެ.

އެއާ އެކު އެތުލެޓިކޯ އިން ވަނީ އެގްރިގޭޓް ނަތީޖާ 4-3 އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

ކޮޕަ ޑެލް ރޭބާސެލޯނާއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

03 މާރިޗު 2026

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

03 މާރިޗު 2026
އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް
01 މާރިޗު 2026

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
28 ފެބުރުއަރީ 2026

ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

28 ފެބުރުއަރީ 2026
ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
25 ފެބުރުއަރީ 2026

ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

25 ފެބުރުއަރީ 2026
ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު