Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

އަމިއްލަ ދަނޑުގައި ރެއާލް އިން ގެޓާފޭގެ އަތް ދަށުވެ، ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް

މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އޮތް ނަމަވެސް، ބަލިވެ އެ ފުރުސަތު ވަނީ ގެއްލިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 05:08
މެޗުގައި ގެޓާފޭ އިން ރެއާލް ކޮޅަށް ލަނޑު ޖަހަނީ

މެޗުގައި ގެޓާފޭ އިން ރެއާލް ކޮޅަށް ލަނޑު ޖަހަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް ބަލިވެ، އެއްވަނައި ގައި އޮތް ބާސެލޯނާ އަށް ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ގެޓާފޭ އިން ވަނީ 1-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ. މެޗުގައި ގެޓާފޭ އިން އެ ޓީމުގެ ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. 

މެޗު ފަށައިގެން ރެއާލް އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. އެގޮތުން ރެއާލްގެ ވިނީޝިއުސް ޖޫނިއާ އާއި އާޑާ ގުލާ އަށް ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް، ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ގެޓާފޭ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރެއާލްގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއްގައި އެއް ފަހަރުން ޖަހައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެން އެ ލަނޑު ޖަހައިދިނީ މާޓިން ސެޓްރިއާނޯ އެވެ.

މެޗުން މޮޅުވެ، އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލް އޮތް ނަމަވެސް، ބަލިވެ އެ ފުރުސަތު ވަނީ ގެއްލިފަ އެވެ. ލީގު ތާވަލްގެ ދެ ވަނަ މަގާމުގައި ރެއާލް އޮތީ 26 މެޗުން 60 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އަށް ލިބެނީ 64 ޕޮއިންޓެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްގެޓާފޭބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

ފްލިކްގެ 100 ވަނަ މެޗުން މޮޅުވެ، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

01 މާރިޗު 2026
ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

ބާސެލޯނާ އާއެކު ފްލިކް 100 ވަނަ މެޗަށް، މޮޅުވާން މަސައްކަތް ކުރުން ނޫން އެހެން ގޮތެއް ނެތް

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް

ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް

26 ފެބުރުއަރީ 2026
ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

ވާހަކަ ދައްކާ ކޮންމެ ފަހަރަކު ލަޕޯޓާ ހަދަނީ ދޮގު: ވިކްޓާ ފޮންޓް

25 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު